ކ. މާލެ
|
14 މާރޗް 2018 | ބުދަ 09:50
ޕްރޮފެސަރ ސްޓީވެން ހޯކިން
ޕްރޮފެސަރ ސްޓީވެން ހޯކިން
ސްކައި ނިއުސް
ސްޓީވެން ހޯކިންގ
ޕްރޮފެސަރ ސްޓީވެން ހޯކިންގ ނިޔާވެއްޖެ
ނިޔާވީރު އުމުރުން 76 އަހަރު
ތިއޮރެޓިކަލް ފިޒިކްސް އާއި ކޮސްމޮލޮޖީގެ ދާއިރާއިން ފާހަގަކޮށްލެވޭ
1963 ވަނަ އަހަރުން ފެށިގެން ދިރިއުޅުއްވަމުން ގެންދެވީ މޯޓޯ ނިއުރޯން ޑިސީޒްގެ އުނދަގޫތަކާއިއެކު

ދުނިޔޭގެ ތާރީކުގައި އުފެދުނު އެންމެ މޮޅު އެއް ފިޒިސިސްޓް އަދި ކޮސްމޮލޮޖިސްޓް، ޕްރޮފެސަރ ސްޓީވެން ހޯކިން ނިޔާވެއްޖެއެވެ.

ހޯކިންގ ނިޔާވެފައިވަނީ އުމުރުން 76 އަހަރުގައެވެ. ހޯކިން ނިޔާވިކަން އޭނާގެ އާއިލާއިން ވަނީ މީޑިއާއަށް ކަށަވަރުކޮށްދީފައެވެ.

މިއަދާއި ހަމައަށް ދުނިޔޭގައި ދިރިހުރި އެންމެ މޮޅު ސައިންޓިސްޓްގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރި ހޯކިންގ އަކީ ތިއޮރެޓިކަލް ފިޒިކްސް އާއި ކޮސްމޮލޮޖީގެ އިތުރުން މެތަމެޓީޝަނެއް، އަދި މުސައްނިފެއްވެސް މެއެވެ. ސައިންސްގެ އެކި ދާއިރާތަކުން ހޯކިންގ އެތައް ފޮތެއް ލިޔުއްވާފައިވާއިރު، ހޯކިންގެ ގެ ފޮތް، "އަ ބްރީފް ހިސްޓްރީ އޮފް ޓައިމް" އަކީ އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފޮތެވެ. އެ ފޮތުގެ 10 މިލިއަންނަށްވުރެ ގިނަ ކޮޕީ ވަނީ ވިކިފައެވެ.

ހޯކިންގގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ އެކުވެރި ފިޒިސިސްޓް ރޯޖަރ ޕެންރޯސް އާއި އެކު ހޯކިންގ ކުރައްވާފައިވާ މަސައްކަތްތަކެވެ. އެގޮތުން އައިންސްޓައިންގެ ތިއަރީ އޮފް ރިލޭޓިވިޓީ އާއި ކުއަންޓަމް ތިއަރީ އެއްކޮށްލައްވައިގެން ބިގް ބޭންގާއި، ބްލެކް ހޯލްސް އާއި ގުޅޭގޮތުން ހޯއްދަވާފައިވާ ހޯއްދެވުންތައް ފާހަގަކޮށްލެވެއެވެ.

ސައިންސްގެ ދާއިރާއިން ހޯކިންގ ގިނަ ޚިދުމަތްތަކެއް ކުރެއްވި ނަމަވެސް، ވަރަށް ޒުވާން ދުވަސްވަރުން ފެށިގެން އޭނައަށް ވަނީ ނާރުތަކުގެ ބާރުކަންޑުވާ ބައްޔެއް ކަމުގައިވާ އޭއެލްއެސް (އެމިއޯޓްރޮފިކް ލެޓަރަލް ސްކްލެރޯސިސް) ޖެހިފައެވެ. މި ބަލި ޖެހޭ ފަރާތްތަކަށް ބަލިޖެހޭތާ ދެތިން އަހަރު ތެރޭގައި މަރުވި ނަމަވެސް، ހޯކިންގ މަރުވެފައިވަނީ މި ބައްޔާއިއެކު 55 އަހަރު ދިރިއުޅުމަށްފަހުއެވެ. ހޯކިންގއަށް މި ބަލި ޖެހިފައިވަނީ 1963 ވަނަ އަހަރު އޭނާގެ އުމުރުން 21 އަހަރުގައެވެ.

ބައްޔާއި ގުޅިގެން ވޭތުވެދިޔަ 55 އަހަރު ހޯކިންގ ހޭދަކުރެއްވީ ފުރޮޅުލީ ގޮނޑީގައެވެ. ބައެއް އިނގިލިތަކުގެ ހަރަކާތް ކުރުމާއި، އެސްފިޔަޖެހުން ފިޔަވައި ގާތްގަނޑަކަށް އޭނާގެ ހަށިގަނޑުގެ ހަރަކާތެއް ބަލީގެ ސަބަބުން ހުއްތޫނު އިރު މި މުއްދަތުގައި ހޯކިންގ ވާހަކަދައްކައި އުޅުނީ ސްޕީޗް ސިނތެސައިޒަރއެއް މެދުވެރިކޮށެވެ.

ހޯކިންގ ނިޔާވިއިރު، އޭނާގެ 3 ދަރިންނާއި 3 ކާފަދަރިން އެބަތިއްބެވެ. ނިޔާވީ އިނގެރޭސިވިލާތުގެ ކޭމބްރިޖްގައެވެ.

- ކޮމެންޓް
14 މާރޗް 2018 | ބުދަ 11:32
theories
Theoretical physicist, cosmologist, theories are not facts!