ކ. މާލެ
|
1 އޯގަސްޓް 2018 | ބުދަ 15:06
ކެޓްރީނާ އާއި ސަލްމާން އެކުގައި: ބާރަތުގެ ލީޑު ރޯލުން ފެނިގެންދާނީ އެ ދެ ތަރިން
ކެޓްރީނާ އާއި ސަލްމާން އެކުގައި: ބާރަތުގެ ލީޑު ރޯލުން ފެނިގެންދާނީ އެ ދެ ތަރިން
ގޫގުލް
ބާރަތު
'ބާރަތު'ގެ ޓީމާ ގުޅުނީ އެ ފިލްމުގެ ސްކްރިޕްޓު ރަނގަޅުވުމުން: ކެޓްރީނާ ކައިފް
 
ބާރަތު ކުޅުމަށް ކެޓްރީނާ ސޮއިކޮށްފައި ވަނީ ޕްރިޔަންކާ ޗޮޕްޅާ އެ ފިލްމު ދޫކޮށްލުމުން

"ބާރަތު"ގެ ޓީމާ ގުޅުނީ އެ ފިލްމުގެ ސްކްރިޕްޓް ރަނގަޅުވުމުން ކަމަށް އެފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ތަރި ކެޓްރީނާ ކައިފް ބުނެފިއެވެ.

ކެޓްރީނާ ބުނީ "ބާރަތު"ގެ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު އެއީ އޭނާއަށް އަބަދު ވެސް ކަމުދާ ޑައިރެކްޓަރެއް ކަމަށެވެ.

މި ފިލްމު ކުޅުމަށް ކެޓްރީނާ ސޮއި ކޮށްފައި ވަނީ ޕްރިޔަންކާ ޗޮޕްޅާ އެ ފިލްމު ދޫކޮށްލުމުންނެވެ.

ކެޓްރީނާ "ބާރަތު" ގެ ޓީމާ ގުޅުނުކަން އަންގާ އެ ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ކޮށްފައިވާ ޓްވީޓެއްގައި ބުނީ "ބާރަތު"ގެ ބަތަލާއަކީ ކެޓްރީނާ ކަމަށާއި އެކަމާ އުފާކުރާ ކަމަށެވެ. އަދި އެންމެ ފަހުން ކެޓްރީނާ އާއި ސަލްމާން އެކީގައި ފެނިގެންދިޔަ ފިލްމު "ޓައިގާ ޒިންދާހޭ" އަށް ފަހު އެ ދެ މީހުން އެކީގައި ފެންނާތީ ހިތްހަމަ ޖެހިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ޓައިގާ ޒިންދާހޭ" އަކީ އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރި ފިލްމެކެވެ. އެފިލްމުގެ ލީޑު ރޯލުން ފެނިފައި ވަނީ ސަލްމާނާއި ކެޓްރީނާއެވެ. އެ ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ.

އަލީ އައްބާސް ޒަފަރުގެ ފުރަތަމަ ޑައިރެކްޝަން ކަމަށްވާ "މޭރޭ ބްރަދާ ކީ ދުލްހަން" ގައި ވެސް ފެނިފައި ވަނީ ކެޓްރީނާއެވެ. ސަލްމާނާއި ކެޓްރީނާ އެކީގައި ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "ޓައިގާ ޒިންދާހޭ" ގެ އިތުރުން "އޭކް ތަ ޓައިގާ"، "ޔުވްރާޖް"، "ޕާޓްނާ"، އަދި "މައިނޭ ޕިޔާރް ކިޔު ކިޔާ" ހިމެނެއެވެ.

ބާރަތުގެ ޝޫޓިން މިހާރު ފަށާފައިވާ އިރު މި ފިލްމަކީ ސަލްމާންގެ ޅިޔަނު އަދި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތުރީ ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމަކީ އަލީ އައްބާސް ޒަފަރުގެ ފިލްމުތަކުގެ ތެރެއިން ސަލްމާން ޚާން ކުޅޭ ތިންވަނަ ފިލްމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް