ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 13:01
ޖާންވީ ކަޕޫރު
ޖާންވީ ކަޕޫރު
ގޫގުލް
ބޮލީވުޑް
އަހަރެންނަކީ ތަރިއެއްކަމަށް އަދި ގަބޫލެއް ނުކުރަން: ޖާންވީ
ފުރަތަމަ ދުވަހު ފިލްމްގެ އާމްދަނީ އަށް 8.71 ކްރޯޑް އިންޑިއަން ރުޕީޒް ވަނީ ލިބިފަ

ޖާންވީ ކަޕޫރާއި އިޝާން ޚައްތަރު ލީޑް ރޯލުން ފެނިގެންދާ ފިލްމް "ދަޅަކް" ވެގެން ގޮސްފައިވަނީ ބޮލީވުޑަށް އަލަށް ތަޢާރަފްވާ ތަރިން ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިގެންދިޔަ ފިލްމަށެވެ.

ދަރްމާ ޕްރޮޑަކްޝަނުން އުފައްދާފައިވާ މި ފިލްމް މިދިޔަ ހުކުރު ދުވަހު ރިލީޒް ކޮށްފައިވާއިރު ފިލްމް އެޅުވި ފުރަތަމަ ދުވަހު ފިލްމްގެ އާމްދަނީ އަށް 8.71 ކްރޯޑް އިންޑިއަން ރުޕީޒް ވަނީ ލިބިފައެވެ.

މި ފިލްމުން ރެކޯޑެއް ގާއިމް ކޮށްފައިވީނަމަވެސް ފިލްމްގެ ބަތަލާ ޖާންވީ ބުނެފައިވަނީ އޭނާ އަކީ "ސްޓާރ" އެއް ކަމަށް އަދި ގަބޫލު ނުކުރާ ކަމަށާއި އޭނާ މަސައްކަތް ކުރަމުންދަނީ އެކްޓަރަކަށް ވާން ކަމަށެވެ.

އެ  ފިލްމް ގައި ޖާންވީ އަދާކޮށްފައިވާ ރޯލަށް އެންމެ ރަނގަޅު ކޮމްޕްލިމެންޓެއް ލިބިގެން ގޮސްފައިވަނީ ކާކުގެ ފަރާތުންތޯ ސުވާލު ކުރުމުން ޖާންވީ ބުނެފައިވަނީ އެ ފިލްމްގެ ޑައިރެކްޓަރ ޝަޝާންކް ކެއިތަންގެ ފަރާތުން ކަމަށެވެ. ޖާންވީ އަށް ޓަކައި ފަޚުރުވެރި ވާކަމަށް ޝަޝާންކް ބުނެފައިވާ ކަމަށް ޖާންވީ ބުންޏެވެ. އަދި މުޅި ޓީމަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ތިއޭޓާއިން ލިބެމުންދާ ކާމިޔާބީ ކަމަށް ޖާންވީ ވަނީ ބުނެފައެވެ.

"ދަޅަކް" އަކީ ކާމިޔާބު މަރާތީ ފިލްމް "ސައިރާތް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

ބޮލީވުޑަށް އަލަށް ތަޢާރުފުވާ ޖާންވީ ކަޕޫރަކީ ބޮލީވުޑްގެ އެންމެ ފުރަތަމަ އަންހެން ސުޕަރ ސްޓާރ ސްރީ ދޭވީގެ ދަރިފުޅެވެ.

- ކޮމެންޓް