ކ. މާލެ
|
29 ޖުލައި 2018 | އާދީއްތަ 15:30
ކަންގަނާ ރަނައުތް
ކަންގަނާ ރަނައުތް
ގެޓީ އިމޭޖަސް
ބޮލީވުޑް
ޕްރިޔަންކާ އެންގޭޖް ކުރިކަން ނޭނގުމުން ކަންގަނާ ހިތްހަމަނުޖެހުން ފާޅުކޮށްފި
މި ދެ ތަރިންނަކީ ވަރަށް ގާތް ދެ ރައްޓެހިން

ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ ލަވަކިޔުން ތެރިޔާ ނިކް ޖޯނަސް އެންގޭޖް ކުރިކަން ނޭންގުމުން ބޮލީވުޑްގެ ތަރި ކަންގަނާ ރަނައުޓް ހިތްހަމަ ނުޖެހުން ފާޅުކޮށްފި އެވެ.

މި ދެތަރިން އެކުގައި ވަނީ "ކްރިޝް3" އަދި "ފެޝަން" ގައި މަސައްކަތް ކޮށްފައެވެ. އެދުވަސްވަރުން ފެށިގެން މި ދެތަރިންނަކީ ދެ ރަހުމަތްތެރިންނެވެ.

ނަމަވެސް ޕްރިޔަންކާ އާއި ނިކްގެ އެންގޭޖްމަންޓްގެ ވާހަކަ ނުބުނުމުން ކަންގަނާ ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ދާދި ފަހުން ބޭއްވި ފެޝަން ޝޯ އެއްގައި ޕްރިޔަންކާ އޭނާއަށް އޮޅުވާލުމުން ކަންގަނާ ވަނީ މަލާމަތްކޮށްފައެވެ. ކަންގަނާ ބުނެފައިވަނީ ( އައްޗާ؟ ވޯ މެރީ ބޮހޮތް އައްޗީ ދޯސްތުހޭ. އުނޯނޭ މުޖޭ ނެހީ ބަތާޔާ ތޯ ޕިރް މައި ޚަފާހުން) "ޕްރިޔަންކާއަކީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް އެވާހަކަ ނުބުނުމުން އަހަރެން މިހުރީ ވަރަށް ހިތްހަމަ ނުޖެހިފައި" އެވެ.

މިދިޔަ ހުކުރު ދުވަހު ޔޫއެސްގެ މީޑިއާއަކުން ވަނީ ޕްރިޔަންކާ އާއި ނިކް ޖޯނަސް އެންގޭޖް ކޮށްފައިވާކަން ހާމަ ކޮށްފައެވެ. މީގެ އިތުރުން ވެސް "ބާރަތު" ގެ ޕްރޮޑިއުސަރ އަލީ އައްބާސް ޒަފަރުވެސް ވަނީ އޭނާގެ ފިލްމް ޕްރިޔަންކާ ދޫކޮށްލި ކަމަށާއި ޕްރިޔަންކާ އެންޖޭގް ކުރިކަމަށް ދޭހަވާ ގޮތަކަށް ޓްވީޓެއް ކޮށްފައެވެ.

ކަންގަނާ މިވަގުތު ދަނީ "މަނިކަރްނިކާ-ދަ ކުއީން އޮފް ޖާންސީ" ގެ ނުނިމި ހުރި ޝޫޓިން ތަކުގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ގައެވެ. އަދި އެތާރީޚުގައި ރިތިކް ރޯޝަންގެ ފިލްމް "ސުޕަ 30" ވެސް ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ކަންގަނާ އާއި ރިތިކް އާއި ދެމެދުގައި ކުރިން ލޯބީގެ ގުޅުމެއް ހިނގި ކަމުގެ އަޑު ވަނީ ފެތުރިގެން ގޮސްފައެވެ. ނަމަވެސް ފަހުން ވަނީ މި ދެރިންގެ ދެމެދުގައި ވަރަށް ބޮޑެތި މައްސަލަތަކެއް ޖެހިފައެވެ. އެހެން ކަމުން މި ދެ ފިލްމް ރިލީޒް ކުރާ ދުވަސް ވެގެން ދާނީ މި ދެތަރިންގެ ފޭނުން ޝައުގުވެރި ވެގެން ދާނެ ދުވަހަކަށެވެ.

 

 

- ކޮމެންޓް