ކ. މާލެ
|
24 މާރޗް 2018 | ހޮނިހިރު 10:41
ހާދިސާގެ އަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ
ހާދިސާގެ އަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ
ރޮއިޓަރސް
ފްރާންސް
ފްރާންސްގައި ބަޔަކު ރަޙީނުކޮށް ތިން މީހަކު މަރާލައިފި
ހާދިސާގެ ޒިންމާ އިސްލާމިކް ސްޓޭޓް އިން ވަނީ ނަގާފައި

ދެކުނު ފްރާންސްގެ ޓައުނެއް ކަމަށްވާ ޓްރޭބްސްގައި ބަޔަކު ރަހީނުކޮށް ތިން މީހަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހަކު ފްރާންސްގެ ފުލުހުން މަރާލައިފިއެވެ. 

ހުކުރު ދުވަހު ހިނގި މިހާދިސާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ނަގާފައެވެ. ހަމަލާ ދީފައި ވަނީ ރެޑުއޭން ލަކަޑިން ނަަމަކަށް ކިޔާ އުމުރުން 26 އަހަރުގެ މީހެކެވެ.

ހަމަލާ ދިން މީހާއަކީ ހަތިޔާރު ހިފައިގެން ހުރި މީހެއް ކަމަށްވާއިރު އޭނާ ބުނަމުން ދިޔައީ 13 ނޮވެމްބަރު 2015 ގައި ފްރާންސް އަށް ދިން ޓެރަރިސްޓް ހަމަލާގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ ސަލާހް އަބްދުއްސަލާމް މިނިވަން ކުރުމަށެވެ. އެ ޓެރަރިސްޓް ހަމަލާގައި 130 މީހުން މަރާލާފައި ވެއެވެ. 

ހަމަލާއާ ބެހޭ ގޮތުން ފްރާންސްގެ ބޮޑުވަޒީރު އެޑުއާޑް ފިލިޕޭ ވިދާޅުވީ ހުކުރު ދުވަހު ދިން ހަމަލާއަކީ "ޓެރަރިސްޓް ހަމަލާއެއް" ކަމަށް ބެލެވޭނެ ހުރިހާ ނިޝާނެއް ފެންނަން އެބަހުރި ކަމަށެވެ. 

ފްރާންސްގައި މިފަހަކަށް އައިސް ދަނީ މިފަދަ ގިނަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން 2015، 2016 އަދި 2017 ގައި ފްރާންސް ގައި ޓެރަރިސްޓް ހަމަލާތައް ދީފައި ވެއެވެ. 

- ކޮމެންޓް