ކ. މާލެ
|
17 ޖެނުއަރީ 2018 | ބުދަ 08:16
އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ޚިދުމަތްދޭ ކައުންޓަރުކައިރީ: ބިދޭސީން ގެނައުމުގެ ކުރިން ފޯމް އީމެއިލް ކުރަން ޖެހޭ ގޮތަށް ވަނީ ހަމަ ޖައްސާފައި
އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ޚިދުމަތްދޭ ކައުންޓަރުކައިރީ: ބިދޭސީން ގެނައުމުގެ ކުރިން ފޯމް އީމެއިލް ކުރަން ޖެހޭ ގޮތަށް ވަނީ ހަމަ ޖައްސާފައި
އިމިގްރޭޝަން
އިމިގްރޭޝަން
ބިދޭސީންގެ ވިސާފޯމް ފަސްދުވަސް ކުރިން އިމިގްރޭޝަނަށް އީމެއިލްކުރަން އަންގައިފި
ވިސާ ގަބޫލުކުރިކަން އީމެއިލް މެދުވެރިކޮށް އަންގާނެ
ވިސާ ފޯމް ފުރިހަމަނުވާނަމަ ބަލައިނުގަންނާނެ
އެތައްބަޔަކު ޚިދުމަތް ހޯދުމަށް ކިޔުގައި

ބިޒްނަސް ވިސާ އާއި ސްޕެޝަލް ވިސާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް ފަސް ދުވަސް ކުރިން އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން އަންގާރަ ދުވަހުގެ ރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެ ގެންނަ ބިދޭސީންގެ ވިސާ އެޕްލިކޭޝަން ފޯމާއި އެ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް ބިދޭސީއަކު ރާއްޖެ ގެނައުމަށް ހަމަ ޖައްސާފައިވާ ތާރީހުގެ ފަސް ދުވަސް ކުރިން އީމެއިލް ކުރަން ޖެހޭނެ ކަމަށެވެ.

އަދި އެ އީމެއިލް ފޮނުވުމުން، ވިސާ ގަބޫލު ކުރި ކަން ނުވަތަ ނޫން ކަން ބަޔާންކޮށް އެ އީމެއިލެއް މެދުވެރިކޮށް ޖަވާބު ލިބޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

އަދި އީމެއިލް މެދުވެރިކޮށް ލިޔެކިއުންތައް ފޮނުވާއިރު ބިދޭސީއަކު ގެންނައުމުގެ ހުއްދައަށް އެދޭ ފޯމް ފުރިހަމަ ނުވާ ނަމަ ނުވަތަ އެޕްލިކޭޝަން ގަބޫލު ނުކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ

ވިސާ ގަބޫލު ކުރި ކަމުގެ އީމެއިލް ލިބުމުން، ބިދޭސީމީހާ ރާއްޖެ އައުމުގެ އެއް ގަޑިއިރު ކުރިން ވިސާ އެޕްލިކޭޝަން ފޯމާއި އެ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތަކުގެ އަސްލު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް ހުށަހަޅައި ވިސާ ފީ ދައްކަންވާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް