ކ. މާލެ
|
16 ޖެނުއަރީ 2018 | އަންގާރަ 09:45
ޝެއިޚް ނަސްރުﷲ
ޝެއިޚް ނަސްރުﷲ
ޓްވިޓަރ
ޝެއިހް ނަސްރުﷲ
ނޫސްވެރިންގެ މައްޗަށް ޝެއިހު ނަސްރުﷲ ކުރާ ދައުވާތަކުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މިއަދު ފަށަނީ
ދަޢުވާ ކޮށްފައިވަނީ "މިހާރު" ނޫހުގެ 5 ނޫސްވެރިއަކާއި ވީމީޑިއާގެ މައްޗަށް
ދައުލަތުން ވަނީ ދައުވާ އުފުލި ނަސްރުﷲ އާއި ދެކޮޅަށް ޖިނާއީ ގިނަ ދައުވާތަކެއް އުފުލާފަ
ތާވަލް ކޮށްފައިވަނީ މިއަދު 10:00 އަށް

"މިހާރު" ނޫހުގެ ފަސް ނޫސްވެރިއެއްގެ މައްޗަށާއި ވީމީޑިއާގެ މައްޗަށް ޝެއިހު ނަސްރުﷲ މުސްތަފާ ކުރައްވާ ދައުވާގެ ޑިސްޕިއުޓް ރިޒޮލިއުޝަންގެ ފުރަތަމަ ބައްދަލުވުން މިއަދު އޮންނާނެ އެވެ. 

ވަކިވަކިން ކުރާ މި ދައުވާތަކާ ގުޅިގެން، ޝަރީއަތުގެ ބޭރުން މައްސަލަ ހައްލުކުރުމުގެ ފުރަތަމަ ބައްދަލުވުން ތާވަލްކޮށްފައި ވަނީ 10:00 އަށެވެ، 

އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާ، "މިހާރު" ނޫހުގެ 5 ނޫސްވެރިއެއްގެ މައްޗަށާއި ވީމީޑިއާގެ މައްޗަށް ސިވިލް ކޯޓްގައި ދައުވާ އުފުލާފައިވަނީ، ހުއްދަ ނެތި ހަތަރު ދިވެއްސަކު ހައްޖަށް ފޮނުވައިގެން އެ މީހުން މައްކާގައި ހާލުގައި ޖެހުނު މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން ނެވެ. ނަމަވެސް މި ތުހްމަތު އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް