ކ. މާލެ
|
27 މެއި 2018 | އާދީއްތަ 21:23
މާކުރަތުގެ އެމްޑީޕީގެ މެމްބަރުންތަކެއް ނަޝީދުގެ ކެމްޕެއިން ފޮޓޯ ހިފައިގެން
މާކުރަތުގެ އެމްޑީޕީގެ މެމްބަރުންތަކެއް ނަޝީދުގެ ކެމްޕެއިން ފޮޓޯ ހިފައިގެން
މުހައްމަދު ޝަރުހާން
ރައިީސް ނަޝީދު 2018
ނަޝީދުގެ ކެމްޕެއިނާ އެކު މެމްބަރުނަށް ކުރެވޭ އުފާވެރިކަމުގެ އިހްސާސާއި އުއްމީދުތައް
 
ނަޝީދުގެ ފަރާތުން ކެމްޕެއިން ޓީމުތައް ދަނީ ރަށްރަށަށް ޒިޔާރަތްކުރަމުން
 
ދުރުގައި ހުންނެވި ނަމަވެސް ބައްދަލުކޮށްލެވޭތީ ރައްޔިތުން ތިބީ އުފަލުން
 
ނަޝީދު ގެންދަވަނީ ސްކައިޕް މެދުވެރިކޮށް އާންމުންނާ ބައްދަލުކުރައްވަމުން

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރެއްވި ރިޔާސީ އިންތިހާބުތަކުގައި އެމަނިކުފާނު އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ ރައްޔިތުންނާ ވީހާ ވެސް ގާތުން ކެމްޕެއިން ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ކަނޑުމަގުންނާއި ވައިގެ މަގުން ގަދަ ވިއްސާރަ އާއި ވައިގެ ތެރޭގައި އެމަނިކުފާނު ރައްޔިތުންގެ ގާތަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވައި، ކުރެއްވި ކެމްޕެއިންތަކުގެ ނަތީޖާއަކީ އެއް ލީޑަރަކަށް އެންމެ ތާއީދު ބޮޑު ލީޑަރަކީ ރައީސް ނަޝީދު ކަމަށް ވުމެވެ. ނަމަވެސް އެމަނިކުފާނު މި އަހަރު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ނިންމެވިއިރު ހުންނެވީ މާދުރުގައެވެ.

މީގެ ކުރިން ސީދާ އެމަނިކުފާނު ރައްޔިތުންގެ ގާތަށް ވަޑައިގެން ބައްދަލުކުރައްވައި އެމީހުންގެ ހިޔާލާއި މަޝްވަރާ އަޑުއައްސަވައި، ކުރެއްވި ކެމްޕެއިން މި ފަަހަރު ކުރެއްވިދާނެތޯ ބައެއް މީހުން ސުވާލު އުފެއްދިއެވެ. ބައެއް މީހުން ގަބޫލުކޮށްގެން ތިބީ މި ފަހަރު ރައީސް ނަޝީދާ އެމިހުންނާ އެއްގޮތަކަށް ވެސް ބައްދަލު ނުވާނެ ކަމަށެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އެމަނިކުފާނުގެ އާދަޔާ ހިލާފު ކެމްޕެއިނުން އެމްޑީޕީގެ އާންމު މެމްބަރުނަށް ޖޯޝާއި ފޯރި ގެނުވައިފިއެވެ. ލަންކާގައި ހުންނެވި ރައީސް ނަޝީދު އެމީހުންނާ ވާހަކަ ދައްކަވައި އެމީހުންގެ އިހްސާސްތައް ދެނެގެންފިއެވެ. ރާއްޖޭގެ އެތައް ރަށެއްގައި ތިބި އާންމު އެމްޑީޕީގެ މެމްބަރުންނާ ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވައިފިއެވެ. އެމީހުންގެ މަންޒަރުތައް ބަލަމުން އެމީހުންނާ ސީދާ މުހާތަބުކޮށް ރައީސް ނަޝީދު ވާހަކަ ދައްކަވަމުންދާއިރު އެމީހުންނަށް ކުރެވުނު އިހްސާސްތައް އެހާމެ އުފާވެރިއެވެ. ބައެއް މީހުން ތިބީ ގަބޫލު ވެސް ނުކުރެވިފައިއެވެ.

ސްކައިޕް މެދުވެރިކޮށް ނަޝީދު އެމްޑީޕީގެ އާންމު މެމްބަރުންނާ ވާހަކަ ދައްކަވަނީ 

ރ. އަތޮޅަށް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ކުރި ދަތުރުގައި އެމީހުންގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާ ގޮތާއި އާންމު މެމްބަރުންގެ ވާހަކަތައް ހުރި ގޮތް ގާތުން ބަލާލަން ފުރުސަތު ލިބުނެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ގިނަ ރަށްތައް ހިމެނޭ އަދި ތިން ވަނައަށް އެންމެ އާބާދީ ބޮޑު، ރ. އަތޮޅުގެ ހުރިހާ ރަށެއްގައި ރައީސް ނަޝީދު ވަނީ ސްކައިޕް މެދުވެރިކޮށް އާންމު މެމްބަރުންނާ ވާހަކަ ދައްކަވާފައެވެ. އަދި އާންމު މެމްބަރުން ވަނީ އެމީހުންގެ ހިތުގެ ޝުރޫއުތައް އެމަނިކުފާނުގެ ކުރިމަތީގައި ބަންޑުން ކޮށްލާފައެވެ. އޭގެ ތެރެއިން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

ރ. އިންނަމާދޫ، ނަފީސާ އަލީއަށް ރައީސް ނަޝީދާ ބައްދަލުވީ އެންމެ ފަހުން އޭނާގެ ރަށުން 2013 ވަނަ އަހަރުއެވެ. މިދިޔަ ހަފްތާގައި ރައީސް ނަޝީދުގެ ކެމްޕެއިން ޓީމެއް އެރަށަށް ދިއުމުން އޭނާ އެމީހުން ގާތަށް ދިޔައީ އެމްޑީޕީ ބަޔަކު އައުމުންނެވެ. ފަހަރެއްގައި ވެސް އޭނާ އެންމެ ލޯބިވާ ސިޔާސީ ލީޑަރު، ރައީސް ނަޝީދާ ބައްދަލުވާނެ ކަމަށް ކުޑަކޮން ވެސް ހީވެފައެއް ނެތެވެ. ސްކައިޕް މެދުވެރިކޮށް ރައީސް ނަޝީދު ވާހަކަ ދެއްކެވުމަށް ހަމަޖައްސާފައިވާ ކުޑަ ހޯލަކަށް އެރަށު އެމަނިކުފާނުގެ ސަޕޯޓަރުން ވަން އިރު ވެސް މާ ބޮޑު ޝައުގުވެރިކަމެއް އޭނާގެ ނެތެވެ. އެއަށް ވުރެ ބޮޑަށް އުޅުނީ މެހްމާނުންނަށް ކަމެއް ބޭނުންވާ ނަމަ އެކަމެއް ކޮށްދެވޭތޯއެވެ. އެރަށުގެ އެމްޑީޕީ މެމްބަރުންނާ ސްކައިޕް މެދުވެރިކޮށް ރައީސް ނަޝީދު ވާހަކަ ދައްކަވަމުންދިޔައި ނަފީސާ އައިސް އިށީނނީ ރައީސް ނަޝީދު ވާހަކަ ދައްކަވާ މަންޒަރު އަޅުވާފައި ހުރި ކުޑަ ޓީވީ ކުރިމަތީގައެވެ. އެއްވެސް ހާލެއްގައި ވާހަކަ ދައްކާލަން ފުރުސަތެއް ލިބޭނެ ކަމުގެ އެއްވެސް އުންމީދެއްގައެއް ނޫނެވެ. ނަޝީދު ވާހަކަ ދައްކަވާ ނިމިގެން އިރިކޮޅަކުން އެއްވެސް މީހެއްގެ ސުވާލެއް އޮތްތޯ އެއްސެވުމާ އެކު ނަފީސާ އަށް އިނދެވުނީ ބަލަހައްޓައިގެންނެވެ. ވާހަކަ ދައްކާށޭ ބުނުމުން އޭނާގެ ހިތުގެ ޝުއޫރުތައް ބަންޑުކޮށްލިއެވެ. އަދި ރައީސް ނަޝީދަށް ހެޔޮދުއާ ސަލާމް ފޮނުވައި ކުރެވޭ އުފާވެރިކަމުގެ އިހްސާސްތައް ހިއްސާކުރީ އުފަލުން ރޮވޭވަރުވެފައި ހުރެއެވެ. އެއީ އޭނާއަށް ލިބުނު ކުއްލި އުފާވެރިކަމުގެ އިހްސާސެކެވެ.  

ކޮންމެ ރަށެއްގައި ވެސް މި އިހްސާސްތައް ކުރެވުނު މީހުން ތިއްބެވެ. ރ. އިނގުރައިދޫގައި ސްކައިޕް މެދުވެރިކޮށް އެމްޑީޕީގެ އާންމު މެމްބަރުންނާ ރައީސް ނަޝީދު ވާހަކަ ދައްކަވައި ނިންމާލުމުން އުމުރުން ދުވަސްވީ ބައެއް މީހުނަށްވީ ހަމަ އެފަދަ އިހްސާސްތަކެވެ. ރާއްޖެއިން ބޭރުގައި ހުންނަވައިގެން ކެމްޕެއިން ކުރެއްވި ނަމަވެސް ސީދާ އެމީހުންނާ ވާހަކަ ދައްކަވަފާނެ ކަމަށް ގަބޫލެއް ނުކުރެވުނެވެ. އެކަން ބައެއް މީހުންގެ ވާހަކަތަކުން އެނގުނެވެ.

ރައީސް ނަޝީދު ލަންކާގައި ހުންނަވައިގެން ސްކައިޕް މެދުވެރިކޮށް ރަށްތަކުގައި ތިބި މެމްބަރުންނާ ވާހަަކަ ދައްކަވަނީ 

ހީވާގިކަމާއި ވަރުބަލިކަމެއް ނެތި ނަޝީދު ކުރައްވާ ކެމްޕެއިނާ އެކު މާޔޫސްކަމާ އެކު ތިބި އެމްޑީޕީގެ އާންމު މެމްބަރުނަށް ހިތްވަރެއް ލިބިގެން ހިނގައްޖެއެވެ. ނަޝީދަށް ކުރިމަތިލެއްވޭނެ ތޯ ސީދާ އެމީހުން ސުވާލުކޮށްފިއެވެ. ލައިވްކޮން ކޮންމެ ދުވަހަކު އެތައް ރަށެއްގެ އާންމު މެމްބަރުންނާ ނަޝީދު ވާހަކަ ދައްކަވާއިރު އެމަނިކުފާނު ގެންދަވަނީ ކޮންމެ ރަށެއްގެ ރައްޔިތުންނާ މުހާތަބުކުރައްވައި ގާތްގަނޑަކަށް 15 ވަރަކަށް މިނިޓުގެ ވަގުތުކޮޅަކު ވާހަކަ ދައްކަވައެވެ. އަދި ވާހަކަ ދައްކަވައި ނިންމަވާލެއްވުމަށް ފަހު އެއްވެސް ހިޔާލެއް މަޝްވަރާއެއް ސުވާލެއް އޮތްތޯ އައްސަވައެވެ. އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލަވާލާނެ ގޮތެއް އެމަނިކުފާނު އާންމު މެމްބަރުންނާ ހިއްސާކުރައްވައެވެ.

ދުވާފަރުގައި ނަޝީދަށް ތާއިދުކުރައްވާ މެމްބަރުން ނަޝީދުގެ ޕޯސްޓަރު ހިފައިގެން 

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިޔާސީ މައިދާނުގައި ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދެއްވި އެންމެ ބޮޑު ސަބަބަކީ އެމަނިކުފާނު ރައްޔިތުންނާ ބާއްވާ ގާތްގުޅުމެވެ. ވީހާ ވެސް ރައްޔިތުންނާ ކައިރިއަށް ވަޑައިގެން އެމީހުންގެ ވާހަކަތައް ގާތުން އަޑުއެހުމަކީ ނަޝީދުގެ ކިބައިން ފެންނަ މީހުން ގަޔާވާ ސިފައެކެވެ. އެމަނިކުފާނުގެ ކިބައިން 2008 ވަނަ އަހަރު ވެސް އަދި 2013 ވަނަ އަހަރު ވެސް މި ސިފަ ފެނިގެން ގޮސްފައިވެއެވެ. އަނެއްކާ ވެސް މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ކުރިމަތިލެއްވުމަށް މަސައްކަތް ކުރައްވާއިރު ހާލަތު ވަރަށް ބޮޑަށް ވަނީ ބަދަލުވެފައެވެ. ނަމަވެސް އެމަނިކުފާނު މިހާރު ވެސް ވަނީ ރައީސް ޔާމިން ވެރިކަމަށް ވަޑައިގެން ފަހުން އަރާވަޑައިނުގަންނަވާ ކިތަންމެ ރަށެއްގެ މެމްބަރުންނާ ވާހަކަ ދައްކަވާފައެވެ.

ރ. ރަސްގަތީމަކީ ވެސް އެފަދަ ރަށެކެވެ. އެރަށުގެ އެމްޑީޕީ މެމްބަރުން ޕީޕީއެމްގެ މެމްބަރުންނަށް ރައްދުކޮށް މިހާރު ބުނާ ވާހަކައެއް އެބަ އޮތެވެ. އެއީ އެމީހުން ތާއީދުކުރާ ލީޑަރު މިހާރު ވެސް އެވަނީ ރާއްޖެ އިން ބޭރުގައި ހުންނަވައި ނަމަވެސް ސީދާ އެމީހުންނާ ބައްދަލުކޮށް ވޯޓަށް އެދިވަޑައިގެންނެވެ. އެހެން ނަމަވެސް މިހާތަނާ ޖެހެންދެން ވެސް ރައީސް ޔާމިން އެ ޕާޓީގެ މެމްބަރުން ކިބައިން ވޯޓަކަށް އެދިވަޑައެއް ނުގަންނަވައެވެ. ނަޝީދުގެ މި ކެމްޕެއިނާ އެކު އަނެއްކާ ވެސް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ އެމަނިކުފާނުގެ މަގުބޫލުކަން އިތުރުވެފައެވެ. އެމީހުން މިހާރު ތިބީ ނަޝީދު އެދިވަޑައިގެންނެވި ގޮތަށް ޕްރައިމަރީގައި ކޮންމެހެން ވެސް ވޯޓު ދޭށެވެ. އެއީ ނަޝީދުގެ ވަރުގަދަ ކެމްޕެއިންނާ އެކުއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
70%
0%
20%
0%
10%
ކޮމެންޓް
27 މެއި 2018 | އާދީއްތަ 19:07
އުފާވެރިކަމުގެ އިހްސާސް އުއްމީ
މާގިނަދުވަހެއްދެނެއްނެތް އެން.ޑީ.ޕީ އުވޭކަށް!؟
27 މެއި 2018 | އާދީއްތަ 19:01
ހ މ ޒ
ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދިނީ ރަނގަޅަށްތޯ އިލެކްޝަންސް ކޮމިޝަނުން ބެލުމަށް ފަހު އެކަން ކުރިއަށް ގޮސްފައި ވަނީ ރަނގަޅަށް ކަމަށް ނިންމާފައިވާ ކަމަށް އަދި ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭން ނިންމީ އެ ޕާޓީގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ (އ) އާއި އެއްގޮތައް ކަމަށް ޕީޕީއެމް އިން ބުނެއެވެ. އެ މާއްދާގައި ބުނެފައި ވަނީ، އެ ޕާޓީގެ ޓިކެޓުގައި ހޮވިވަޑައިގެން ހިނގަމުންދާ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ، ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ނަމަ ޕްރައިމަރީއަކާ ނުލައި އެ ބޭފުޅަކަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދެވިދާނެ ކަމަށެވެ.
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި