ކައިވެންޏަކާއި ދޭތެރޭ ވިސްނާ ކޮންމެ ފަހަރަކު ކޮންމެވެސް ކަމެއް ދިމާވެގެން އެކަން ހުއްޓޭ ކަމަށާއި އެކަމާ މިއަދު އުފާވާ ކަމަށް ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތު ބުނެފި އެވެ
ކޮސްމޮޕޮލިޓަން އަށް ދިން އިންޓަވިއެއްގައި ކަންގަނާ ބުނެފައިވަނީ ހާލަތު ނިޔާކުރާ ގޮތުން ކައިވެނި ނުކޮށް މިހާތަނަށް ހުރެވުމުން އެކަމާ އުފާވާ ކަމަށެވެ.
އަދި އެ ހައިޖާނުން ސަލަމަތް ކުރެއްވީތީ ހެއްދެވި ފަރާތަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
31 އަހަރުގެ ކަންގަނާ ބުނެފައިވަނީ ހުސްހަށިބަޔަށް ހުރުމަކުން އޭނާ އަށް މަދުވާ އެއްވެސް އެއްޗެއް ނެތް ކަމަށެވެ. އަދި ބުރަކޮށް މަސައްކަތްކޮށްގެން ހަޔާތުގައި މިހާތަނަށް ހާސިލު ކުރެވުނު ކަންކަމާ ދޭތެރޭ ފަހުރުވެރިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކައިވެންޏާއި ގުޅެގޮތުން ކަންގަނާ ބުނެފައިވަނީ އޭނާ ކައިވެނި ނުކުރާނަމެކޭ ނުބުނާނަން ކަމަށާއި ކޮންމެވެސް ދުވަހަކުންކައިވެނި ކުރަން ޖެހޭނެ ކަމަށެވެ.
ވޭތިވެ ދިޔަ 12 އަހަރު ބޮލީވުޑްގައި ވިދަމުން އަންނަ ތަރި ބުނެފައިވަނީ އޭނާގެ ހަޔާތުގައި މިހާރު ދެރަވާ ކަހަލަ އެއްވެސް ކަމެއް ނެތް ކަމަށާއި އޭނާ ހުރީ ވަރަށް ވެސް ހިތްހަމަޖެހޭ އުފާވެރި ހިސާބެއްގައި ކަމަށެވެ.
ކަންގަނާ ވަނީ ބޮލީވުޑްގެ ބައެއް އެކްޓަރުންނާ ލޯބީގެ ގޮތުން ގުޅިފައެވެ.
އޭގެ ތެރޭގައި އަދިތިޔާ ޕަންޗޯލީ އާއި މިހާރު ބޮލީވުޑުން ގެއްލިފައިވާ އެކްޓަރު އަދިޔަޔަން ސުމަން އަދި އޭނާ އާއި އެކު " ކައިޓް އަދި "ކްރިޝް3" ފެނިގެންދިޔަ ރިތިކް ރޯޝަން ހިމެނެ އެވެ.
އެހެން ސެލެބްރިޓީން ނާއި ޚިލާފަށް ކަންގަނާ އަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގައި ދިމާވާ ކަންކަން މެސް ހިއްސާ ކުރަމުންދާ ތަރިއެކެވެ.
ދާދިފަހުން ކަންގަނާ ވަނީ އުފަން އަވަށް މަނާލީގައި 30 ކްރޯޑް ރުޕީސްގެ އަގުބޮޑު އަދި އެހާމެ ރީތި ގެއެއް ގަނެފައެވެ.
ކަންގަނާ އެންމެ ފަހުން ފެނިފައިވަނީ "ސިމްރަން އިންނެވެ. ދެން އޭނާ ފެނިގެން ދާނީ " ދަ ކްއީން އޮފް ޖާންސީ" އަދި މެންޓަލް ހޭ ކިޔާ" އިންނެވެ.