ކ. މާލެ
|
29 ޖޫން 2018 | ހުކުރު 15:15
ޖޫލިއާ ރޮބަޓްސް
ޖޫލިއާ ރޮބަޓްސް
ގޫގުލް
ހޮލީވުޑް
އެންމެ ފަހުން ޖޫލިއާ ރޮބަޓްސް ވެސް ސޯޝަލް މީޑިއާގައި އެކްޓިވް ވެއްޖެ
އޭނާ ވަނީ އިންސްޓަގްރާމް ބޭނުން ކުރަން ފަށާފައި
ފޮޓޯގައި އޭނާ ފެންނަނީ ގަހެއްގެ ކައިރީގައި އިށީނދެ އިންދާ

ހޮލީވުޑްގެ މަޝްހޫރު ތަރި ޖޫލިއާ ރޮބާޓްސް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ޖޫލިއާ ރޮބާޓްސް 2013 ވަނަ އަހަރު ދީފައިވާ އިންޓަވިއުއެއްގައި ސޯޝަލް މީޑިއާ ބޭނުން ކުރުމަކީ ދެވިހިފާ ކަމެއް ކަމުގައި ބުނެފައިވީ ނަމަވެސް އޭނާ މިވަނީ އިންސްޓަގްރާމް ބޭނުން ކުރަން ފަށާފައެވެ.

އުމުރުން 50 އަހަރުގެ ތަރި ފުރަތަމަ ފަހަރަށް އިންސްޓަގްރާމްގައި ޝެއާކޮށްފައިވާ ފޮޓޯގައި އޭނާ ފެންނަނީ ގަހެއްގެ ކައިރީގައި "ލަވް" ޖަހާފައި އިން ސްވެޓާއެއް ލައިގެން އިށީންދެ ލައިގެން އިންނަ މަންޒަރެވެ. އެ ފޮޓޯގެ ކެޕްޝަންގައި އިމޯޖީއަކާ އެކު "ހެލޯ" މިހެން ލިޔެފައި ވެއެވެ.

އޮސްކާ އެވޯޑް ވެސް ހާސިލްކޮށްފައިވާ މި ތަރީގެ 226،000 ފޮލޯވާސް ތިބި އިރު އޭނާ އަދި އެއްވެސް މީހަކު ފޮލޯކޮށްފައެއް ނުވެއެވެ.

 

- ކޮމެންޓް