ކ. މާލެ
|
25 ޖުލައި 2018 | ބުދަ 13:02
ފަރްޚާން އަކްތަރު، ޕްރިޔަންކާ ޗޯޕްރާ އަދި ޒައިރާ ވަސިމް
ފަރްޚާން އަކްތަރު، ޕްރިޔަންކާ ޗޯޕްރާ އަދި ޒައިރާ ވަސިމް
ގޫގުލް
ބޮލީވުޑް
ދަ ސްކައި އިޒް ޕިންކް ގެ ތައްޔާރީތައް ފަށައިފި
 
މި ތަރިން ސްޓޫޑިއޯއަށް ދިޔަ މަންޒަރު ވަނީ ފެނިގެން ގޮސްފަ

ދަ ސްކައި އިޒް ޕިންކް ގެ ތައްޔާރީތައް އެފިލްމްގެ ލީޑް ރޯލުން ފެނިގެންދާ ބޮލީވުޑްގެ ތަރިން ކަމަށްވާ ޕްރިޔަންކާ ޗޯރްޕާއާއި ފަރްޚާން އަކްތަރު އަދި ޒައިރާ ވަސިމް ފަށައިފި އެވެ.

ސޮނާލީ ބޯސް ޑައިރެކްޓް ކުރާ މި ފިލްމްގެ ޕްރޮޑަކްޝަން ހައުސްގެ އޮފިޝަލް އިންސްޓަގްރާމް ޕޭޖްގައި ޝެއަރ ކޮށްފައިވާ ފޮޓޯތަކުގައި މި ތަރިން ސްޓޫޑިއޯއަށް ދިޔަ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

ޕްރިޔަންކާ ހިނގާފައި ސެޓަށް ދަނިކޮށް ޝެއަރ ކޮށްފައިވާ ފޮޓޯގެ ކެޕްޝަންގައި  ޕްރިޔަންކާ ޓެގް ކުރުމަށްފަހު ލިޔެފައިވަނީ " އެންޑް ޝީ އިޒް ބެކް.އެކްސައިޓިން ޓައިމްސް އަހެޑް"އެވެ.

ފަރްޚާންގެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ "ރެޑީ ޓު ރޯލް" އެވެ.

އަދި ޕޯސްޓް ކޮށްފައިވާ ޒައިރާގެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ ދަ ބިގިނިން އޮފް އަ ބިއުޓިފުލް ޖާނީ" އެވެ.

ޕްރިޔަންކާ އެންމެ އަވަހަށް ބޮލީވުޑްގެ ފިލްމަކުން ފެނިގެން ދާނީ ސަލްމާން ޚާން އާއި އެކު ކުޅޭ ފިލްމް " ބާރަތް" އިންނެވެ. ރިޕޯޓްތައް ބުނާގޮތުން ޕްރިޔަންކާ މިހާރު ފިލްމް ކުޅެދޭ އަގަކީ 6.5 ކްރޯޑް އިންޑިއަން ރުޕީސް އެވެ. އެހެން ކަމުން ޕްރިޔަންކާ ވެފައި މިވަނީ ތިން ވަނައަށް އެންމެ އަގުބޮޑުކޮށް ފިލްމް ކުޅޭދޭ ބަތަލާ އަށެވެ. އެންމެ އަގުބޮޑުކޮށް ފިލްމް ކުޅެ ބޮލީވުޑްގެ ތަރިއަކީ ދިޕިކާ ޕަދުކޯން އެވެ. އޭނާ ފިލްމް ކުޅެދެނީ 12 ކްރޯޑް އިންޑިއަން ރުޕީޒް އަށެވެ. މިލިސްޓްގެ ދެވަނައިގައި އުޅެނީ ކަންގަނާ ރަނާވަތެވެ. އޭނާ ފިލްމް ކުޅެދެނީ 11 ކްރޯޑް އިންޑއަން ރުޕީޒް އަށެވެ. މިހަރު ޕްރިޔަންކާ ވެފައިވަނީ އިންސްޓަގްރާމްގައި އެންމެ ގިނަ މީހުންފޮލޯ ކުރާ އިންޑިއާގެ ސެލެބްރިޓީއަށް ވެފައެވެ. އޭނާގެ 25 މިލިއަން ފޮލޯވަރުން ތިބެއެވެ.

"ބާރަތު" އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ވަނީ ތާވަލް ކޮށްފައެވެ. ނަމަވެސް "ދަ ސްކައި އިޒް ޕިންކް" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ކޮށްފައެއް ނުވެއެވެ.

"ބާރަތު" އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ވަނީ ތާވަލް ކޮށްފައެވެ. ނަމަވެސް "ދަ ސްކައި އިޒް ޕިންކް" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ކޮށްފައެއް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް