ކ. މާލެ
|
31 ޖުލައި 2018 | އަންގާރަ 06:18
ތާރާ ސުތޭރިއާ، ޓާއިގާ ޝްރޮފް އަދި އަނަންޔާ ޕާންޑޭ
ތާރާ ސުތޭރިއާ، ޓާއިގާ ޝްރޮފް އަދި އަނަންޔާ ޕާންޑޭ
ގޫގުލް
ބޮލީވުޑް
ސްޓޫޑެންޓް އޮފް ދަ އިޔާރ 2 ރިލީޒް ކުރުން ފަސްކޮށްފި
މި ފިލްމް ރިލީޒް ކުރާ ތާރީޚަކީ 10 މެއި 2019

"ސްޓޫޑެންޓް އޮފް ދަ އިޔާރ 2" ރިލީޒް ކުރުން އަންނަ އަހަރަށް ފަސްކޮށްފިއެވެ.

މި ފިލްމް ކުރިން ރިލީޒް ކުރުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 23 ގައެވެ.

ނަމަވެސް ފިލްމްގެ ޕްރޮޑިއުސަރ ކަރަން ޖޯހަރު ހޯމަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައިވަނީ "ސްޓޫޑެންޓް އޮފް ދަ އިޔާރ2" ރިލީޒް ކުރާނީ 2019 ގައި ކަމަށެވެ.

މީގެ އިތުރުން ޓްރޭޑް އެނަލިސްޓެއް ކަމަށްވާ ތަރަން އާދާޝް ކޮށްފައިވާ ޓްވީޓެއްގައި ވަނީ މި ފިލްމް ރިލީޒް ކުރާ ތާރީޚަކީ 10 މެއި 2019 ކަމަށެވެ.

"ސްޓޫޑެންޓް އޮފް ދަ އިޔާރ" އިން ވަނީ ވަރުން ދަވަން، އާލިއާ ބަޓް އަދި ސިދާތް މަލޯތްރާ ބޮލީވުޑަށް ތައާރަފް ކޮށްފައެވެ.

މި ފިލްމްގެ ދެވަނަ ބައި " ސްޓޫޑެންޓް އޮފް ދަ އިޔާރ 2" ގެ ލީޑް ރޯލުން ފެނިގެންދާ ދެ ތަރިން ކަމަށްވާ ތާރާ ސުތޭރިއާ އަދި އަނަންޔާ ޕާންޑޭ ބޮލީވުޑަށް ތައާރަފް ވެގެން ދާނެއެވެ. މި ފިލްގައި ބަތަލް ގެ ރޯލުން ފެނިގެންދާނީ ޓައިގާ ޝްރޯފް އެވެ.

2012 ވަނަ އަހަރު ރިލީޒް ކުރި "ސްޓޫޑެންޓް އޮފް ދަ އިޔާރ" ޑައިރެކްޓް ކޮށްފައިވަނީ ކަރަން ޖޯހަރެވެ. ނަމަވެސް މި ފިލްމްގެ ދެވަނަ ބައި "ސްޓޫޑެންޓް އޮފް ދަ އިޔާރ 2" ޑައިރެކްޓް ކުރަނީ ކަރަން އެއް ނޫނެވެ.  މި ފިލްމް ޑައިރެކްޓް ކުރަނީ " އައި ހޭޓް ލަވް ސްޓޯރީ" އަދި "ގޯރީ ތެރޭ ޕިޔާރު މެއިން" ގެ ޑައިރެކްޓަރ ޕުނިތް މަލޯތްރާ އެވެ.

 

 

- ކޮމެންޓް