ކ. މާލެ
|
16 ޖެނުއަރީ 2018 | އަންގާރަ 13:36
އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް ފޮތް ދަބަހާއެކު ހިނގާފައި ދަނީ-
އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް ފޮތް ދަބަހާއެކު ހިނގާފައި ދަނީ-
ރާއްޖެ އެމްވީ
އަމީނިއްޔާ ސްކޫލު
އަމީނިއްޔާގެ 8 ބުރީގެ އިމާރާތުން ތަކުލީފެއް: ދަރިވަރުން ލިފްޓް ބޭނުން ކުރުން މަނާ!
ލިފްޓު ބޭނުން ކުރެވޭނީ ހަމައެކަނި ޓީޗަރުންނަށް

އަމީނިއްޔާ ސްކޫލުގެ އަށް ބުރީގެ އިމާރާތުގައި އަރައި ފޭބުމަށް އެ އިމާރާތުގައި ބަހައްޓާފައިވާ ލިފްޓުތައް ދަރިވަރުން ބޭނުން ކުރުން މަނާކޮށްފިއެވެ.

ދެހާހަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާ އަމީނިއްޔާ ސްކޫލުގެ އަށް ބުރީގެ އާ އިމާރާތް ބޭނުންކުރަން ފެށީ ދިރާސީ އާ އަހަރާއެކު މިދިޔަ އާދީއްތަ ދުވަހުއެވެ. އެ އިމާރާތުގައި ބަހައްޓާފައިވާ ދެ ލިފްޓު ބޭނުން ކުރެވެނީ ހަމައެކަނި ޓީޗަރުންނަށެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން ކިޔަވައިދެމުންދާ އަމީނިއްޔާ ސްކޫލުގެ އާ އިމާރާތުގެ ލިފްޓް ހަމައެކަނި ޓީޗަރުންނަށް ހާއްސަ ކުރި މައްސަލައިގައި "ރާއްޖެއެމްވީ"އާ ވާހަކަ ދައްކަމުން އެ ސްކޫލުގެ ޕްރިންސިޕަލް ނާޒުލީން ވާފިރު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި ޕްރައިމަރީ ގްރޭޑުތަކުގެ ދަރިވަރުންނަށް ވެސް ކިޔަވައިދެމުން ދަނީ އިމާރާތުގެ ތިރީގައި ކަމަށެވެ.

ފޮތް ދަބަހާއެކު އިމާރާތުން އަރައި ފޭބުމަށް މަތީ ގްރޭޑުތަކުގެ ދަރިވަރުންނަށް ތަކުލީފަކަށް ވާނެތޯ ސުވާލު ކުރުމުން ނާޒުލީން ވިދާޅުވީ "އެއީ ބޮޑެތި ކުދިން" ކަމަަށާއި އެ ސްކޫލުގެ ހަތަރު ބުރީގެ ބާ އިމާރާތުން ވެސް އެ ކުދިން އަރައި ފޭބީ ސިޑިން ކަމަށެވެ. އެއްފަހަރާ ގިނަ ދަރިވަރުންނަށް ފިލްޓު ބޭނުން ނުކުރެވޭނެ ކަމަށް ވެސް ނާޒުލީން ވިދާޅުވި އެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކި އަމީނިއްޔާ ސްކޫލުގެ ބެލެނިވެރިޔަކު ބުނީ ފޮތް ދަބަހާއެކު، އަށް ބުރީގެ އިމާރާތުން އަރައި ފޭބުމަކީ ދަރިވަރުންނަށް ލިބޭ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. ފުރާވަރު އުމުރުގައި އެހާ ގިނަ ފޮތްތަކާއެކު ބަރުކޮށް ކޮންމެ ދުވަހަކު އަށް ބުރީގެ އިމާރާތެއްގެ ސިޑިން އަރައިފޭބުމަކީ އެ ކުދިންގެ ހެދިބޮޑުވުމަށް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
17 ޖެނުއަރީ 2018 | ބުދަ 13:10
ނަޖްވާ
ދޮގެއްވާ ނޫން! ޓީޗަރުން ސިޑިން އަރާފަ އަސްލު ކުދިން ޖެހޭނީ ލިފްޓް ބޭނުން ކުރަން! ، އެއީ އެ ކުދިން ވަރަށް ބަރުކޮށް ހުރިހާ ފޮތްތަކާއެއްކޮށް އަރާ ފައިބަން ޖެހޭތީ!
16 ޖެނުއަރީ 2018 | އަންގާރަ 15:02
ގުރަންގގގގގަ
ދިވެހިންގެ ސިސްޓަމް. އެވީ އަށްބުރިޔަށް އަރަން ހިނގާފަ. އެކަމަކު 5 ބުރިޔަށް ވުރެ އުސްކޮށް އިމާރަތްކުރަންޏާ ލިފްޓު ލާންޖެހޭ. އެއީ ޓީޗަރުން އެކަނި އަރަން؟؟؟؟؟
16 ޖެނުއަރީ 2018 | އަންގާރަ 14:55
ތިމަންނަ
ޕްރިންސިޕަލް ކަމަނާ! މިކަން މިގޮތަށް ކުރިއިރު އެއްވެސް ދިރާސާއެއް ކުރިންތަ؟
16 ޖެނުއަރީ 2018 | އަންގާރަ 14:42
ޙަފްސާ
ކިހާ ދެރަކަމެއް. މީ ކަނޑަ އެޅިގެން އެކުދިންނަށް ދެވޭ ބޮޑު އަނިޔާއެއް. ކުދިންނަށް ޙެޔޮ އެދިގެން ހިންގޭ މަދު ސްކޫލެއް ފެންނަނީ. އަގަލު ކުޑަ ވެރިންތަކެއް ?