ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 20:01
އުމުރުން އެންމެ 6 އަހަރުގެ ކުއްޖާ ވަނީ ބިލިޔަނަރަކަށް ވުމުގެ މަގުމަތީގައި
އުމުރުން އެންމެ 6 އަހަރުގެ ކުއްޖާ ވަނީ ބިލިޔަނަރަކަށް ވުމުގެ މަގުމަތީގައި
ގޫގުލް
ކުއްޖެއްގެ ކާމިޔާބީ
ހަ އަހަރުގެ ކުއްޖެއްގެ އަމިއްލަ އުފެއްދުން ސުޕަމާކެޓަށް!
 
ވޯލްމާޓްގެ 2500 އަށް ވުރެ ގިނަ އައުޓް ލެޓުން އެ އުފެއްދުންތައް ލިބޭނެ
 
އެ ކުއްޖާގެ އުފެއްދުންތައް އޮގަސްޓް 6 ގައިި ބާޒާރަށް ނެރޭނެ

އެތައް ލައްކަ މީހުން ކޮންމެ ދުވަހަކުވެސް ވީޑިއޯތައް އަޕްލޯޑުކުރާ ޔޫޓިއުބް ވެބްސައިޓުގައި މަގުބޫލުކަން ހޯދި ހަ އަހަރުގެ ރަޔާން، އޭނާގެ އަމިއްލަ އުފެއްދުންތައް މަޝްހޫރު "ވޯލްމާޓް" ސުޕަމާކެޓުގައި ވިއްކަން އެއްބަސްވެއްޖެއެވެ.

ރަޔާނާއި، އެއް އުމުރު ފުރައެއްގެ ކުދިންގެ މެދުގައި މަގުބޫލުކަން ހޯދައިފައިވާ ސްލައިމްއާއި، ކަފަ އަޅާގެން ހަދައިފައި ހުންނަ ކުޅޭ އެއްޗެއްސާއި އެހެނިހެން ތަކެތި އޭނާގެ ނަމުގައި ވިއްކުމަށް ވޯލްމާޓް ވަނީ ނިންމާފައެވެ. ވޯލްމާޓުން ވަނީ ރަޔާންގެ އުފެއްދުންތައް ވިއްކުމާއި ގުޅޭގޮތުން ހޯމަ ދުވަހު އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. 

އޯގަސްޓު 6 އިން ފެށިގެން އޭނާގެ އުފެއްދުންތައް އެމެރިކާގެ 2500 އަށް ވުރެ ގިނަ ވޯލްމާކެޓް އައުޓް ލެޓްގެ އިތުރުން އެ ސުޕަމާކެޓްގެ ވެބްސައިޓުން ގަންނަން ލިބޭނެކަމަށް އެ ސުޕަމާކެޓުން ވަނީ ބުނެފައެވެ.

މަހަކު ބިލިޔަނަކަށް ވުރެ ގިނަ ކުދިން ބަލާ އެ ކުއްޖާގެ ވީޑިއޯތަކުގައި، އޭނާ ކުޅޭތަނާއި ކުޅޭ އެއްޗެސާމެދު ދެކޭގޮތް ކިޔައިދޭތަން ދައްކައެވެ. ސުޕަމާކެޓްގައި ވިއްކަން ނިންމައިފައިވާ ކޮންމެ އުފެއްދުމަކީ ވެސް އޭނާ އަމިއްލަ އިސްނެގުމަކަށް ވިއްކަން ނެރޭ ތަކެތި ކަމަށް އެ ސުޕަމާކެޓުން ބުނެއެވެ.

އެހެން ކުންފުންޏަކާއި ގުޅިގެން ހަތަރު ޑިޒައިނެއްގެ ޓީޝާޓު ވެސް ރަޔާން ވަނީ ވިއްކުމަށް ނިންމާފައެވެ. އޭނާ އުފައްދާ ޓީޝާޓުތައް ޚާއްސަ ކުރަނީ ތިން އަހަރާއި، ތިން އަހަރަށްވުރެ ހަގު ކުދިންނަށެވެ. 

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ކުއްޖާ ކުރި އެރުމުގެ ސިއްރަކީ މައިންބަފައިންގެ އެއްބާރުލުން ލިބުމެވެ. އަދި ކުރި މަގުގައި އޭނާ ބިލިޔަނަރަކަށް ވުމަކީ ވެސް ހަމަ އެކަށީގެންވާ ކަމެއްކަމަށް އެ ފަރާތްތަކުން ބުނެއެވެ.

އެ ކުއްޖާގެ އާއިލީ ނަން އާއިލާއިން ވަނީ ސިއްރު ކޮށްފައެވެ. ސަބަބަކީ އެކުއްޖާ މާ ކުޑަވުންކަމަށް އާއިލާއިން ބުނެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް