ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 13:21
ބޮލީވޫޑްގެ ތަރި ކަންގަނާ ރަނާވަތު
ބޮލީވޫޑްގެ ތަރި ކަންގަނާ ރަނާވަތު
އިންޑިއާ ޓައިމްސް
ކަންގަނާ
ގައުމު ބޭނުންވެއްޖެ ނަމަ ސިޔާސީ ދާއިރާއަށް ވަންނަން ތައްޔާރު: ކަންގަނާ
 
އޭނާގެ ބޭނުން ޖެހިއްޖެ ނަމަ އޭނާ ހުރީ އެމަސައްކަތް ކުރަން ތައްޔާރަށް

ގައުމު ބޭނުންވެއްޖެ ނަމަ ސިޔާސީ ދާއިރާއަށް ވަންނަން ތައްޔާރު ކަމަށް ބޮލީވުޑްގެ ތަރި، ކަންގަނާ ރަނާވަތު ބުނެފިއެވެ.

މީގެ ކުރިން ކަންގަނާ ކައިރިން އޭނާ ސިޔާސީ ދާއިރާ އިން ފެނިދާނެތޯ އެހުމުން ބުނެފައި ވަނީ އެދާއިރާއަށް އޭނާ ތަންކޮޅެއް ޅަ ކަމަށެވެ.

ދާދި ފަހުން އޭނާ ޒީޓީވީއަށް ދީފައިވާ އިންޓަވިއުގައި ބުނެފައި ވަނީ ގައުމުގެ ދުޝްމަނުން ކިބައިން ސަލާމަތްވުމަށް އޭނާގެ ބޭނުން ޖެހިއްޖެ ނަމަ އޭނާ ހުރީ އެމަސައްކަތް ކުރަން ސިޔާސީ ދާއިރާއަށް ވަންނަން ތައްޔާރަށް ކަމަށެވެ.

ކަންގަނާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމު ޗަލޯ ޖީތޭ ހޭ ޕްރިމިއާ ކުރަން ނިއު ދިއްލީގައި ބޭއްވި އިވެންޓުގައި ޑިމޮކްރަސީގައި ނަމޫނާ ބޭފުޅެއް ކަމަށް ބުނެ އެމަނިކުފާނަށް މަރުހަބާ ކިޔާފައެވެ.

ކަންގަނާ ބުނީ އިންޑިއާ އިތުރަށް ތަރައްގީކުރުމަށް މޯދީ އިތުރު ފަސް އަހަރު ހޮވަން ޖެހޭ ކަމަށެވެ. 

އެހެންކަމުން އޭނާ މިހެން ބުނީ ސިޔާސީ ދާއިރާއަށް އޮތް ޝައުގުވެރިކަމެއްގެ ސަބަބުން ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް