ކ. މާލެ
|
16 ޖެނުއަރީ 2018 | އަންގާރަ 20:54
ޓެކްސީ: އެއްފަހަރާ ދެދަތުރެއް ދެން ނުނެގޭނެ
ޓެކްސީ: އެއްފަހަރާ ދެދަތުރެއް ދެން ނުނެގޭނެ
މުހައްމަދު ޝަރުހާން
ޓެކްސީ ދަތުރު
ޓެކްސީއެއްގައި މީހަކު ދަތުރު ކުރަމުން ދަނިކޮށް އިތުރު މީހަކު އެރުވުން މަނާކޮށްފި
ދެން އެއް ފަހަރާ ދެ ދަތުރެއް ނުނެގޭނެ

ޓެކްސީ ދަތުރެއްގައި ފަސިންޖަރަކު ކާރުގައި އިންދާ އެހެން އެ ކާރަށް އެހެން ފަސިންޖަރަކު އެރުވުން އަންގާރަ ދުވަހުން ފެށިގެން މަނާކޮށްފިއެވެ.

މިގޮތަށް ހަމަޖެއްސީ ޓެކްސީ ޤަވާއިދަށް އިސްލާހް ގެނެސް ސަރުކާރުގެ ގެޒެޓްގައި މިއަދު އެކަން އިއުލާން ކޮށްގެންނެވެ.

ޓެކްސީ ގަވާއިދުގައި ކުރިން އޮންނަ ގޮތުން ޓެކްސީ ދަތުރެއްގެ ތެރެއިން މީހަކު ކާރުގައި އިންދާ އެހެން ދަތުރެއް ނަގައި، އިތުރު މީހަކު ކާރަށް އެރުވޭނީ ދަތުރު ކުރަމުންދާ މީހާގެ ހުއްދަ ލިބިގެންނެވެ. އެކަމަކު އެ ގަވާއިދަށް އަންގާރަ ދުވަހު ގެނައި އިސްލާހުގައި އެކަން މުޅިން ވަނީ މަނާކޮށްފައެވެ. މާނައަކީ ހުއްދަ ލިބިގެން ވެސް ދެން އިތުރު ދަތުރެއް ނުނެގޭނެއެވެ. 

އެ އިސްލާހުގައި ބުނާ ގޮތުން މީހަކު ޓެކްސީން ދަތުރު ކުރަނިކޮށް އިތުރު ދަތުރެއް ނަގައި، ޓެކްސީއަށް އިތުރު މީހަކު އަރުވައިގެން ދަތުރު ކުރުމަކީ މަނާ ކަމެކެވެ.

ޓެކްސީއެއްގައި މީހަކު ދަތުރު ކުރަމުން ދަނިކޮށް އެޓެކްސީއަށް އެހެން މީހުން އަރުވައިގެން އިތުރު ދަތުރެއް ނަގަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އެގޮތުން އެންމެ ގިނަ ބަޔަކު އެކަމުގައި ޝަކުވާ ކުރަނީ ފުރަތަމަ އަރާ މީހާ ގަޑިޖެހޭ ކަމަށް ބުނެ ކުރެވޭ ޝަކުވާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް