ކ. މާލެ
|
5 އޯގަސްޓް 2018 | އާދީއްތަ 17:04
ސޮނާލީ ބެންޑްރޭ ބޯ ބާލާފައި. ސޮނާލީއަށް ޖެހިފައި ވަނީ ހައި ގްރޭޑް ކެންސަރ
ސޮނާލީ ބެންޑްރޭ ބޯ ބާލާފައި. ސޮނާލީއަށް ޖެހިފައި ވަނީ ހައި ގްރޭޑް ކެންސަރ
އިންސްޓަގްރާމް
ސޮނާލީ ބެންޑްރޭ
ކެންސަރު ޖެހިފައިވާ ސޮނާލީ ބޯ ބާލައިފި
 
ސޮނާލީއަށް ޖެހިފައި ވަނީ ހައި ގްރޭޑް ކެންސަރ

ކެންސަރާއި ހަނގުރާމަ ކުރަމުންދާ  ބޮލީވުޑްގެ އެކްޓްރެސް ސޮނާލީ ބެންޑްރޭ ބޯބާލައިފިއެވެ.

ސޮނާލީގެ އިންސްޓަގްރާމުގައި ދެ ރައްޓެހިންނާއެކީގައި ނަގާފައިވާ ޕޯސްޓެއް ވަނީ އާންމު ކޮށްފައެވެ. އެ ފޮޓޯގައި ސޮނާލީ އިނީ ބޯބާލާފައެވެ .އެޕޯސްޓުގައި އޭނާ ބުނެފައިވަނީ ކޮންމެ ކަމަކަށްވެސް މިހާރު ސަމާލު ކަން ދޭކަމަށާއި ކޮންމެ ކަމެއްވެސް ކުރަނީ ވަރަށް ގަޔާވެގެން ކަމަށްވެ. އަދި އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ. ބައެއް ފަހަރު ހިތާމައާއި މާޔޫސްވާ ފަހަރު އަންނާނެކަމަށާއި އޭނާ ލޯބިވާ ރައްޓެހިނާއެކު ވަގުތު ހޭދަކުރަމުން ދާކަމަށް ސޮނާލީގެ ޕޯސްޓުގައި ވަނީ ބުނެފައެވެ. އަދި އޭނާއަށް އެކަނިވެރިކަން އިހުސާސް ނުކޮށްދީ ރައްޓެހިން އޭނާއަށް ވެދޭ އެހީތަކަށް ޝުކުރު އަދާކުރާކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ޕްރޮޑިއުސަރ ގޯލްޑީ ބޭލްއާ ކައިވެނިކޮށްގެން އުޅޭ ސޮނާލީ ކެންސަރަށް ފަރުވާ ހޯދަމުންދަނީ އެމެރިކާގެ ނިއުޔޯކުންނެވެ. އުމުރުން 43 އަހަރުގެ ސޮނާލީއަށް ޖެހިފައި ވަނީ ހައި ގްރޭޑް ކެންސަރއެވެ.

ސޮނާލީ ބޮލީވުޑަށް ތައާރަފްވެފައިވަނީ 1994 ވަނަ އަހަރު ނިކުތް އާގް އިންނެވެ. އޭނާއަށް ވަނީ 12 އަހަރުގެ ފިރިހެން ކުއްޖަކު ލިބިފައެވެ. ސޮނާލީ 2002 ގައި ކައިވެނިކޮށް ފިލްމް ކުޅުން ހުއްޓައިލި ނަމަވެސް އޭނާ ކުޅެފައިވާ ބައެއް މަޝްހޫރު ފިލްމު ތަކުގެ ތެރޭގައި ހަމް ސާތު ސާތު ހޭ،ސަރްފަރޯޝް، ދިލްޖަލޭ،ތަޒާރު، އައެ ދިވާނޭ ދިލް އަދި ކީމަތް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
100%
0%
0%
0%
ކޮމެންޓް
5 އޯގަސްޓް 2018 | އާދީއްތަ 12:13
A
Headline kamaku nudhey, you could've written something else