ކ. މާލެ
|
14 މާރޗް 2018 | ބުދަ 08:32
ސެލީނާ އާއި ޖަސްޓިން ބީބާ
ސެލީނާ އާއި ޖަސްޓިން ބީބާ
ގެޓީ އިމޭޖަސް
ސެލީނާ އާއި ޖަސްޓިން ބީބާ
ސެލީނާ އާއި ޖަސްޓިން ބީބާ ބްރޭކެއްގައި
އެދެމީހުން ބްރޭކް ނެގީ އެދެމީހުންގެ އަމިއްލަ މައްސަލައެއް އުޅޭތީ
އެދެމީހުން ވަނީ މީގެ ކުރިންވެސް ރައްޓެހިވެގެން އުޅުމަށްފަހު ރުޅިވެފައި

އެމެރިކާގެ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ސެލީނާ ގޯމޭޒްއާއި ޖަސްޓިން ބީބާއާއި ދެމީހުން ތިބީ ބްރޭކެއްގައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެދެމީހުން ބްރޭކެއް ނެގުމާއި އެކު އަޑުތައް ފެތުރިފައިވަނީ ބްރޭކެއްނެގީ ސެލީނާގެ މަންމަ މަންޑީ ޓީފޭ އެ ގުޅުމާއިމެދު ހިތްހަމަނުޖެހޭތީކަމަށެވެ. އެހެން ނަމަވެސް އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި ސެލީނާއާއި ބީބާ ބްރޭކް ނެގީ އެހެން ވެގެން ނޫން ކަމަށާއި އެދެމީހުން ބްރޭކް ނެގީ އެދެމީހުންގެ އަމިއްލަ މައްސަލައެއް އުޅޭތީކަމަށެވެ.

ސެލީނާއާއި ބީބާ ވަނީ މީގެ ކުރިންވެސް ރައްޓެހިވެގެން އުޅުމަށް ފަހު ރުޅިވެފައެވެ. އެދެމީހުން ރުޅިވުމަށް ފަހު އަލުން ގުޅުނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. ސެލީނާއާއި ބީބާ އަލުން ގުޅުމުން ސެލީނާގެ މަންމަ ބުނެފައިވަނީ އެގުޅުމާއި މެދު އޭނާ އެހާ ހިތްހަމަ ނުޖެހޭ ކަމަށެވެ. އެހެން ނަމަވެސް ސެލީނާއަށް އޭނާ ބޭނުންވާމީހަކާއި އެކީ އުޅުމަށް ހުރަހެއް ނެތް ކަމަށާއި އޭނާ އުފާ ވާކަމަށްވާނަމަ އެ އުފަލަށް ހުރަސް ނާޅާނެ ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް