ކ. މާލެ
|
25 ޖެނުއަރީ 2018 | ބުރާސްފަތި 23:41
ގޯލްޑަން ގްލޯބް ހަފްލާގައި އޯޕްރާ އެވޯޑް ހިފައިގެން
ގޯލްޑަން ގްލޯބް ހަފްލާގައި އޯޕްރާ އެވޯޑް ހިފައިގެން
ގެޓީ އިމޭޖަސް
އޯޕްރާ ވިންފްރީ
2020 ގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ޝައުގެއް ނެތް: އޯޕްރާ
އޯޕްްރާ އިންތިޚާބަށް ނުކުންނަ އަޑު ފެތުރުނީ ގޯލްޑަން ގްލޯބް ހަފްލާއަށް ފަހު

އެމެރިކާގައި 2020 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ނެތް ކަމަށް އޯޕްރާ ވިންފްރީ ބުނެފިއެވެ.

އިންތިޚާބުގައި ވާދަކުރުމާ ބެހޭ ގޮތުން އިންސްޓައިލް މެގަޒިންއަށް ދީފައިވާ އިންޓަވިއުގައި އޯޕްރާ ބުނީ އޭނާއަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ވަރަށް ރަނގަޅަށް އެނގޭކަމަށެވެ.

"އަހަރެންގެ ޝައުގުވެރިކަމެއް އޮތްކަމެއް ނޫން ތިއީ. އަދި އެއީ އަހަރެން ޝައުގުވެރިވާ ކަމެއް ނޫން. އެކަމަކަށް އަހަރެންގެ ޑީއެންއޭ އެއް ނެތް،" އޯޕްރާ ބުންޏެވެ.

އެމެރިކާގައި ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކޮށްފާނެ ކަމުގެ އަޑުތައް ފެތުރިގެން ގޮސްފައި ވަނީ މި މަހުގެ ކުރީކޮޅު އޮތް ގޯލްޑަން ގްލޯބް ހަފްލާގައި އޭނާ ދިން ތަގުރީރަށް ފަހުއެވެ.

"އަހަރެން ބޭނުން ބަލަމުންދާ {ޓީވީ} ހުރިހާ އަންހެން ކުދިންނަށް ވެސް އެނގެން އާ ދުވަހެއް އުދަރެހުގައި ވާކަން" އޯޕްރާގެ ތަގުރީރުގައި އޭނާ ބުނެފައި ވެއެވެ. 

މި ވާހަކަ ބައެއް ފަރާތްތަކުން ނެގީ އެއީ އިންތިޚާބުގައި ވާދަކުރާނެކަމުގެ އިޝާރާތެއްގެ ގޮތުގައެވެ.

އިންތިޚާބުގައި އޯޕްރާ ވާދަކުރާ ވާހަކަ ފެތުރުމުން އޭގެ ދުވަސްކޮޅެއް ފަހުން، އޭނާގެ ލޯބިވެރިޔާ ސްޓެޑްމަން ގްރަހަމް އާއި ލޮސް އެންޖެލިސް ޓައިމްސް އިން ސުވާލުކުރުމުން ބުނެފައި ވަނީ "އެކަން އޮތީ ރައްޔިތުންގެ އަތްމަތީގައި،" ކަމަށެވެ. "ޔަގީނުން ވެސް އޭނާ އެކަން ކުރާނެ."

- ކޮމެންޓް