ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 18:41
މަގާމުން ވަކިކޮށްފައިވާ ޓިލާސަން
މަގާމުން ވަކިކޮށްފައިވާ ޓިލާސަން
ވީއޯއޭ ނިއުސް
އެެމެރިކާ
ރެކްސް ޓިލާސަން މަގާމުން ވަކިކުރައްވައިފި
ސެކްރެޓަރީ އޮފް ސްޓޭޓުގެ މަގާމަށް ރައީސް ޓްރަމްޕް އައްޔަން ކުރެއްވީ ސީއައިއޭގެ ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި މައިކް ޕޮމްޕެއޯ

އެމެރިކާގެ ޚާރިޖީ ވަޒީރަކަށް ހުންނެވި ރެކްސް ޓިލާސަން އެ މަގާމުން ވަކިކުރައްވައިފިއެވެ.

ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައި ޓިލާސަން އަދާކުރެއްވި މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސީއައިއޭގެ ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި މައިކް ޕޮމްޕެއޯ، ސެކްރެޓަރީ އޮފް ސްޓޭޓުގެ މަގާމަށް އައްޔަންކުރެއްވިކަން ހާމަކުރައްވައި، ޕޮމްޕެއޯ "ވަރަށް ރަނގަޅު މަސައްކަތްޕުޅެއް" ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

މިދިޔަ އަހަރު ފެބްރުއަރީގައި ސެކްރެޓަރީ އޮފް ސްޓޭޓުގެ މަގާމަށް ވަޑައިގެންނެވި ރެކްސް ޓިލާސަންގެ ދައުރުގައި އެމެރިކާގެ ޚާރިޖިއްޔާ އާއި އެމެރިކާގެ ވައިޓްހައުސް އިން ދައްކާ ވާހަކަތަކުގައި ބައެއް ފަހަރު ތަފާތު ގޮތްތަކެއް ހުރިކަން ފާހަގަކުރެވިގެން ދިޔައެވެ. އަދި ބައެއް ބޮޑެތި މައްސަލަތަކުގައި ރައީސް ޓްރަމްޕާއި ޓިލާސަންއާ ދެމެދު ވިސްނުން ތަފާތުކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގިގެން ދިޔައެވެ. 

 

- ކޮމެންޓް