ކ. މާލެ
|
4 އޯގަސްޓް 2018 | ހޮނިހިރު 09:20
އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރު
އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރު
ގެޓީ އިމޭޖަސް
ގުޑް ނިއުސް
ގުޑް ނިއުސް އަންނަ އަހަރުގެ މެދުތެރޭގައި
 
ނުވަ އަހަރު ފަހުން މި ދެތަރިން ފެނިގެންދާ ފުރަތަމަ ފިލްމު
 
ފިލްމު ނެރޭނީ 2019 ވަނަ އަހަރުގެ ޖުލައި 19 ގައި

ވިހެއުމަށް ފަހު ކަރީނާ ފެނިގެންދާ ދެވަނަ ފިލްމު ގުޑްނިއުސް އަންނަ އަހަރުގެ މެދުތެރޭގައި ނެރޭނެ ކަމަށް އިއުލާން ކޮށްފިއެވެ.

ކަރީނާއާއި އެކު މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ އަކްޝޭ ކުމާރެވެ. ކަރަން ޖޯހަރު ޑައިރެކްޓް ކުރާ މި ފިލްމުގެ ނަން ބުދަ ދުވަހު ހާމަ ކޮށްފައިވާއިރު ފިލްމު ނެރޭނެ ދުވަސް ޓްވިޓާ މެދުވެރިކޮށް ކަރަން ވަނީ ހާމަކޮށްފައެވެ. ކަރަން ބުނީ ފިލްމު ނެރޭނީ 2019 ވަނަ އަހަރުގެ ޖުލައި 19 ގައި ކަމަށެވެ.

މި ފިލްމު ވެގެންދާނީ ކަރީނާއާއި އަކްޝޭ އެކުގައި ކުޅުނު ކަމްބަގްތު އިޝްގަށް ފަހު ދެމީހުން ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ. ކަމްބަގްތު އިޝްގު ރިލީޒް ކޮށްފައިވަނީ މީގެ ނުވަ އަހަރު ކުރިންނެވެ.

ކަރީނާއާއި އަކްޝޭގެ އިތުރުން އިތުރު އެހެން ޖޯޑެއް ވެސް މި ފިލްމުން ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެއެވެ. ކަރީނާ އާއި އަކްޝޭގެ އިތުރުން މި ފިލްމުން ފެންނާނީ ދިލްޖިތް ދޮސަންޖް އަދި ކިއާރާ އަދްވާނީ ކަމަށް ޚަބަރުތައް ބުނެއެވެ.

އިންޑިއާގެ ނޫސްތަކުގައި  މީގެ ކުރިން ބުނެފައިވަނީ ކަރަން، ކަރީނާ ލައްވާ ފިލްމު ކުޅެން ބޭނުންވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި ދަރްމާ ޕްރޮޑަކްޝަންއިން 2016 ވަނަ އަހަރު ނިކުތް ކީ އެންޑް ކާ އަށް ފަހު ފިލްމުގެ ޝޫޓިން ނުފެށި އޮތީ ކަރީނާ ބަލިވެއިނުމުގެ ސަބަބުން ކަމަށެވެ.  އަދި މި ފިލްމުގައި ކަރީނާ މަންމައެއްގެ ރޯލަށް ފިޓްވާނެ ކަމަށް ކަރަން ވެސް ބުނެފައިވާ ކަމަށް ޚަބަރުތައް ވަނީ ބުނެފައެވެ.

 މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް