ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 16:27
އަމީނާ ޚާން
އަމީނާ ޚާން
އިންސްޓަގްރާމް
ލޮރެއާލް
ލޮރެއާލްގެ ޝޭމްޕޫގެ އިސްތިހާރަކުން ބުރުގާ އަޅައިގެން ހުރި އަންހެނަކަށް ޖާގަ ލިބިއްޖެ
އަމީނާ ޚާންގެ އިންސްޓަގްރާމުގައި 570،000 މީހުން އޭނާ ފޮލޯކުރޭ
އަމީނާ ހުރީ ވަރަށް އުފަލުން

މަޝްހޫރު ބްރޭންޑެއް ކަމަށް ލޮރެއާލްގެ އިސްތިހާރަކުން ބުރުގާ އަޅައިގެން ހުރި އަންހެނަކަށް ޖާގަ ލިބިއްޖެއެވެ.

މިއީ ލޮރެއާލްގެ ތާރީޚުގައި ވެސް ބުރުގާ އަޅައިގެން ހުރި އަންހެނަކަށް ޝޭމްޕޫ އިސްތިހާރަކުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.

ލޮރެއާލްގެ ޝޭމްޕޫ އިސްތިހާރުން ޖާގަ ލިބުނީ ބްލޮގަރެއް ކަމަށްވާ އަމީނާ ޚާންއެވެ.

އަމީނާ ޚާންގެ އިންސްޓަގްރާމުގައި 570،000 މީހުން އޭނާ ފޮލޯކުރެއެވެ.

އަމީނާ ޚާން ވޯގް މަޖައްލާއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާ ކަހަލަ ބުރުގާ އަޅައިގެން ހުރި މީހަކު އެފަދަ ބްރޭންޑެއްގެ އިސްތިހާރަކުން ފެނުމަކީ ވަރަށް ފާހަގަކޮށް އުފާކުރާ ކަމެއް ކަމަށެވެ. އަދި ބުރުގާ އަޅައިގެން ހުރި އަންހެނަކު ޝޭމްޕޫ އިސްތިހާރަކުން ދެއްކުމުގެ ބޭނުމަކީ އެކުންފުންޏާ މެދު ކަސްޓަމަރުންގެ އިތުބާރު ބޮޑުކުރުން ކަމަށް ވެސް އޭނާ ބުންޏެވެ.

އަމީނާގެ މި އިސްތިހާރު މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ. އޭނާ އަށް އެކިފަރާތްތަކުން ދަނީ ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ. އަމީނާ ހުރީ އެންމެ ފުރަތަމަ ބުރުގާ އެޅި މީހަކު މިކަހަލަ އިސްތިހާރަކުން ފެނުމުގެ ޝަރަފު ލިބުމުން ވަރަށް އުފަލުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް