ކ. މާލެ
|
16 ޖެނުއަރީ 2018 | އަންގާރަ 21:49
އިމިގްރޭޝަން ކޮންޓްރޯލަރު އަންވަރުއާއި އިސްވެރިންތަކަކާއެކު ހަސަން ހުސައިން(ކަޅު ކޯޓާއި ފަޓުލޫނުގައި)
އިމިގްރޭޝަން ކޮންޓްރޯލަރު އަންވަރުއާއި އިސްވެރިންތަކަކާއެކު ހަސަން ހުސައިން(ކަޅު ކޯޓާއި ފަޓުލޫނުގައި)
ފޭސްބުކް
އިމިގްރޭޝަން
އިމިގްރޭޝަންގެ ސީނިއަރ އެސިސްޓެންޓް ކޮންޓްރޯލަރ ހަސަން ހުސައިން އިސްތިއުފާ ދެއްވައިފި
މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ހަސަން ވަނީ ކަށަވަރުކޮށްދެއްވާފައި
އިމިގްރޭޝަނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއް
ހަސަން ހުސައިން ހުންނެވި މަގާމަކީ ސިޔާސީ މަގާމެއް

އިމިގްރޭޝަންގެ ސީނިއަރ އެސިސްޓެންޓް ކޮންޓްރޯލަރ ހަސަން ހުސައިން އިސްތިއުފާ ދެއްވައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަސަން ހުސައިން މަގާމުން އިސްތިއުފާ ދެއްވީ ހޯމަ ދުވަހު އެވެ.

ހަސަން ހުސައިން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށް ދެއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ މަގާމުން އިސްތިއުފާ ދެއްވީ އިމިގްރޭޝަނުގެ ތެރޭގައި ހިނގަމުންދާ ކަންތައްތަކާ މެދު ހިތްހަމަނުޖެހިގެންނެވެ.

އިމިގްރޭޝަންގެ ސީނިއަރ އެސިސްޓެންޓް ކޮންޓްރޯލަރުގެ މަގާމަކީ ސިޔާސީ މަގާމެކެވެ.

މިކަމާ ގުޅޭ ގޮތުން، މޯލްޑިވްސް އިމިގްރޭޝަނުގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.

ހަސަން ހުސައިން އިސްތިއުފާ ދެއްވާފައި މިވަނީ، ވިސާ ދޫކުރުމުގައި މައްސަލަތަކެއް ދިމާވެ، ވިސާ ހޯދުމަށް އިމިގްރޭޝަނުގެ އޮފީހުގެ ބޭރުގައި ދިގު ކިއުތަކެއް ހަދަންޖެހިފައިވާތީ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

މޯލްޑިވްސް އިމިގްރޭޝަން ޕްރީ ޑިޕާޗާ ސެކިއުރިޓީ ސްކްރީނިން ސިސްޓަމް (މިޕްސް) ބޭނުންކުރަން ފަށާފައިވާއިރު، އެ ސިސްޓަމުގެ ސަބަބުން ކޮރަޕްޝަނާއި ރިޝްވަތު އަމަލުތަކަށް މަގުފަހިވާ ކަމަށް އެމްޕްލޯއިމަންޓް އެޖެންސީތަކުން ދަނީ ބުނަމުންނެވެ. އަދި އެ ނިޒާމާއެކު އެޖެންސީތަކުގެ ވިޔަފާރި ހުއްޓުމުކަށް އަންނާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ.

މިޕްސް ސިސްޓަމްގެ ތެރެއިން ރާއްޖެއަށް ބަންގްލަދޭޝް މީހުން އެތެރެކުރެވެނީ، ބަންގްލަދޭޝްގެ ފަސް ކުންފުންޏެއް މެދުވެރިކޮށެވެ. ބަންގްލަދޭޝްގައި އެތައް ހާސް އެމްޕްލޯއިމަންޓް އެޖެންސީއެއް ހިންގާއިރު، އެ ފަސް އެޖެންސީއާ މަސައްކަތް ހަވާލުކުރި ގޮތެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.

މިޕްސް ސިސްޓަމަކީ މެލޭޝިއާ ކުންފުންޏެއް މެދުވެރިކޮށް ހަދާފައިވާ ސިސްޓަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް