ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 17:47
ޕްރިންސް ވިލިއަމް އާއި ކޭޓް މިޑްލްޓަން ގެ އާއިލާ
ޕްރިންސް ވިލިއަމް އާއި ކޭޓް މިޑްލްޓަން ގެ އާއިލާ
ގޫގުލް
އިނގިރޭސި ޝާހީ އާއިލާ
ކޭޓް މިޑްލްޓަން ވިހެއުމަށްފަހު ލޫޅާފަތިކޮށް ހުރުމުގެ ސިއްރު އެނގެން ބޭނުން؟
 
ބަރުދަން ލުއިކުރެއްވީ ކުދިންގެ ފަހަތުން ދުވެގެން

ޑަޗަސް އޮފް ކެމްބްރިޖް  ކޭޓް މިޑްލްޓަން ތިން ކުދިން ވިހެއުމަށް ފަހު ހަށިގަނޑު ރީތިކޮށް ދުޅަހެޔޮކޮށް ހުރުމުގެ ސިއްރު ހާމަކުރައްވައިފިއެވެ.

ޚަބަރުތައް ބުނާގޮތުން ކްއީން އެލްޒަބަތްގެ 90 ވަނަ އުފަން ދުވަސް ފާހަގަކުރުމަށް ބޭއްވި ގާޑަން ޕާޓީއެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް 2016 ވަނަ އަހަރު އިންޑިއާގެ ނިއުދިއްލީއަށް އެކަމަނާ  ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ހަފްލާގެ ތެރެއިން ދިމާވި މެހެމާނަކު، ޝާލޮޓް އުފަންވުމަށް ފަހު އެކަމަނާ އެހާ އަވަހަށް ބަރުދަން ލުއިކުރެއްވީ ކިހިނެތްތޯ އެހުމުން ކޭޓް ވިދާޅުވެފައިވަނީ ކުދިންގެ ފަހަތުން ދުވެގެން ކަމަށެވެ.

އެއެވެސް ޑަޔަޓެއް އަދި ކަސްރަތެއް ވެސް ނުކުރައްވާ ކަމަށާއި ބަރުދަން ލުއިވުގެ ސިއްރަކީ ކުދިންގެ ފަހަތުން ދުވުން ކަމަށް ކޭޓް ވަނީ ވިދާޅުވެފައެވެ.

2011 ވަނަ އަހަރު ޕްރިންސް ވިލިއަމް އާއި ކައިވެނި ބައްލަވައިގަތުމަށް ފަހު ތިން ކުދިން ވިހަފައިވާއިރު ވެސް މިޑްލްސްޓަން މިހާ ލޫޅާފަތިކޮށް ހުންނަވަނީ ކީއްވެގެންތޯ ސުވާލު އުފެދޭމީހުންނަށް މިހާރު މިވަނީ އެކަމުގެ ސިއްރު އެނގިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
41%
7%
0%
14%
17%
21%
ކޮމެންޓް