ކ. މާލެ
|
13 ފެބްރުއަރީ 2018 | އަންގާރަ 09:24
2009 ވަަނަ އަހަރުން ފެށިގެން ދެކުނު އެފްރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވީ ޒޫމާ
2009 ވަަނަ އަހަރުން ފެށިގެން ދެކުނު އެފްރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވީ ޒޫމާ
ގޫގުލް
ދެކުނު އެފްރިކާ
ޒޫމާ ވެރިކަމުން ދުރުކުރަން ޖެހޭކަމަށް އޭއެންސީއިން ކަނޑައަޅައިފި
ޑިސެމްބަރު މަހުން ފެށިގެން ޒޫމާއަށްދަނީ ފިއްތުންތައް ކުރިމަތިވަމުން
ޕާޓީގެ ލީޑަރު ކަމަށް ވަނީ ރާމަފޯސާ އައްޔަން ކުރެވިފައި

ރައީސް ކަމުގެ މަގާމުން ދުރަށް ޖެހިވަޑައިގަންނަވަން ދެކޮޅު ހެއްދެވުމުން ދެކުނު އެފްރިކާގެ ވެރިކަން ކުރާ ޕާޓީ، އޭއެންސީއިން ރައީސް ޒޫމާ މަގާމުން ވަކިވެ ވަޑައިގަތުމަށް ރަސްމީކޮށް އަންގާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ނިންމުން ނިންމާފައިވަނީ ޕާޓީގެ އިސް ފަރާތްތަކުން ކުރިޔަށް ގެންދިޔަ ދިގުދެމިގެން ދިޔަ ވާހަކަތަކުގެ ތެރެއިންނެވެ.

އުމުރުފުޅުން 75 އަހަރުފުޅުގެ ޒޫމާ މަގާމުން އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވާނަމަ ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ނިންމާފައިވާއިރު މި ވޯޓް ޒޫމާއަށް ގެއްލިގެންގެންދާނެކަމަށް ވަނީ ބެލެވިފައެވެ.

ދެކުނު އެފްރިކާގެ ރައީސް ކަމުގެ މަގާމުގައި 2009 ވަނަ އަހަރުން ފެށިގެން ހުންނެވި ޒޫމާއަށް ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކާއި ކުރިމަތިވެ ވަޑައިގެންފައެވެ.

އެފްރިކަން ނޭޝަނަލް ކޮންގްރެސް(އޭއެންސީ) އިން ނިންމާފައިވާ ނިންމުން ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް އެ ޕާޓީގެ ބައެއް ފަރާތްތަކުން ވަނީ ދެކުނު އެފްރިކާގެ ބައެއް މީޑިއާތަކަށާއި ރޮއިޓަރސް ނޫސް އޭޖެންސީއަށް ޕާޓީގެ ނިންމުން ކިޔައިދީފައެވެ.

މަގާމުން ދުރަށް ވަޑައިގަތުމަށް ޑިސެމްބަރު މަހުން ފެށިގެން އަންނަމުންދާ ފިއްތުންތަކާއި އެކުވެސް ޒޫމާ ގެންދަވަނީ އެކަމަށް ދެކޮޅު ހައްދަވަމުންނެވެ.

ޑިސެމްބަރުމަހުން ފެށިގެން އޭއެންސީގެ ލީޑަރު ކަމަށް ޒޫމާގެ ބަދަލުގައި ސައިރިލް ރާމަފޯސާވަނީ އައްޔަން ކުރައްވާފައެވެ.

- ކޮމެންޓް