ކ. މާލެ
|
4 ޖުލައި 2018 | ބުދަ 12:10
ކަރްތިކް އާރްޔަން އާއި ކްރިތީ ސެނޯން
ކަރްތިކް އާރްޔަން އާއި ކްރިތީ ސެނޯން
ގޫގުލް
ބޮލީވުޑް
ލުކާ ޗުއްޕީ އަށް ކަރްތިކް އާއި ކްރިތީ
 
ދެ ތަރިން ވެސް ވަނީ ފިލްމަށް މިހާރު ސޮއިކޮށްފައި
 
ކަރްތިކް ފެނިގެން ދާނީ މަރާޓީ އަށް ނިސްބަތްވާ ނޫސްވެރިއެއްގެ ރޯލުން

އަންނަ އޯގަސްޓް މަހު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ "ލުކާ ޗުއްޕީ" ލީޑް ރޯލަށް ކަރްތިކް އާރްޔަން އާއި ކްރިތީ ސެނަން ހަމަޖައްސައިފިއެވެ.

ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކުރާ މި ފިލްމުގައި، 100 ކްްރޯޑްސް ކުލަބަށް ވަދެފައިވާ ފިލްމް "ސޯނޫކެ ޓީޓޫ ކި ސްވިޓީ" އިން ފެނިގެން ފިޔަ ކަރްތިކް އަދާކުރާނީ މަރާޓީ އަށް ނިސްބަތްވާ ނޫސްވެރިއެއްގެ ރޯލެވެ.

މި ފިލްމްގައި ކްރިތީ އާއި ކަރްތިކް ދިމާވަނީ ނިއު ދިއްލީގައި ކިޔަވަން އުޅުމަށް ފަހު އުފަން ސިޓީއަށް ގޮސްގެން އުޅުމުގެ ތެރޭގައެވެ. ދެތަރިން ވެސް ފިލްމަށް މިހާރު ސޮއިކޮށްފައިވާ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

 އަންނަ އަހަރުގެ މާޗް މަހު މި ފިލްމު ރިލީޒްކުރާނެކަން އިއުލާންކޮށްފައިވީ ނަމަވެސް ފިލްމު ރިލީޒްކުރާ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިދުވަސްވަރު ކްރިތީ ތައްޔާރު ވަމުން އަންނަނީ ނޮވެމްބަރު މަހު ރިލީޒްކުރާ އާޝުތޯޝް ގޮވަރިކާގެ ފިލްމް "ޕަނިޕަޓް" އަށެވެ.

މީގެ އިތުރުން ދަރްމާ ޕްރޮޑަކްޝަން އިން އުފައްދާ ފިލްމް "ކަލަންކް" އިން ވެސް ކްރިޓީ ފެނިގެން ދާނެއެވެ.

ކްރިތީ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2017 ވަނަ އަހަރު ރިލީޒް ކުރި "ބަރޭލީކީ ބަރްފީ" އިންނެވެ.

ކަރްތިކްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ޕިޔާރު ކާ ޕަންޗްނާމާ 3" ހިމެނެއެވެ. އަދި އަމީތާބާ އެކު "އާންކޭ 2" އިން ވެސް ފެނިގެން ދާނެއެވެ. މީގެ އިތުރުން ސަންޖޭ ލީލާ ބަންސާލީ އުފައްދާ ލޯބީގެ ފިލްމަކާ ބެހޭ ގޮތުން ވެސް އޭނާއާ ވާހަކަ ދެކެވެމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް