ބޮލީވުޑް އަދި ހޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އޭނާގެ ލޯބިވެރިޔާ ކަމަށް ވާހަކަ ދެކެވޭ އެމެރިކާގެ ލަވަކިއުންތެރިޔާ ނިކް ޖޯނަސް ބްރެޒިލްގައި ޕާރފޯމް ކުރަމުންދިޔައިރު އެސްފިޔަ ޖަހާނުލާ އޭނާއަށް ބަލައިފިއެވެ.
އިންޑިއާ ދަތުރަށް ފަހު މި ދެތަރިން ބްރެޒިލްގައި މިހާރު ދުވަސްތައް ހޭދަކުރަމުންދާއިރު ނިކް ވަނީ މިހާރު ކުރިއަށްދާ "ވިލާ މިކްސް" ފެސްޓިވަލްގައި ފާރފޯމް ކޮށްފައެވެ.
އަދި ޕްރިޔަންކާ ވަނީ އޭނާ ގެ އިންސްޓަގްރާމްގައި ނިކް ޖޯނަސް ފާރޕޯމް ކުރަމުންދަނިކޮށް ނަގާފައިވާ ކުޑަ ވީޑިއޯއެއް ޝެއާ ކޮށްފައެވެ.
އެ ވީޑިއޯގެ ކެޕްޝަންގައި ހާޓް އައި އިމޯޖީ އަކާއި އެކު ވަނީ " ހިމް" މިހެން ލިޔެފައެވެ
ޕްރިޔަންކާ އާއި ނިކް ވަނީ ޕްރިޔަންކާގެ އުފަން ގައުމު އިންޑިއާގައި ހަފްތާއެއްހާ ދުވަސް ހޭދަ ކޮށްފައެވެ.
މިދަތުރުގައި ޕްރިޔަންކާ ވަނީ ނިކްއަށް އޭނާގެ އާއިލާ އާއި ރައްޓެހިންގެ އިތުރުން މަންމަ މަދޫ ޗޯޕްޅާ ތަޢާރަފް ކޮށްދީފައެވެ.
އަދި މި ޖޯޑު ވަނީ ޕްރިޔަންކާގެ އަންހެން ކަޒިން ކޮއްކޮ އަދި ފިލްމީ ތަރި ޕަރިނީތީ ޗޯޕްރާ އާއި ފިރިހެން ކޮށްކޮ ސިދާތް އާއި އެކު ގޯއާ އަށް ޗުއްޓީ ހޭދަކުރުމަށް ގޮސްފައެވެ.
މި ޖޯޑު ގޯއާ ގައި ހޭދަކުރި ދުވަސް ތަކުގައި ވަނީ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަގްރާމްގައި ޝޭއާ ކޮށްފައެވެ.
ނަމަވެސް އެންމެންގެ ސަމާލުކަން ލިބިގެންދިޔައީ ނިކްގެ އޭނާގެ އިންސްޓަގްރާމްގައި ޝެއާ ކުރި ޕްރިޔަންކާގެ ކުރު ވީޑިއޯ އަށާއި " ފޭވަރިޓް މެން" ޖެހުމަށް ފަހު ޕްރިޔަންކާ ޝެއާ ކޮށްފައިވާ ނިކްގެ ފޮޓޯ އަށެވެ. ނިކް ޝެއަރ ކޮށްފައިވާ ވީޑިއޯގައި ފެނިގެންދަނީ ޕްރިޔަންކާ ވަރަށް ބޮޑަށް ހެވިފައި ހުރެ ނިކް އާއި ދިމާލަށް ހިނގާފައި އަންނަ މަންޒަރެވެ. މި ވީޑިއޯގެ ކެޕްޝަންގައި ލިޔެފައިވަނީ ހާޓް އައި އިމޯޖީ އަކާއި އެކު " ހާ" މިހެންނެވެ.
މީގެ ކުރިން މިދެމީހުން އެކަކު އަނެކަނުގެ ފޯޓޯތަކަށް ކޮމެންޓް ކޮށް ހެދި ނަމަވެސް ފުރަތަމަ ފަހަށް އެކަކު އަނެކަނުގެ ފޮޓޯ އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައިވަނީ އިންޑިއާ ދަތުރުގައެވެ.
ޚަބަރުތައް ބުނާ ގޮތުން މި ދެތަރިން އަންނަ ޖުލައި ނުވަތަ އޮގަސްޓް މަހު އެންގޭޖް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އުމުރުން 35 އަހަރުގެ ޕްރިޔަންކާ އާއި 25 އަހަރުގެ ނިކް އެންމެ ފުރަތަމަ އެއްކޮށް ފެނިފައިވަނީ 2017 ވަނަ އަހަރުގެ މެޓް ގާލާއިން ނެވެ.
އަދި 2017 ވަނަ އަހަރުގެ މެޓް ގާލާއަށް އެކުގައި ދިޔަ ސަބަބަކީ ދެ މީހުންގެ ކޮސްޓިއުމް ޑިޒައިން ކުރީ އެކަކު ކަމަށްވުން ކަމަށް އެމީހުން އޭރު ބުނެފައިވެއެވެ.