ކ. މާލެ
|
15 ޖެނުއަރީ 2018 | ހޯމަ 14:45
ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
ރައީސް އޮފީސް
މެންބަރުންގެ ގޮނޑި ގެއްލުން
ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެމްބަރުން އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރެއްވުމަށް ހުށަހަޅުއްވައިފި
އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް 12 މެމްބަރަކު ވަކި ކޮށްފައިވޭ
ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ މެމްބަރުން ދަފްތަރުން އުނިކޮށްފަ
މަޖިލިސް މިއަހަރަށް ހުޅުވުމާއި ރިޔާސީ ބަޔާން އިއްވުން އަންނަ މަހު 5 ގައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބައެއް މެމްބަރުން ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާ ބައްދަލު ކުރެއްވުމަށް ރަސްމީކޮށް ލިޔުމުން ހުށަހަޅުއްވައިފި އެވެ.

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރެއްްވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ފޯމް ހުށަހެޅުވުމަށް ފަހު، ސުޕްރީމް ކޯޓުން ނިކުމެވަޑައިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ މެމްބަރުން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ގާނޫނުއާސާސީއަށާއި ގާނޫނުތަކަށް ބޯނުލަނބާ ކަމަށާއި އަދި ސުޕްރީމް ކޯޓުގެ ހުކުމްތަކާއި އަމުރުތަކަށް ވެސް ބޯ ނުލަނބާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މެމްބަރުކަން ގެއްލިފައިވާ ކަމަށް ނިންމުމުން ރައްޔިތުންގެ މަޖިލީހަށް އެ މެމްބަރުންނަށް ވަދެވަޑައިގެން، ގާނޫނީ ޒިންމާ އަދާކުރުމަށް މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން ހުރަސް އަޅަމުންދާ ކަމަށާއި މަޖިލީހުގައި އެ މެމްބަރުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ލިބިދިނުމަށްޓަކައި އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް ސުްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އަދި ސުޕްރީމް ކޯޓުގެ އެހެނިހެން ފަނޑިޔާރުންގެ ކިބައިން އެދުމަށްޓަކައި ބައްދަލުވުމެއް ހަމަޖައްސައި ދެއްވުމަށް ދަންނަވާފައިވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

މީގެއިތުރުން އެ މެމްބަރުން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ މި އަމަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ 60،000 އަށް ވުރެ ގިނަ ރައްޔިތުންގެ ހައްގުތައް ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

މެމްބަރުން ވިދާޅުވީ މި މައްސަލައަށް ހައްލެއް އަންނަންދެން މަސައްކަތް ކުރަމުންދާނެ ކަމަށާއި މިކަން ކޮޅެއްގައި ޖައްސާފަ ނޫނީ ހުއްޓާ ނުލައްވާނެ ކަމަށެވެ.  

އިލެކްޝަންސް ކޮމިޝަނުން މެމްބަރުކަން ގެއްލިފައިވާ ކަމަށް ބުނާ މެމްބަރުންގެ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތާ މިހާރު ވެސް އެތައް ދުވަހެއް ވެއްޖެ ކަމަށާއި ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާ ދިގު ދަންމަމުންދާ ދިއުމަކީ އަދުލް އިންސާފަށް އެޅޭ ހުރަހެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. 

މި މެމްބަރުން ވަނީ އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރެއްވުމަށް އާދިއްތަ ދުވަހު ވެސް ސުޕްރީމް ކޯޓަށް ވަޑައިގަންނަވާފަ އެވެ. 

ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ.

ހޯމަ ދުވަހު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި އެ މެމްބަރުންގެ ތެރޭގައި އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި މެމްބަރުންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ހިމެނިވަޑައިގަންނަވަ އެވެ.  

އަމީތު އާއި ސައުދު އަދި ލަތީފް މެމްބަރުކަމުން ވަކިކުރުމާއި ގުޅިގެން އެމެމްބަރުން ސުޕްރީމް ކޯޯޓަށް ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން ޝަރީއަތަކާއި ނުލައި ނެރެފައިވާ ލިޔުމާމެދު ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ އަމާޒު ވެފައެވެ. އެ ލިޔުމުން އެ މެމްބަރުން އަދާކުރަމުން ދިޔަ ގޮނޑި ގެއްލިފައިވާކަން އަދި ގޮނޑި ގެއްލިފައިނުވާކަން ކަނޑައެޅިގެން ބަޔާން ކޮށްފައެއް ނުވެއެވެ. 

މީގެ އިތުރުން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު ( އަބުޅޯ) ވެސް، ވަނީ އެ މެމްބަރުން މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފަ އެވެ. ހަމަ އެގޮތަށް ރައްޔިތުންގެ މަޖލީހުގެ މެމްބަރުންގެ ދަފްތަރުން ވެސް އެ މެމްބަރުންގެ ނަންތައް ވަނީ އުނިކޮށްފަ އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް