ކ. މާލެ
|
1 ޖޫން 2018 | ހުކުރު 13:29
ރައީސުލްޖުމްހޫރިއްޔާގެ އޮފިސް
ރައީސުލްޖުމްހޫރިއްޔާގެ އޮފިސް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ދައުލަތޭ ކިޔައިގެން މިއުޅޭ ބައިގަނޑާއެކު އިންތިހާބަކަށް ދާން ހެޔޮނުވާނެ އެވެ!
 
ކޯޓުތަކުގައި ސަރުކާރު ނުފޫޒު އިންތިހާއަށް
 
ރައްޔިތުންގެ މަޖިލީސް ސިފައިން ހިސޯރުކޮށްފައި
 
އިލެކްޝަންސް ކޮމިޝަން ސައުކާރުގެ ނުފޫޒުގައި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ތައްޔާރު ކަމަށާއި ރިޔާސީ އިންތިހާބު ބޭއްވޭނެ މާހައުލެއް އެބައޮތްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް މި އިލެކްޝަންސް ކޮމިޝަނާއެކު އިންތިހާބަކަށް ކުރިއަށްދާން ހެޔޮނުވާނެ އެވެ.

ސަބަބަކީ އިލެކްޝަންސް ކޮމިޝަނުގެ އިހުލާސްތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް އެކޮމިޝަނުގައި ހަމަ ނޭތީއެވެ. މިހާރު ވެރިކަން ކުރަމުންދާ ސަރުކާރުގެ ނުފޫޒު އިލެކްޝަންސް ކޮމިޝަނުގައި އޮތީ އިންތިހާއަށެވެ.  އިލެކްޝަންސް ކޮމިޝަނުގެ ހާލަތު އެގޮތަށް އޮތްއިރު، ރައްޔިތުންގެ މަޖިލިސް ވަނީ ސިފައިން "ހިސޯރު" ކޮށްފަ އެވެ. ޝަރުއީ ކޯޓުތަކުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ އެވެ. އަދުލްއިންސާފު ކަންފުޅެއްވެސް ނެތެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަން އިސްލާހު ކުރުމަކީ މިވަގުތަށް ކުރެވޭނެ ކަމެއް ނޫނެވެ.

އަދުލްއިންސާފުގެ ނިޒާމަކީ ދައުލަތުގެ އެއްބާރެވެ. ޝަރުއީ ނިޒާރުގެ ދަށުން އަދުލްއިންސާފު ގާއިމު ކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓެވެ. އަދި އެކޯޓުގެ އުއްތަމަ ފަނޑިޔާރުގެ އެންމެ އިސް ޒިންމާއެވެ. އެކަމަކު އުއްތަމަ ފަނޑިޔާރު ކޮބައިތޯ އެވެ. އުއްތަމަ ފަނޑިޔަރު އޮންނެވީ ޖަލުގަ އެވެ.

ސަރުކާރު ރުއްސައިގެން ކުރިންވެސް އުޅުއްވި ގޮތަށް، އެގޮތުގައި ދެމިތިބިނަމަ އެކަކުވެސް ޖަލަކަށް ނުލީސްތާއެވެ.  

މިސަރުކާރު ވެރިކަމަށް އައީވެސް 2013 ވަނަ އަހަރު ބޭއްވި އިންތިހާބު ގަޑުބަޑުކޮށް، އިންތިހާބުގެ ފުރަތަމަ ބުރު ބާތިލް ކުރުމަށްފަހުގަ އެވެ. އަދި ހުދު ރައީސް ޔާމީންވެސް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި ސުޕްރީމް ކޯޓުން އެހީތެރިކަން ލިބިފައިވާ ކަމަށެވެ. ރައީސް ޔާމީންގެ އެ ވާހަކަތަކަށް ބާރުލިބޭ ބަޔާނެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ. އެއީ އެންމެ ނަޒާހަތްތެރިކަން ހުންނަންޖެހޭ ކޮމިޝަނުގެ ރައީސްގެ ބަޔާނެކެވެ. އާދެ، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް ހަސަން ލުތުފީގެ އެ ބަޔާނުގައި ރާއްޖޭގެ އެންމެ ނުފޫޒު ގަދަ އެއް ފަނޑިޔާރު ކަމަށްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވިދާޅުވި ކަމަށްބުނާ ވާހަކައެއް ވެއެވެ. "މިއީ އަހަރެމެން ގެނައި ސަރުކާރެކޭ" ސުޕްރީމް ކޯޓުގެ ފަނޑިޔަރު އަލީ ހަމީދު ވިދާޅުވާކަމަށް އެންޓި ކޮރަޕްޝަންސް ކޮމިޝަނުގެ ރައީސް ލުތުފީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެކިއެކި މައްސަލަތަކުގައި ރައީސް ވިދާޅުވެގެން ކަމަށްބުނެ ސިޔާސީ އެކިއެކި ބޭފުޅުން ވިދާޅުވެގެން ވަކިގޮތަކަށް ޝަރީއަތުން ހުކުމްތަކާއި އަމުރުތައް ނެރެމުންދާކަންވެސް ދައުލަތުގެ ބޮޑު ސިއްރުގެ ގޮތުގައި ވަނީ ފަޅާއަރާފަ އެވެ.

ޝަރުއީ ކޯޓުތަކާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ހާލަތު އެގޮތަށް އޮތްއިރު، ސަރުކާރުގެ ނުފޫޒުން އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން މިވަނީ ޖަލަށްލާފަ އެވެ. ރިޔާސީ އިންތިހާބު މިވަނީ ބޯމަތިވެފަ އެވެ. އިލެކްޝަންސް ކޮމިޝަނަށް، އާއްމު އިންތިހާބުތައް ބާއްވާ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއަކީ އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ މަސައްކަތް ކަމަށް ހީވާ ހިސާބަށް ކަންކަން ގޮއްސި އެވެ. ރިޔާސީ އިންތިހާބަށް ކުރިމަތި ލުމަށް އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާން ވެސް ނުކުރެ އެވެ. އަދި ރިޔާސީ ކެންޑިޑޭޓެއްގެ ކެންޑިޑެސީގެ ސައްހަކަން ކަނޑައަޅާނީ އޮންނަ އިޖުރާއަތުގެ ދަށުން ނެވެ. ފުރަތަމަ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާށެވެ. އެ ފުރުސަތުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލި ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ބަލާށެވެ. އަދި ދެން ކެންޑިޑޭޓެއްގެ ޝަރުތު ފުރިހަމަ ނުވާނަމަ، ނުވާކަން އެ ފަރާތަކަށް އަންގާލީމައި ހުންނާނީ ރަނގަޅަށެވެ. ދެން އެފަރާތަކުން އެފަރާތުގެ ހައްގު ހޯދަން މަސައްކަތްކުރުމާއި ނުކުރުމަކީ އެފަރާތަކުގެ ކަމެކެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޝަރުތާ މެދު ހިލާފެއް އުފެދިއްޖެނަމަ ސުޕްރީމް ކޯޓަށް ހުށަހަޅައި ގޮތެއް ނިންމި ދާނެއެވެ. އަދި ސުޕްރީމް ކޯޓު ސަރުކާރުގެ ނުފޫޒުގެ ދަށުގައި އޮތުމަކީ އިލެކްޝަންސް ކޮމިޝަނަށްވެސް ލިބިގެންދާނެ ހިތްވަރެއް ނޫންތޯ އެވެ. އަދި ކޮންމެހެން އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީއަށް ބޯކޮށްޕާރަލާކަށް ނުވޭނޫންތޯއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ހުއްޓުވުމަށް މަސައްކަތް ކުރުމުން ވާގޮތް މި ފަހަރު ބޭއްވި ޕްރައިމަރީން ފެނިއްޖެ ނޫންތޯއެވެ. ރައްޔިތުން ނިކުމެ ބޯކޮށް، ވޯޓު އެޅީ އުފަލާއި މަޖާކޮށް، އަދި ތިޔަ ކޮމިޝަނަށްވެސް ގޮންޖައްސަވާފަ ނޫންތޯއެވެ. ތިޔަވަރަށް ތިޔަތެޅެން ޖެހޭ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނެއެވެ. ހަމަ އެހާ ޕްރެޝަރ ބޮޑީ ތޯއެވެ. ތިޔަވަރުން ދަންޏާ ސަރުކާރާއި ތިޔަ ކޮމިޝަނުގެ ހުޅުނބުދާކަށް ދެން މާގިނަ ދުވަހެއް ނުވާނެ އެވެ.

ދައުލަތް ތަމްސީލް ކުރައްވާ ފަރާތްތަކުން ކޯޓުތަކާއި އެކިއެކި ޕޯޑިއަމްތަކުގައި ދައުލަތޭ ކިޔައިން ވާހަކަ ދައްކަވާއިރު، ދެކޮޅު ނުޖެހޭ ވާހަކަތަކާއި ކަންކަން ފެންނަމުންދާލެއް ގިނަ އެވެ. އެގޮތުން ދައުލަތް ތަމްސީލް ކުރާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ވަކީލުން ކޯޓުތަކުގައި ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު ކޯޓު އަމުރަކީ ރަނގަޅު އަމުރެއްކަމަށް ބުނާއިރު، އެ އަމުރު ތަންފީޒު ކުރުމަށް މައްސައްކަތް ކުރެއްވި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފްގެ މައްޗަށް ގާނޫނާ ހިލާފަށް ސަރުކަރު ވައްޓާލަން އުޅުނުކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާ އުފުލާ، ޓެރެރިސްޓެއްގެ ތުހުމަތު ކުރުމަކީ ބޮޑު ވަރެއް ނޫންތޯއެވެ. ދައުވާ ސާބިތު ކުރުމަށް ހުށަހަޅާ ހެކި، ގަރީނާ ސިއްރު ކުރުމުގައި ދައުލަތުގެ ނަމުގައި ވަކާލާތު ކުރައްވާ ފަރާތްތަކުން ބޮޑެތި އޮޅުވާލުންތައް އޮޅުވާލަމުން ދާކަން ކޯޓުތަކުގައި ހިންގާ ޝަރީއަތްތަކުން ދަނީ ފަޅާ އަރަމުންނެވެ.

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމަށްބުނާ މައްސަލައިގައި ހިމެނޭ އެންމެ އަސާސީ ދެ ހެކި ވެސް ދައުލަތުން ސިއްރުކޮށްފައިވާކަމަށް ޝަރީއަތުގައި ބުނާއިރު، އެއީ ޝަރީއަތަށް ހުށަހަޅާފައިވާ ހެކިތަކެއް ނޫންކަށް ވަނީ ފަޅާއަރާފަ އެވެ. މިމައްސަލާގައި ރާއްޖެއިން ހޯދި އެންމެ ބޮޑު އެއް ހެއްކަކީ "ކަޅު ފޮށި" އެވެ. ނަމަވެސް އެ ފޮށި ފެނުނުކަމަށްބުނާ ނަޖުމާ އިބްރާހީމްގެ ގެއިން އެ ފޮށި ހޯދާ، ތަހުގީގު ހިންގުމަށްފަހު، ތައްޔާރުކުރި ރިޕޯޓް ދައުލަތުން ސިއްރު ކޮށްފައިވާއިރު، އެ ރިޕޯޓް ނަޖުމާގެ މައްޗަށްކުރި ދައުވާއާއެކު ޝަރީއަތަށް ހުށަހަޅަފައެއް ނުވެއެވެ.  

އަނެއް ހެއްކަކީ ރާއްޖެއިން ބޭރުގައި ހިންގާފައިވާ މުއާމަލާތެއް ކަމަށް ބުނާ މުއާމަލާތެކެވެ. މިމައްސަލައިގައި ދައުވާކުރާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މެލޭޝިއާއިން އެޕާޓްމަންޓްތަކެއް ގަންނަށް މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ކުންފުނި ކަމަށްވާ ވިލާ ކުންފުނިން ފައިސާ ދައްކާފައިވާ ކަމަށް ދައުލަތުން ބުނާއިރު، މިމައްސަލަ ކޯޓަށް ހުށަހެޅި، އިބްތިދާއީ އަޑުއެހުންތައް ކުރިއަށްދާއިރު، މިހާތަނަށް ވިލާއިން ފައިސާ ދެއްކި ކަމަށްބުނާ އެއްވެސް ހެއްކެއް ދައުލަތަށް ހޯދިފައެއް ނުވެއެވެ.

ދައުލަތުން ސަރުކާރެއް ހިމާޔަތްކުރަން މިވަރުގެ ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާއިރު، އިންތިހާބެއްގެ ކަންކަން އޮޅުވާލާނެ ވަރު ދެން ވިސްނަވާ ލައްވަވާށެވެ. އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލައި، ކެމްޕެއިން ކުރުމުގެ ފުރުސަތުވެސް ނުލިބޭގޮތަށް، އިދިކޮޅު ޕާޓީތަކުން އެ ޕާޓީތަކުގެ އެތެރެއިން ނިންމާ ނިންމުތަކާއި ބެހިހަދަމުންދާއިރު، ރިޔާސީ އިންތިހާބު ސަރުކާރަށް ކާމިޔާބުވާނެ ހުރިހާ ކަމެއް ދައުލަތޭ ކިޔައިގެން މިއުޅޭ ބައިގަނޑު ކުރާނެ އެވެ. ރައްޔިތުންގެ ހައްގުގައި މަސައްކަތް ނުކުރާ، އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ނުދީ ދައުލަތޭ ކިޔައިންގެ މާ އަނގަ ފުޅާކޮށް ވާހަކަ ދެއްކިޔަސް ރައްޔިތުންނަށް ވާނުވާ އެނގެ އެވެ. ރައީސުލްޖުމްހޫރުއްޔާ ވިދާޅުވާހާ ގޮތަކަށް ކަންކަން ކޮށްދިން ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިންނަށް ދިމާވެފައިވާ ހިތްދަތި ކަންކަމުން އިބްރަތް ހާސިލް ކުރާށެވެ. އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރު ކަމަށްވާ ސުޕްރީމް ކޯޓާއި އުއްތަފަނޑިޔާރާއި އެކޯޓުގެ ފަނޑިޔާރުންގެ ހާލަތާމެދު ވިސްނަވާ ލައްވާށެވެ. އަދި އެންމެގާތުން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އެވެ. އެއާ ޖެހިގެން ކްރިމިނަލް ކޯޓުގެ އިސްގާޒީންގެ ލިސްޓަށް ބައްލަވާލައްވާށެވެ. އަދި ކުރީގެ ނައިބު ރައީސުންނާއި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ހާލަތާމެދު ވިސްނާލާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
23%
0%
77%
ކޮމެންޓް
1 ޖޫން 2018 | ހުކުރު 20:13
ހ މ ޒ
އެމްޑީޕީ ޕްރޮމޯޓްކުރާ ފޮޓޯއެއް މި ލަނީ ކީއްވެބާ؟
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި