ކ. މާލެ
|
15 ޖެނުއަރީ 2018 | ހޯމަ 18:54
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވަނީ ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެދިފައިވާ ކަމަށް ވިދާޅުވެފައި
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވަނީ ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެދިފައިވާ ކަމަށް ވިދާޅުވެފައި
ރައީސް ނަޝީދު
ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އެބައޮތް، ހަނގުރާމައަށް މީހުން ފޮނު ވަނީ އެ މީހުން: ނަޝީދު
"އަޑީ" ދައުލަތުގެ ސަބަބުން ދިވެހި ދައުލަތުގެ ބާރު އޮޅެމުންދޭ
އެ ދައުލަތުން ވަނީ ކިތަންމެ މުއައްސަސާއެއްގެ ތެރޭގައި ވެސް ވަކި ހިއްޕާލާފައިވޭ
ޑިފެންސް މިނިސްޓަރު ވިދާޅުވެފައި ވަނީ ހަނގުރާމައަށް ދާ މީހުންގެ އަދަދު އިތުރުވަމުން ދާ ކަމަށް

ދިވެހި ދައުލަތުގެ ތެރޭގައި "އަޑީ" ދައުލަތެއް އުފެދިފައިވާ ކަމަށާއި، ބޭރުގެ ހަނގުރާމަތަކަށް މީހުން ފޮނުވަނީ އެ ދައުލަތުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދާ ދިވެހިންގެ އަދަދު އަނެއްކާ ވެސް އިތުރުވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމަ ޝަރީފް އުމަރު ހޯމަ ދުވަހު ހާމަކުރެއްވުމާ ގުޅިގެން ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެދިފައިވާ ކަމަށެވެ. އަދި "އަޑީ" ދައުލަތުގެ ސަބަބުން ދިވެހި ދައުލަތުގެ ބާރު އޮޅެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި، ހަނގުރާމަ އަށް ވެސް މީހުން ފޮނު ވަނީ އެ ދައުލަތުން ކަމަށާއި، އެ ދައުލަތުން ވަނީ ކިތަންމެ މުއައްސަސާއެއްގެ ތެރޭގައި ވެސް ވަކި ހިއްޕާލާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމުގައި ބަހައްޓާފައި ވަނީ ވެސް މި "އަޑީ" ދައުލަތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

 

މީގެ ކުރިން ވެސް ރައީސް މުހައްމަދު ނަޝީދު ވަނީ ދިވަހި ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެދިފައިވާކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ސިފައްކުރައްވާފައިވާ ގޮތުގައި އެ މީހުންނަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުންނެވެ. އަދި ބޭރުގެ ޤައުމުތަކުގައި ވަކިން ހާއްސަކޮށް ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވާ، ހައްދުފަހަނަ އެޅި މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އެމަނިކުފާނު ތަކުރާރުކޮށް ފާޅުކުރައްވައިފައި ވެއެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ގޮސް ތިބީ 61 ދިވެހިން ކަމަށާއި، ހަނގުރާމައަށް ދާން އުޅުނު 68 މީހުން ހުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން ފޮނުވުމުގައި އަޑީގައި ތިބި ބަޔަކު ހައްޔަރުކުރެވިފައި ވާކަން ޑިފެންސް މިނިސްޓަރު ވެސް ހާމައެއް ނުކުރައްވައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް