ކ. މާލެ
|
4 އޯގަސްޓް 2018 | ހޮނިހިރު 09:16
ޑެމީ ލޮވާޓޯ
ޑެމީ ލޮވާޓޯ
ގެޓީ އިމޭޖަސް
ޑެމީ ލޮވާޓޯ
ޑެމީ ލޮވާޓޯ ހޮސްޕިޓަލުން ސީދާ ރީހެބަށް
 
ހޭނެތިފައި އޮއްވާ ފެނުނީ ލޮސް އެންޖަލެސްގެ ހޮލީވުޑް ހިލްސްގައި ހުންނަ އޭނާގެ ގޭގައި އޮއްވާ

ޖުލައި މަހުގެ 24 ވަނަ ދުވަހު އޯވަޑޯޒް ވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ޑެމީ ލޮވާޓޯގެ ހާލު ދަނީ ރަނގަޅުވަމުން ކަމަށާއި މިހަފްތާ ތެރޭ އޭނާ ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޑެމީ ހޮސްޕިޓަލުން ދޫކުރިކަމުގައި ވިއަސް އޭނާ ބޭނުން ވަނީ ރީހެބަށް ގޮސް އިތުރު ފަރުވާ ހޯދުމަށެވެ.

މަސްތުވާތަކެތީގެ ވަބައިގައި ޖެހިފައިވާ ކަން ޑެމީ ފުރަތަމަ ހާމަކޮށްފައި ވަނީ މީގެ ހަތް އަހަރު ކުރިންނެވެ. އަދި އެއަށް ފަހު އެފަދަ ކަމެއް ނުކުރާތާ ހަ އަހަރު ވެފައިވާ ކަމަށާއި އަލުން އޭގެ ތެރެއަށް ވަދެވިފައިވާ ކަމަށް އޭނާ ވަނީ ޖޫން މަހުގެ ތެރޭގައި ހާމަކޮށްފައެވެ.

ޑެމީ ހޭނެތިފައި އޮއްވާ ފެނުނީ ލޮސް އެންޖަލެސްގެ ހޮލީވުޑް ހިލްސްގައި ހުންނަ އޭނާގެ ގޭގައި އޮއްވައެވެ.

ޑެމީ އާންމުންގެ ތެރެއަށް ތާރަފްވެފައިވަނީ ކުޑަކުދިންގެ ޓީވީ ސީރީޒްއެއް ކަމަށްވާ ބާނީ އެންޑް ފްރެންޑްސް އިންނެވެ. ޑެމީގެ ފުރަތަމަ ލަވަ އަލްބަމް ނެރެފައި ވަނީ 2008 ވަނަ އަހަރުއެވެ.

ޚަބަރުތައް ބުނާގޮތުގައި ޑެމީ ހޮސްޕިޓަލުން ދޫކޮށް ރީހެބަށް ދިއުމުގެ ކުރިން އޭނާގެ ފޭނުންނާއި އާއިލާގެ މީހުންނާއި މުޚާތަބުކޮށް ބަޔާނެއް ނެރޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
50%
50%
0%
0%
0%
ކޮމެންޓް