ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 06:47
ކާޖޮލް. ހެލިކޮޕްޓަރ އީލާއިން އޭނާ ފެނިގެންދަނީ ލީޑު ރޯލުން
ކާޖޮލް. ހެލިކޮޕްޓަރ އީލާއިން އޭނާ ފެނިގެންދަނީ ލީޑު ރޯލުން
ގޫގުލް
ހެލިކޮޕްޓާ އީލާ
ހެލިކޮޕްޓަރ އީލާ އެޅުވުން 7 ދުވަހަށް އަވަސްކޮށްފި
 
ފިލްމު އެޅުވުން އަވަސް ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 7 އަށް

ބޮލީވުޑްގެ ތަރި ކާޖޮލް ދޭވްގަންގެ ހެލިކޮޕްޓަރ އީލާ އެޅުވުން ހަތް ދުވަހަށް އަވަސް ކޮށްފިއެވެ.

ކުރިން މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖައްސާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހަށެވެ. އެހެން ނަމަވެސް މިހާރު ވަނީ އެދުވަސް ހަތް ދުވަހަށް އަވަސްކޮށް އަންނަ ސެޕްޓެމްބަރު މަހުގެ 7 އަށް އަވަސްކޮށްފައެވެ. 

އީލާގައި ކާޖޮލް ފެންނާނީ ލަވަ ކިޔުންތެރިއެއްގެ ރޯލުންނެވެ. މިފިލްމަކީ އެކަނިވެރި މައެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމުގައި މަޖުބޫރުން ކުރާ ކައިވެންޏަށް ދަރިއަކު ލިބި އެކައިވެނި ރޫޅެއެވެ. އަދި އެކަނިވެރި މައެއްގެ ގޮތުގައި ދަރިފުޅު ބޮޑުކުރުމަށް ކާޖޮލް މަސައްކަތް ފަށައެވެ. އަދި އޭނާއަށް ލިބިފައިވާ ލަވަކިޔުމުގެ ހުނަރު ތަރައްގީކޮށް ހުވަފެން ކާމިޔާބު ކުރުމަށް މަސައްކަތް ކުރެއެވެ.

އީލާ އަކީ ގުޖްރާތީ ޕްލޭއެއް ކަމަށްވާ "ބެޓާ، ކާގްދޯ" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.

މިތޭޝް ޝާހް ލިޔެފައިވާ ވާހަކައެއްގެ މައްޗަށް އުފައްދާ މި ފިލްމު ޑައިރެކްޓް ކުރާނީ ޕްރަދީޕް ސަރްކާރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް