ކ. މާލެ
|
16 ޖެނުއަރީ 2018 | އަންގާރަ 19:13
ހދ. ނޮޅިވަރަންފަރު
ހދ. ނޮޅިވަރަންފަރު
ގޫގުލް
ކުއްލި މަރު
ފުޓްބޯޅަ ކުޅެ ނިމުނުތަނާ ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެ
ކުއްލި ގޮތަކަށް މަރުވީ ލ. ގަމަށް އުފަން، އުމުރުން 31 އަހަރުގެ އައްބާސް
އައްބާސް މަރުވީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދަނިިކޮށް

ފުޓްބޯޅަ ކުޅެންހުރި ޒުވާނަކު، ކުޅެ ނިމުނުތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މެއަށް ތަދެއް އަރައިގެން ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ހޯމަ ދުވަހު ހދ. ނޮޅިވަރަންފަރުގައި ކުއްލި ގޮތަކަށް މަރުވީ ލ. ގަމަށް އުފަން، އުމުރުން 31 އަހަރުގެ އައްބާސް މުހައްމަދެވެ. އޭނާގެ ހާލު ސީރިއަސްވީ ނޮޅިވަރަންފަރުގައި ރަހުމަތްތެރިންނާ އެކު ފުޓްބޯޅަ ކުޅެ ނިންމާލުމަށް ފަހު، ގެއަށް ދިޔަތަނުން މެޔަށް ދަތެއް އަރައިގެންނެވެ. ފަރުވާދިނުމަށް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދަނިކޮށް އައްބާސް މަރުވީ ހޯމަ ދުވަހުގެ ރޭ 10:00 ހާއިރުއެވެ.

އައްބާސްއަކީ ރިސޯޓް ވަޒީފާ އަދާކުރާ މީހަކެވެ. އޭނާ ނޮޅިވަރަންފަރަށް ދިޔައީ ރިސޯޓް ވަޒީފާ އަދާކުރުމަށް ފަހު އޮފް ޑޭގައެވެ. އައްބާސް މަރުވިއިރު އޭނާގެ ކުޑަ ދެ ކުދިން ހުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް