ކ. މާލެ
|
2 އޯގަސްޓް 2018 | ބުރާސްފަތި 14:48
ގޮށްރާޅުގެ ޕޯސްޓަރު
ގޮށްރާޅުގެ ޕޯސްޓަރު
ޑާކް ރެއިން އެންޓަރޓެއިންމަންޓް
ދިވެހި ފިލްމް އިންޑަސްޓްރީ
ގޮށްރާޅުގެ ޓްރެއިލާ ޕްރިވިއު ބަލައިލުމުގެ ފުރުސަތު ހުޅުވާލައިފި
 
ފޭސްބުކް ޕޭޖަށް ގުޅޭނެ ފޯން ނަމްބަރު އިންބޮކްސްކޮށްލުމުން ފުރުސަތު ދެވޭނެ
 
ޕްރިވިއު ދައްކާލުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު

މަގުބޫލު ފިލްމުތައް ނެރެމުން އަންނަ ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ ޑާކްރެއިން އެންޓަޓެއިނަމަންޓުން އުފެއްދާ ފިލްމް "ގޮށްރާޅު"ގެ  ޓްރެއިލާ ޕްރިވިއު ބަލަން ބޭނުންވާ ފަރާތްކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

 ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ފިލްމްގެ އެއް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 5 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމްގެ ޓްރެއިލާ ރަސްމީކޮށް ދައްލާލުމުގެ ކުރިން ޓްރެއިލާގެ ޕްރިވިއު ދައްކާލުމަށް ހަމަޖައްސާފައި ވަނީ މި މަހުގެ 4 ވަނަ ދުވަހު ކަމަށެވެ.

 ޕްރިވިއު ބަލަން ބޭނުންވާ ފަރަތްތަކުން "ގޮށްރާޅު" ގެ ރަސްމީ ފޭސްބުކް ޕޭޖަށް ގުޅޭނެ ފޯން ނަމްބަރު އިންބޮކްސް ކޮށްލުމުން ޕްރިވިއު ދެއްކުމަށް ހަމަޖައްސާ ސްޓޫޑިއޯ އެއްގައި ޖާގަ އޮތް މިންވަރަކުން އެ ފަރާތްތަކަށް ފުރުސަތު ދޭނެ ކަމަށެވެ.

އަދި މި ފިލްމްގެ ޓްރެއިލާ ޕްރިވިއު ބަލަންދާ ފަރާތްތަކުގެ ފީޑް ބެކް ވެސް ހޯދާނެ ކަމަށް މޮގާ ވަނީ ބުނެފައެވެ.

ގޮށްރާޅަކީ މޫމިން ފުއާދުގެ ވާހަކައަކަށް ޢަހުމަދު ޝިނާން ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ މޮގާ އާއި އާއިޝަތު ފުވާދު ތައުފީޤެވެ.

ފިލްމުގެ އެއް ލީޑް ރޯލުން ފެނިގެންދާ ޖުމައްޔިލްގެ އިތުރުން މި ފިލްމުން ދެން ފެނިގެންދާނީ މިދާއިރާއަށް އަލަށް ތަޢާރަފްވާ ހަސަން އިރުފާން (ޒަކިއްޓެ)، އާއި ޢައިޝަތު ތަސްނީމާއެވެ. މީގެ އިތުރުން އައިމިނަތު ރަޝްފާ، ނުޒުހަތު ޝުޢައިބު (ނުޒޫ)، ޢަބްދުﷲ އަޒާން، ނާޝިތު މުޙައްމަދު އަދި ހަމްދާން ފާރޫޤްގެ އިތުރުން މަރިޔަމް ޝަކީލާ އައި އިސްމާއިލް ރަޝީދު ފެނިގެންދާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
0%
0%
0%
0%
0%
0%
ކޮމެންޓް