ކ. މާލެ
|
17 ޖެނުއަރީ 2018 | ބުދަ 09:26
ޙައުލާ ނޫމާން އަށް ހަމަލާދީފައި ވަނީ އޭނާގެ ކޮއްކޮއާއެކު ސްކޫލަށް ދިޔަ މަގުމަތީގައި
ޙައުލާ ނޫމާން އަށް ހަމަލާދީފައި ވަނީ އޭނާގެ ކޮއްކޮއާއެކު ސްކޫލަށް ދިޔަ މަގުމަތީގައި
ރޮއިޓަރސް
މުސްލިމުންނާ ދެކޮޅު ހަރަކާތް
ޓޮރޮންޓޯގައި އަންހެން ކުއްޖަކަށް ހަމަލާދީ ބުރުގާ ކަފާލިކަމަށް ބުނާ ހާދިސާއަކީ ހިނގާފައިވާ ކަމެއް ނޫން: ޕޮލިސް
11 އަހަރުގެ ޙައުލާ ނޫމާން އަށް ހަމަލާދީފައި ވަނީ އޭނާގެ ކޮއްކޮ އާއި އެކު ސްކޫލަށް ދިޔަ މަގުމަތީގައި

ކެނެޑާގެ މައި އެއް ސިޓީ ކަމުގައިވާ ޓޮރޮންޓޯގައި ކުޑަ އަންހެން ކުއްޖަކަށް ކަތުރަކުން ހަމަލާދީފި ކަމަށް ބުނެ ޚަބަރު ފެތުރިފައި ވާއިރު އެ ކަމަކީ ހިނގާފައިވާ ކަމެއް ނޫން ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.

ހުކުރު ދުވަހު އުމުރުން 11 އަހަރުގެ ޙައުލާ ނޫމާން އަށް ހަމަލާދީފައި ވަނީ އޭނާގެ ކޮއްކޮ އާއެކު ސްކޫލަށް ދިޔަ މަގުމަތީގައެވެ. ފުލުހުންނާ ހަވާލާދީ ކެނެޑާގެ ނޫސްތަކުން އޭރު ބުނެފައި ވަނީ ޙައުލާއަށް ދެ ފަހަރެއްގެ މަތިން ހަމަލާ ދީފައިވާ ކަމަށާއި، ހަމަލާ ދިން މީހާ މަސައްކަތް ކޮށްފައި ވަނީ ޙައުލާގެ ބުރުގާ ނެގުމަށާއި، ބުރުގާ ކަފައިލުމަށް ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ ޙައުލާއަށް ހަމަލާ ދިން މީހާ ހުރީ ހަޅުކުލައިގެ ހުޑީއެއް ލައިގެން، އައިނު އަޅައިގެން ކަމަށެވެ. އަދި އެއީ އުތުރު އޭޝިއާ ސަރަޙައްދަށް ނިސްބަތްވާ އުމުރުން ގާތްގަނޑަކަށް ވިއްސަކަށް އަހަރުގެ މީހެއް ކަމަށް ބެލެވޭ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ހޯމަ ދުވަހު ފުލުހުން ބުނެފައިވަނީ އެކަމކީ ހިނގާފައިވާ ކަމެއް ނޫންކަމަށެވެ.

"އަޅުގަޑުމެން އެތައް ބައިވަރު ހެކިތަކެއް އެއްކުރިން، އެ ހެކިތަކަށް ބެލުމަށްފަހު އަޅުގަނޑުމެން ނިންމުމަކަށްވީ އެ ސިފަކޮށްފައިވާ ގޮތަށް އެކަން ހިނގާފައި ނުވާކަމަށް" ޓޮރޮންޓޯ ފުލުހުންގެ ތަރުޖަމާނު މާކް ޕުގަޝް ރޮއިޓަރސް ނޫސް އެޖެންސީގައި ބުނެފައިވެއެވެ.

ހަގީގަތުގައި ކަން ހިނގި ގޮތާބެހޭ އިތުރު މައުލޫމާތެއް މިވަގުތު ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކީ ހިނގާފައިވާ ކަމެއް ނޫންކަމަށްބުނާއިރު ކެނެޑާގެ ބޮޑުވަޒީރާއި ސިޔާސީ އެތައް ފަރާތަކުންވަނީ އެކަށް ކުށްވެރިކޮށްފައެވެ. ބޮޑުވަޒީރު ވިދާޅުވެފައި ވަނީ "އެއީ ކެނެޑާގެ ގޮތެއް ނޫން" ކަމަށެވެ.

ހަމަލާއަށް ފަހު ޓޮރޮންޓޯ ނިސްބަތްވާ އޮންޓާރިއޯގެ ޕްރިމިއަރ، ކެތުލީން ވައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އަމަލަކީ ފިނޑި އަމަލެއް ކަމަށާއި، މިއީ ކެނެޑާގެ ރައްޔިތުންގެ ގޮތް ނޫން ކަމަށެވެ. އަދި ޙައުލާއަށް ދިން ހަމަލާއަކީ ހަމައެކަނި އޭނާ އަޅާ ބުރުގާއަށްޓަކައި ދެވުނު ހަމަލާއެއް ކަމަށާއި، މި މައްސަލައިގައި ހުރިހާ އެންމެވެސް ޙައުލާއާ އެކު ތިބެންޖެހޭ ކަމަށެވެ.

- ކޮމެންޓް