ކ. މާލެ
|
18 ޖުލައި 2018 | ބުދަ 11:45
ޝްރީ ދޭވީގެ ދަރިފުޅު ޖާންވީ
ޝްރީ ދޭވީގެ ދަރިފުޅު ޖާންވީ
ގޫގުލް
ބޮލީވުޑް
ސަލްމާން ކޫރޫއިންގެ ކުރިމަތީގައި ޖާންވީ ލަދުގަންނަވާލި ގޮތް ކިޔައިދީފި
ނެށުމުގެ ތެރެއަށް ވަދެފައި ހުރި ވަރުން ސަލްމާން އޭނާގެ ކައިރިއަށް އައިރު ވެސް ނޭނގުނު

ސަލްމާން ޚާންގެ ފިލްމް "ވޯންޓެޑް" ގެ ކުރޫ އިން ކުރިމަތީގައި ޖާންވީ ކަޕޫރު ލަދުގަންނަވާލި ގޮތް އޭނާ ކިޔައިދީފިއެވެ.

މިހިނގާ ޖުލައި މަހުގެ 20 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ދަޅަކް" ގެ ބަތަލާ ޖާންވީ އިންޑިއާގެ ނޫހަކަށް ދިން އިންޓާވިއުއެއްގައި ބުނެފައި ވަނީ އެއް ދުވަހަކު އޭނާ "ވޯންޓެޑް" ގެ ސެޓަށް ދިޔައިރު މަޝްހޫރު ކޮރިއޯގްރާފަރ ޕްރްބޫދޭވާއާ އެކު ސަލްމާނާއި ކެޓްރީނާގެ ޑާންސް ރިހާސަލް ކުރިއަށް ދާކަމަށެވެ. އޭރު ޖާންވީގެ އުމުރުން ގާތްގަނޑަކަށް 10 ނުވަތަ 12 އަހަރު ކަމަށާއި އެވަގުތު ނަށާހިތުން ހުރި ވަރުން އެ ކޮޓަރީގެ ކަނެއްގައި ހުރެ އެ ލަވައަށް ނަށަން ފެށުނު ކަމަށެވެ.

މި އަހަރުގެ ފެބްރުއަރީ ތެރޭގައި ނިޔާވި ސްރީ ދޭވީގެ ދަރިފުޅު ޖާންވީ ބުނެފައި ވަނީ ނެށުމުގެ ތެރެއަށް ވަދެފައި ހުރި ވަރުން ސަލްމާން އޭނާގެ ކައިރިއަށް އައިރު ވެސް ނޭނގުނު ކަމަށާއި އަދި ކަނެއްގައި ނުހުރެ އެންމެންގެ މެދަށް ގޮސް ނަށަން ސަލްމާން އެދުނު ކަމަށެވެ. އެވަގުތު ޖާންވީ އުފަލުން ހުރެ ގޮސް އެންމެން ބަލަން ތިއްބާ ނެށި ކަމަށް ވެސް ބުނެފައި ވެއެވެ.

އޭނާގެ ނެށުން އެންމެނަށް ކަމުދިޔަ ކަމަށް އެދުވަހު ހިތަށް އެރި ކަމަށާއި ނަމަވެސް މިއަދު އެކަމާ ލަދު ގަންނަ ކަމަށް ޖާންވީ ބުންޏެވެ.

ކޮންމެއަކަސް ޖާންވީ ނެށުމަށް ހުރި ލޯބި މިހާރު މިވަނީ ބޮލީވުޑާ ހަމައަށް ދެމިގެން އައިސްފައެވެ. އޭނާ ކުރިން ބުނެފައި ވަނީ އޭނާއަށް އެނގެނީ އެކްޓްކުރަން އެކަނި ކަމަށެވެ. އޭނާ އަބަދުވެސް ފިލްމް ކުޅެން ބޭނުންވާ ކަމަށާއި އަދި ބައެއް ފިލްމްތައް ބަލައި އެއަށް އެކްޓްކުރި ކަމަށް ޖާންވީ ވަނީ ބުނެފައެވެ.

"އޯމް ޝާންތި އޯމް" ގައި ޝާހުރުކްގެ ރޯލް ކުޅުމަށް އޭނާގެ ކޮއްކޮ ހުޝީއަށް މަޖުބޫރު ކުރުވާ ކަމަށާއި އެ ފިލްމްގައި ދީޕިކާ އަތް ހޫރުމަންދާ މަންޒަރު ކުޅޭ ކަމަށް ޖާންވީ ވަނީ ބުނެފައެވެ.

ޖާންވީގެ ފުރަތަމަ ފިލްމް "ދަޅަކް" ގައި އޭނާ ފެނިގެންދާނީ އިޝާން ޓައްކަރުއާ އެކުގައެވެ. މި ފިލްމަކީ މަރާޓީ ފިލްމް "ސައިރާތު" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

 

- ކޮމެންޓް