ކ. މާލެ
|
7 އޯގަސްޓް 2018 | އަންގާރަ 07:36
ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު
ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު
ޓްވިޓަރ
ބޮލީވުޑް
ދަޅަކް އަށް ފަހު ޖާންވީ އާއި އިޝާން އެކުގައި ޖިމްއަށް!
 
"ދަޅަކް" ރިލީޒް ކުރިފަހުން މި ދެތަރިން އެކުގައި އެކިއެކި ހަފްލާތަކަށް ވަނީ ދާންފަށާފައި

މިދިޔަ ޖުލައި މަހު ރިލީޒްކުރި ފިލްމް "ދަޅަކް" އިން ބޮލީވުޑަށް ތައާރަފްވި ދެތަރިން ކަމަށްވާ ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު އެކުގައި ޖިމްއަށް ދާން ފަށައިފިއެވެ.

އިޝާން އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޝެއަރ ކޮށްފައިވާ ވީޑިއޯތަކުގައި މި ދެތަރިން އެކުގައި ވޯކް އައުޓްސް ހަދަމުންދާ މަންޒަރު ފެނެއެވެ. އެ ވީޑިއޯގައި މި ދެތަރިން ކަސްރަތު ކުރަމުން ދިޔައިރު އިޝާން ފެނިގެންދަނީ އޭނާގެ ހަށިގަނޑު ފެންނަ ގޮތަށް ޓީޝާޓް ބަލައިގެން ހުއްޓަ އެވެ. ޖާންވީ ފެނިގެންދަނީ ކަސްރަތުކުރާއިރު ލުމަށް ޚާއްސަ ކަޅު ކުލައިގެ ހެދުމެއް ލައިގެންނެވެ.

"ދަޅަކް" ރިލީޒް ކުރިފަހުން މި ދެތަރިން އެކުގައި އެކިއެކި ހަފްލާތަކަށް ވަނީ ދާންފަށާފައެވެ. ދާދި ފަހުން މި ދެތަރިން ވަނީ ފެޝަން ޑިޒައިނަރ މަނީޝް މަލޯތްރާގެ ފެޝަން ޝޯއަށް ޖާންވީގެ ކޮއްކޮ ހުޝީ ކަޕޫރާއި ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން އާއި އެކު ގޮސްފައެވެ.

އިޝާން އާއި ޖާންވީ ބޮލީވުޑަށް ތަޢާރަފްވި ފިލްމް " ދަޅަކް" އަކީ މަރާތީ ފިލްމް " ސައިރާތް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. މި ފިލްމް ވަނީ ރިލީޒް ކުރިތާ ދިހަ ދުވަހު ގެ ތެރޭގައި ވޯލްޑްވައިޑް ކޮށް 100 ކުރޯޑް ކްލަބަށް ވަދެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް