ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 07:34
އާލިއާ ބަޓް
އާލިއާ ބަޓް
ބޮލީވުޑް ހަންގާމާ
ބޮލީވުޑް
ކައިވެންޏަށް ފަހު އާލިއާ ފިލްމް ކުޅޭނެތަ؟
 
ކައިވެންޏަށް ފަހު ފިލްމް ކުޅޭނެ ކަމަށް ވަނީ ބުނެފައި

އާލިއާ ބަޓްގެ އިންސްޓަގްރާމްގައި 23 މިލިއަން ފޮލޯވާސް ހަމަވުމުން އެކަން ފާހަގަ ކުރުމަށް މިދިޔަ އާދިއްތަ ދުވަހު އޭނާވަނީ ސުވާލު ކުރުމުގެ ފުރުސަތު ފޭނުންނަށް ހުޅުވާލަފައެވެ.

އާލިއާގެ މަސައްކަތްތަކާއި ބެހޭ ގޮތުންނާއި އަމިއްލަ ދިރިއުޅުމާއި ބެހޭ ގޮތުން ފޭނުންކުރި ސުވާލު ތަކަށް އޭނާ ވަނީ ޖަވާބުދީފައެވެ.  

ގިނަ ފޭނުން އާލިއާ އާއި ސުވާލު ކޮށްފައިވަނީ އެންމެ ކާހިތްވަނީ ކޯއްޗެއްތޯ އަދި އެންމެ ކިޔާހިތްވާ ފޮތަކީ ކޮބައިތޯއެވެ. ނަމަވެސް ފޭނަކު ވަނީ ކައިވެންޏަށްފަހު ފިލްމް ކުޅޭނަންތޯ ސުވާލު ކޮށްފައެވެ. އެސުވާލުގެ ޖަވާބުގައި އާލިއާ ބުނެފައިވަނީ ކައިވެނި ކުރި ނަމަވެސް އެއްވެސް ކަމެއް ނުކޮށް ދޫކޮށްލުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ކައިވެންޏަށްފަހު ވެސް ފިލްމް ކުޅޭނެ ކަމަށާއި އޭނާއަށް އެކްޓް ކުރެވޭހާ ދުވަހަކު އެކަން ހުއްޓާނުލާ ކުރާނެ ކަމަށް އާލިއާ ވަނީ ބުނެފައެވެ. ކޮންމެއަކަސް މިޖަވާބު ވެގެން ދާނީ އާލިއާގެ ފޭނުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށެވެ.

ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރާއި އާލިއާ އާއި ރައްޓެހިވެގެން އުޅޭ ކަމަށް މި އަހަރުގެ މެއި މަހު "ޖީކިއު" މެގަޒިންއަށް ދިން އިންޓަވިއު އެއްގައި ރަންބީރު ވަނީ ބުނެފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
20%
0%
80%
ކޮމެންޓް