ކ. މާލެ
|
15 ޖެނުއަރީ 2018 | ހޯމަ 23:28
ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް 2017 ގައި ބޭއްވި ޖަލްސާގައި ނިހާން
ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް 2017 ގައި ބޭއްވި ޖަލްސާގައި ނިހާން
މުހައްމަދު ޝަރުހާން
ޕީޕީއެމް
ޕީޕީއެމުން ޓިކެޓް ދޭނެ މީހަކު އެނގޭނީ ޕީޕީއެމަށް: ނިހާން
ތިމާމެން އަމިއްލަ އަށް ނެރޭނެ ކެނޑިޑޭޓަކަށް، ޗެލެންޖްނުކޮށް ޓިކެޓް ދީ

ކުރިއަށް ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓްދޭން ބޭފުޅެއް އެނގޭނީ ޕީޕީއެމްއަށް ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން އެފަދަ އިން ވިދާޅުވި، ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދިނުމުގައި ގާނޫނީ ސައްހަ ކަމެއް ނެތް ކަމަށާއި އެކަމާ ޗެލެންޖްކުރާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނުމާ ގުޅިގެންނެވެ. ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒުގައި ހޯމަ ދުވަހުގެ ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ޑިމޮކްރަޓިކް އުސޫލުން ކަންކަން ކުރުމުގެ ބަދަލުގައި ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަކީ ހުދުމުހުތާރު ނިންމުމެއް ކަމަށެވެ.

އެ ވާހަކަތަކަށް ރައްދުދެއްވައި، ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓްކަން ދޭނެ މީހެއް އެނގޭނީ ޕީޕީއެމްއަށް ކަމަށެވެ. އެކަން "އެމްޔޫއޯ" އަށް ނޭނގޭނެ ކަމަށާއި، ތިމާމެން އަމިއްލައަށް ނެރޭނެ ކެނޑިޑޭޓަކަށް، ޗެލެންޖްނުކޮށް ޓިކެޓް ދިނުމަށް ނިހާނު ވިދާޅުވިއެވެ.

 

 

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބޭނެ ގޮތް، އެ ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާކަން ފާހަގަ ކުރައްވައި، އަމީތު ވިދާޅުވީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދެވޭނީ ދެ ގޮތަކަށް ކަމަށެވެ. ފުރަތަމަ ގޮތަކީ ޕްރައިމަރީއަކަށް ހުޅުވާލުމުން އެއްވެސް މީހަކު ޝައުގުވެރިކަން ފާޅުނުކޮށްފި ނަމަ، ޕާޓީގެ ކައުންސިލުން ނިންމައިގެން ވަކި މީހަކަށް ރިޔާސީ ޓިކެޓް ދިނުން ކަމަށް އަމީތު ވިދާޅުވިއެވެ. ދެ ވަނަ ގޮތަކީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކޮށް، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅަށް ދެ ވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ޕާޓީގެ ޓިކެޓް ދެވިދާނެ ކަމަށާއި ނަމަވެސް އެގޮތަށް ނިންމޭނީ ކޮންގްރެސް އިން ނިންމައިގެން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް