ކ. މާލެ
|
23 މެއި 2018 | ބުދަ 14:50
ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ
ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ
ރައީސް އޮފީސް
ޑރ. މަޖީދު
ޑރ.މަޖީދު: ގެއްލި ދިޔައީ އަގުހުރި އުސްތާޛެއް
 
އެމަނިކުފާނަކީ ކިޔަވާކުދިންގެ ލޯބި ލިބިވަޑައިގެންފައި ހުންނެވި އުސްތާޛެއް
 
އެމަނިކުފާނު އަވަހާރަވީ ސްރީލަންކާގައި އަންގާރަ ދުވަހުގެ ވަގުތެއްގައި

މަރުދުވަހާއި ހަމައަށް ތަޢުލީމީ ދާއިރާއަށް އަގުހުރި ޚިދުމަތް ކުރެއްވި ލޮބުވެތި އުސްތާޛް ޑރ އަބްދުލް މަޖީދު އަބްދުލްބާރީ އަވަހާރަވި ޚަބަރު އެހީ ވަރަށް ހިތްދަތިކަމާއި ފުންހިތާމައާއި އެކުގައެވެ.

އެމަނިކުފާނަށް ޖަންނަތުލް ފިރްދައުސްގެ މާތް ނިޢުމަތް މިންވަރު ކުރައްވާށި. އާމީން!

އަޅުގަނޑު، ބާރީ އުސްތާޛް އެންމެ ފުރަތަމަ ދަންނަން ފެށީ ސިޔާސީ ދާއިރާއިންނެވެ. އޭގެ ފަހުން މުދައްރިސެއްގެ ގޮތުގައެވެ. ދަ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ލޯ އެންޑް އިސްލާމިކް ސްޑަޑީޒްގެ ސީނިއާ ލެކްޗަރަރއެއްގެ މަޤާމު ގައި މަސައްކަތް ކުރެއްވި ބާރީ އުސްތާޛަކީ ހިތްތިރިކަމުގެ ނަމޫނާއެކެވެ. އެންމެ ފުރަތަމަ ދުވަހު ކުލާހަށް ވަޑައިގެން ކިޔަވައިދެއްވަން ފެއްޓެވެމުން ފާހަގަވީ އެކަމެވެ. ބާރީ އުސްތާޛްގެ މަޑުމައިތިރިކަމާއި ދަރިވަރުންނާއި މެދު ބަހައްޓަވާ ލޯތްބާއި އަޅާލުމަކީ ދުވަހަކު ވެސް ހިތުން ފިލައިގެން ނުދާނެކަންކަމެވެ.

އުސްތާޛް އަބަދުވެސް އިސްކަންދެއްވާ އެއް ކަމެއް އޮވެއެވެ. އެއީ ކޮންމެ ފިލާވަޅެއް ވެސް ނިމުމުން އެ ފިލާވަޅެއް ދަރިވަރުންނަށް ފުރިހަމައަށް އެނގުނުތޯ އަބަދުވެސް އެއްސެވުމެވެ. އަދި ނޭނގޭނަމަ ސުވާލުކުރުމަށް ވިދާޅުވާނެއެވެ. ދަރިވަރެއް ސުވާލުކޮށްފިނަމަ، އެ ދަރިވަރަކަށް އޮޅުންއަރާ ކަމެއް ކިޔައިދެއްވުމަށް ފަހު، އޮޅުން ފިލައިފިތޯ ސުވާލުކުރައްވާނެއެވެ.

ޚާއްސަކޮށް ޝަރުއީ ދާއިރާގެ ފިލާވަޅުތައް ނަންގަވައިދެއްވާއިރު އާންމުކޮށް ކީރިތި ޤުރުއާނާއި ރަސޫލާ ގެ ހަދީޘްތައް ވިދާޅުވެދެއްވަނީ، އެއްޗެއް ބަލައިގެނެއް ނޫނެވެ. އަދި އެފަދައިން ކިޔައިދެއްވާއިރުވެސް މަދުން ނޫނީ ލެކްޗަރާއަކަށް ކިޔައި ނުދެއްވޭފަދަ ފަސޭހަފުޅު ގޮތަކަށެވެ. ކިޔަވައިދެއްވާއިރު އަމިއްލަފުޅު ރައުޔުތައް ކުރިއަށް ނެރުއްވުމުގެ ބަދަލުގައި އަބަދުވެސް ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ރަސޫލާ ގެ ހަދީޘްފުޅުތަކުން ހެކި ދެއްކެވުމަށް އިސްކަމެއް ދެއްވައެވެ.

ބާރީ އުސްތާޛް ފާހަގަކުރެވެނީ ދަރިވަރުންނަށް އެހީވެދެއްވުމުގައި ދެވަނައެއް ނެތް ބޭފުޅެއްގެ ގޮތުގައެވެ. އެސައިންމަންޓް ފަދަ މަސައްކަތްތައް ކުރުމަށް ބޭނުންވާ މަޢުލޫމާތު ދަރިވަރަކަށް ނުލިބިގެން އުޅޭނަމަ، އަމިއްލައަށް އިސްނަންގަވައިގެން އެ ދަރިވަރަކަށް އެ މަޢުލޫމާތު، ނުވަތަ އެ މަޢުލޫމާތު ހުރި ފޮތްތަކާއި ލިޔުންތައް ހޯއްދަވައިދެއްވައެވެ. ނުވަތަ އެފަދަ ތަކެތި ހޯދުމުގައި އެހީތެރިވެލައްވައެވެ. ކޮންމެ ދަރިވަރަކާއި މެދުގައިވެސް ކަންތައް ކުރައްވަނީ އެގޮތަށެވެ. ވަކި ކުއްޖަކު ތަފާތު ނުކުރައްވައެވެ. އުސްތާޛަކީ ހުރިހާ އިރެއްގައިމެ ދަރިވަރުންނަށް އެހީތެރިވެލެއްވި ވަރަށް ހިތްތިރި ބޭފުޅެކެވެ. އަދި ދަރިވަރުންގެ އަޑު އައްސަވައި ދަރިވަރުންނާއި ގުޅިގެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އެގޮތުން ފާހަގަކޮށްލެވޭ އެއް ވާހަކައެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އާއި ފެކްލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެއްކޮށްލައި، ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ނަމަށް ބަދަލުކޮށް ކިޔަވައި ދޭން ފެށީ މިއަހަރުއެވެ. މި ބަދަލާއި ގުޅިގެން ބައެއް ކްލާސްތަކަށް ދެގަޑި ދެމެދުގައި ބޮޑު ބްރޭކެއް ލިބޭ ގޮތަށް ހަމަޖެހުނެވެ. އެގޮތަށް ހަމަޖެހުނު ނަމަވެސް، އެއީ ބޭކާރު ވަގުތުތަކެއްކަމަށް ދަރިވަރުން އުސްތާޛް އަރިހުގައި ދެންނެވިއެވެ. އަދި ކަމާއިބެހޭ ފަރާތްތަކަށް ހުށައަޅައިގެން އެކަމަށް ހައްލެއް ނުލިބުނު ވާހަކަވެސް ދަރިވަރުން އުސްތާޛާއި ހިއްސާ ކުރިއެވެ.

އެދުވަހު އުސްތާޛް ވިދާޅުވީ އެފަދަ ކަންކަމަކީ މުދައްރިސުންނަށް އޭގެމައްޗަށް ބާރުހިންގޭ ކަންކަން ނޫން ކަމަށާއި، ނަމަވެސް އެކަމަށް ހައްލެއް ހޯދޭތޯ އިސް ފަރާތްތަކާއި މަޝްވަރާ ކޮށްދެއްވާނެ ކަމަށެވެ. އަދި އެކަމުގައި ދަރިވަރުންނަށްޓަކައި ވީ އެންމެ ބޮޑަކަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އުސްތާޛް އެފަދައިން ވިދާޅުވި ހަފްތާ ތެރޭގައި ކަމާއިބެހޭ އިސް ފަރާތްތަކަށް ދަންނަވައި އެ ހަފްތާ ތެރޭގައި އެކަން ހައްލު ކޮށްދެއްވިއެވެ.

އުސްތާޛް ނެތިދިއުމަކީ ތައުލީމީ ދާއިރާއަށް ލިބުނު އަގުނުކުރެވޭ ފަދަ ގެއްލުމެކެވެ. ދަރިވަރުންނާއި ނުހަނު ކައިރިން މަސައްކަތް ކުރައްވި އުސްތާޛް ނެތި ދިއުމަކީ އެމަނިކުފާނު ކިޔަވައިދެއްވި ކޮންމެ ދަރިވަރަކަށްވެސް ފުން ހިތާމައެއް ގެނުވި ކަމެކެވެ.

ދުޢާއަކީ މާތް ﷲ ބާރީ އުސްތާޛަށް ޖަންނަތުލް ފިރްދައުސްގެ މާތް ނިޢުމަތް މިންވަރު ކުރައްވައި، އުސްތާޛުގެ އާއިލާއަށް ހިތްވަރު ދެއްވުމެވެ. އާމީން!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި