ކ. މާލެ
|
16 ޖެނުއަރީ 2018 | އަންގާރަ 18:54
ހއ. ބާރަށް
ހއ. ބާރަށް
ގޫގްލް މެޕްސް
ހއ. ބާރަށް
ރީޑިން ނަގަން ދިޔައިރު މީހަކު ނެތުމުން ބާރަށުގެ ބައެއް ގެތަކުން ކަރަންޓް ކަނޑާލައިފި
ކަރަންޓް ކަނޑާލުމުން ބައެއް ގޭގޭގެ ފްރިޖްތަކުގައި ހުރި އެއްޗެހި ވަނީ ކުނިވެ ފުޅަ އަޅާފައި
އެގޮތަށް ކަރަންޓް ކަނޑައެއް ނުލެވޭނެ: ފެނަކަ
ކޮންމެ މަހެއްގެ 25 އަދި 26 ގައި ރީޑިންގ ނަގަން ދާއިރު ރީޑިންގ ނުނެގިއްޖެ ނަމަ ކަރަންޓް ކަނޑާލަނީ

ހއ ބާރަށުގައި ނިމިދިޔަ ޑިސެމްބަރު މަހުގެ ކަރަންޓް ރީޑިންގ ނެގުމަށް ދިޔައިރު އެވަގުތު މީހަކު ނޫޅޭ ގޭގެއިން ކަރަންޓް ކަނޑާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ބާރަށުން ވާހަކަ ދެއްކި މީހަކު ބުނީ އޭނާގެ އާއިލާ ޑިސެމްބަރު މަހު ޗުއްޓީގައި ދިޔައީ އެހެން ރަށަކަށް ކަމަށާއި އެނބުރި އައިއިރު އެގެއިން ކަރަންޓް ކަނޑާލާފައިވާ ކަމަށެވެ. އަދި ބަދިގެން ކުނިވަސް ދުވާތީ ބެލިކަމަށާއި އޭރު ފްރިޖްގައި ހުރި އެއްޗެހި ކުނިވެ ފުޅައަޅާފައިވާ ކަމަށެވެ.

ކޮންމެ މަހަކު ވެސް ބަރާބަރަށް ކަރަންޓް ބިލް ދައްކަމުން އަންނަ އެގެއިން ކަރަންޓް ކަނޑާލި ސަބަބެއް ހޯދަން ފެނަކައިން ހިންގާ އެރަށު އިންޖީނުގެއަށް ދިއުމުން، ކަރަންޓް ކަނޑާލީ ރީޑިންގ ނަގަން ދިޔައިރު ގޭގައި އެވަގުތު މީހަކު ނެތުމުން ކަމަށް ބުނެފައިވާ ކަމަށެވެ.

އޭނާ ބުނީ އޭރު އެ ގެ ފަޅާލައި ވައްކަން ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ދަރިފުޅާއި އަންހެނުން އަޅަން ގެންގުޅޭ ގާތްގަނޑަކަށް 14،000 އެއްހާ ރުފިޔާގެ ރަނާއި ބައެއް އެހެނިހެން ތަކެތި ވެސް ގެއްލިފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ އެހެން ދިމާވީ ހަމައެކަނި އެގެއަށް ނޫން ކަމަށާއި އެދުވަސްވަރު ރަށުގައި ނޫޅޭ އަށެއްކަ ގެއެއްގެ ކަރަންޓް ކަނޑާލުމުން އެގޭގޭގެ ފްރިޖްގައި ހުރި ތަކެތި ކުނިވެ ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރު ހީވެފައި ކަމަށެވެ.

އޭނާ ބުނީ ފެނަކައިގެ އިސްވެރިންނަށް އެކަމުގައި ގުޅި ކަމަށާއި ރީޑިންގ ނަގަންދާ ވަގުތު އަދި ގޭގައި ނޫޅުނު ކަމުގައި ވިއަސް ކަރަންޓް ކަނޑާ ނުލެވޭނެ ކަމަށް ވިދާޅުވި ކަމަށެވެ. އެގޮތަށް އެކަން ކުރަން އަންގަވާފައި ނުވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެމައްސަލަ ބައްލަވާނެ ކަމަށް ވެސް ވިދާޅުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެކަމާ ގުޅިގެން ބާރަށު އިންޖީނުގޭގެ ކޮމެންޓެއް ހޯދުމަށް ގުޅާލުމުން އެއިންޖީނުގެ އިން ވާހަކަ ދެއްކި މީހަކު ބުނީ ނޫސްތަކަށް މައުލޫމާތު ދިނުމާއި ނޫސްބަޔާން ނެރުން ފަދަ އެއްވެސް ކަމެއް ކުރުމުގެ އިޚްތިޔާރެއް އެ އިންޖީނުގެއަށް ލިބިފައި ނޯންނަ ކަމަށާއި މައުލޫމާތު ދޭނީ ފެނަކަ މައި ކުންފުނިން އެކަމަށް ކަނޑައަޅާފައި ހުންނަ ފަރާތަކުން ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ރާއްޖެ އެމްވީއަށް ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތެއް ހެޑް އޮފީހަށް ލިބަފައި ނުވާ ކަމަށާއި ރީޑިންގ ނަގަން ދިޔައިރު ރީޑިންގ ނުނެގިގެން ކަރަންޓް ކަނޑައިނުލާނެ ކަމަށެވެ. އެކަމަށް ވަކި އުސޫލެއް ހެދިފައި އޮންނާނެ ކަމަށާއި ކަރަންޓް ބިލް ނުދައްކާ ދެބިލް ހަމަވެގެން ނޫނީ ކަރަންޓް ކަނޑައިނުލާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ތަކުރާރުކޮށް ގޮސްގެން ވެސް ރީޑިންގ ނެގިޔަ ނުދީފި ނަމަ ކަރަންޓް ކަނޑާލާނެ ކަމަށާއި އަދި ރީޑިންގ ނަގާއިރު މީހަކު ހުންނަން ލާޒިމެއް ވެސް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށު އިންޖީނުގެ އިން އިތުރު ނިންމުމެއް ނިންމާފައިވާ ކަމުގެ މައުލޫމާތު ވެސް ރާއްޖެ އެމްވީއަށް ވަނީ ލިބިފައެވެ. އެގޮތުން ކޮންމެ މަހެއްގެ 25 ވަނަ ދުވަހާއި 26 ވަނަ ދުވަހު ރީޑިން ނަގަންދާއިރު އެގެއެއްގައި މީހަކު ނުޅޭ ނަމަ އެގެއިން ކަރަންޓް ކަނޑާލުމަށާއި އެ އަށް ފަހު ކަރަންޓް ގުޅައިދެވޭނީ 75ރ.ގެ ފީއަކާއި އެކުގައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
16 ޖެނުއަރީ 2018 | އަންގާރަ 23:26
ގޮސްގެންރީޑިން
އަދިވެސް ސްޓޯން އޭޖް، ގޭގެޔައް ގޮސްގެންރީޑިން ނަގާ މިއޮތްފަދަ ޒަމާނުގައި؟