ކ. މާލެ
|
30 ޖެނުއަރީ 2018 | އަންގާރަ 18:48
މިހާރުގެ ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ
މިހާރުގެ ރައީސް ކެންޔައްޓާ (ވ) އަދި އިދިކޮޅު ކެންޑިޑޭޓް ރައިލާ އޮޑިންގާ
ގޫގުލް
ކެންޔާ
ކެންޔާގެ ރައްޔިތުންގެ ރައީސްގެ ނަމުގައި އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ ހުވާކުރައްވަނީ
ކެންޔާގައި ދެވަނަ ފަހަރަށް ބޭއްވި އިިންތިޚާބު ވެސް ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް އުހުރު ކެންޔައްޓާ

ކެންޔާގެ އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާ އެގައުމުގެ "ރައްޔިތުންގެ ރައީސް" ނަމުގައި ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދާނެ ކަމަށް ކެންޔާގެ އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

ކެންޔާގެ އިދިކޮޅު ކޯލިޝަން ކަމަށްވާ "ދަ ނޭޝެނަލް ސުޕާ އެލަޔަންސް" (ނާސާ) އިން އިދިކޮޅު ލީޑަރު ރައިލާ އޮޑިންގާގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖައްސާފައި ވަނީ އަންގާރަ ދުވަހުއެވެ.

އޮޑިންގާގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ ސަބަބުން އިތުރު ހަލަބޮލި ކަމަކަށް އެގައުމު ވެއްޓޭނެ ކަމަށް ބެލެވެއެވެ. ކެންޔާގެ މިހާރުގެ ރައީސް އުހުރު ކެންޔައްޓާ މީގެ ތިންމަހެއްހާ ދުވަސްކުރިން ފަސް އަހަރުގެ އާ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންފައިވާއިރު، ކެންޔާގައި ރިޔާސީ އިންތިޚާބު ދެ ބުރެއްގެ މަތިން ބާއްވަން ޖެހުނެވެ. ދެވަނަ ފަހަރު ބޭއްވި އިންތިޚާބު އިދިކޮޅު ކޯލިޝަނުން ވަނީ ބޯއިކޮޓް ކޮށްފައެވެ.

ސަރުކާރުގެ ލޯޔަރުން ބުނަމުންދަނީ އިދިކޮޅު ކޯލިޝަނުން ބާއްވާ ހަރަކާތަކީ "ގައުމަށް ޣައްދާރުވުން ކަމަށެވެ."

ކެންޔާގެ އިދިކޮޅު ކޯލިޝަނުން ހޯމަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަނުން ބާއްވާ އިވެންޓަކީ ގާނޫނު އަސާސީއާ އެއްގޮތަށް ބާއްވާ ސުލްހަވެރި ހަރަކާތެއް ކަމަށެވެ.

ހަލަބޮލިވެފައިވާ ކެންޔާގައި ރިޔާސީ އިންތިޚާބު އަލުން ބާއްވަން ޖެހި، އޮކްޓޯބަރު މަހު ބޭއްވި އެ އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް އުހުރު ކެންޔައްޓާއެވެ. ކެންޔާގައި އޯގަސްޓް މަހު ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލު ކޮށްފައިވާއިރު އެ ނިންމުން ސުޕްރީމް ކޯޓުން ނިންމީ އިންތިޚާބުގައި ނަހަމަ ކަންކަން ހިނގާފައި ވާތީ ކަމަށް ބުނެއެވެ. ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބު ކާމިޔާބު ކުރެއްވީ ވެސް އެގައުމުގެ ވެރިކަމުގައި ހުންނެވި ކެންޔައްޓާއެވެ.

އަލުން ބޭއްވި ރިޔާސީ އިންތިޚާބު މިހާރުގެ ރައީސް ކެންޔައްޓާ ކާމިޔާބު ކުރައްވާފައި ވަނީ 98 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. ކެންޔާގައި ދެވަނަ ފަހަރަށް ބޭއްވި އިންތިޚާބު ބާތިލުކުރަން ވެސް، އެގައުމުގެ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން ވަނީ ރައީސް އުހުރު ކެންޔައްޓާގެ ނަތީޖާ ދަމަހައްޓާފައެވެ.

- ކޮމެންޓް