ސަލްމާން ޚާން އާއި ޔޫލިއާ ވަންތޫރު ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަތައް މީޑިއާގައި ފެތުރެން ފަށާފައިވަތާ ދުވަސް ތަކެއް ވަނީ ވެފައިވެފައެވެ.
ނަމަވެސް މިމަހުގެ 24 ގައި ޔޫލިއާ ގެ 38 ވަނަ އުފަންދުވަސް ސަލްމާންގެ ގޭގައި ފާހަގަ ކޮށްފައިވާއިރު ނަގާފައިވާ ފޮޓޯ ތަކުން ސަލްމާން ޚާން ފެނިފައެއް ނުވެއެވެ.
ޔޫލިއާ އެނާގެ އިންސްޓަގްރާމް ސްޓޯރީގައި ޝެއަރ ކޮށްފައިވާ ބައެއް ފޮޓޯތަކުގެ ކެޕްޝަންގައި ލިޔެފައިވަނީ "މައި މިޑް ނައިޓް ސަޕްރައިޒް. ލަވް ޔޫ ގައިޒް" އެވެ. ޔޫލިއާ ޝެއަރކޮށްފައިވާ ފޮޓޯގައި ސޯނާކްޝީ ސިންހާ ކެންޑްލް ރޯކޮށްފައިހުރި ކޭކެއް ހިފައިގެން ހުރި ފޮޓޯއެއް ވަނީ ފެނިފައެވެ. މީގެ އިތުރުންވެސް ސަލްމާން ޚާންގެ ބޮޑިގާޑް ޝޭރާ ވަނީ ފެނިގެން ގޮސްފައެވެ.
ސަލްމާން ޚާން އާއި ރައްޓެހިވެގެން އުޅޭ ކަމަށް ދެކޭވޭ ވާހަކަތަކާއި ގުޅިގެން ޔޫލިއާ ކުރިން ބުނެފައިވަނީ އެކަމާއި ބެހޭގޮތުން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް ޔޫލިއާ ބުނެފައިވަނީ އޭނާއަށް މީހުން ކިޔާއެއްޗެއް ނުހިފެހެއްޓޭނެ ކަމަށާއި އޭނާ ސަލްމާނަށް ވަރަށް އިހުތިރާމް ކުރާކަމަށެވެ.
ރޯމަނަށް އުފަން ޔޫލިއާ ބުނެފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހިއްސާ ކުރަން ބޭނުން ނުވާ ކަމަށެވެ.
ޔޫލިއާ އަކީ ރޯމަން ލަވަކިޔުންތެރިއެއްގެ އިތުރުން ހިންދީ ލަވަކިޔުންތެރިއެއްވެސް މެއެވެ. އޭނާ ވަނީ ދާދިފަހުން ސަލްމާން ޚާންގެ "ރޭސް3" އަށް ލަވައެއް ކިޔައިދީފައެވެ. ޔޫލިއާ އޭނާގެ ކެރިއާ އާއި ބެހޭގޮތުން ބުނެފައިވަނީ ލަވަކިއުމަށް ވަރަށް ޝައުގުވެރިވާ ކަމަށާއި ނަމަވެސް އެކްޓް ކުރަން ބޭނުން ނުވާކަމަށެވެ. އޭނާއަށް "ސަރްގަމް" އަދި ޕްރަނައުންސިއޭޝަން ދަސްކޮށްދޭ ޓީޗަރަކު ހުންނަ ކަމަށް ވެސް ވަނީ ބުނެފައެވެ. ޔޫލިއާއަށް ކްލާސިކަލް މިއުޒް ވަރަށް ރީތި ކަމަށް ބުނެއެވެ.
މީގެ އިތުރުން ޔޫލިއާ ބުނެފައިވަނީ ސަލްމާން އަކީ ހުރިހާ ހުނަރެއް ހުރި މީހެއް ކަމަށާއި ސަލްމާން ވަރަށް ލަވަކިޔާ ހިތްވާ ކަމަށެވެ. އަދި ސަލްމާން އޭނާއަށްވުރެ ރީތިކޮށް ލަވަ ކިޔާކަމަށް ޔޫލިއާ ބުންޏެވެ. ސަލްމާން އެކްޓް ކޮށް ނަށާ އަދި މިއުޒިކް ހަދާ އިރުވެސް ޔޫލިއާ އަށް ވުރެ މޮޅަށް ލަވަ ކިޔާ ކަމަށް ވަނީ ބުނެފައެވެ. ސަލްމާން އަށް ނުކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށާއި ހުރިހާ ކަމެއް ވެސް ކުރެވޭނެ ކަމަށް ޔޫލިއާ ވަނީ ބުނެފައެވެ.
ސަލްމާން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އޭނާގެ ޅިޔަނު އަތުލް އަގްނިހޯތްރީ ޕްރޮޑިއުސް ކުރާ ފިލްމް " ބާރަތް" ގެ ޝޫޓިންތައް ވަނީ ފަށާފައެވެ. މި ފިލްމްގައި ސަލްމާން އާއި އެކު ފެނިގެންދަނީ ޕްރިޔަންކާ ޗޯޕްރާ އާއި ތައްބޫ، ދިޝާ ޕަޓާނީ، ސުނިލް ގްރޯވާ އަދި ވަރުން ޝަރްމާއެވެ. ސަލްމާންގެ އެހެން ފިލްމް ތަކެކޭ އެއްގޮތަށް މި ފިލްމްރލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފިތުރު އީދު ބަންދުގައެވެ.