ކ. މާލެ
|
14 ޖެނުއަރީ 2018 | އާދީއްތަ 18:45
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ރާއްޖެ އެމްވީ
މެމްބަރުން ކޯޓަށް ހާޒިރުކުރުން
އަލީ ހުސައިން ކޯޓަށް ހާޒިރުވާން ޗިޓް ހަވާލުކޮށްފި
ހާޒިރުވާން ޖެހެނީ އަންގާރަ ދުވަހު

މަޖިލީހަށް ގަދަކަމުން ވަންކަމަށް ބުނާ މައްސަލައިގައި މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކްރިމިނަލް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވައިފިއެވެ. 

އަލީ ހުސައިން އަށް ޗިޓް ފޮނުވާފައިވަނީ މިމަހުގެ 16ވާ އަންގާރަ ދުވަހު ކޯޓަށް ހާޒިރުވުމަށެވެ. އަލީ ހުސައިން ވަނީ އެޗިޓާއި ޖުމްހޫރީ ޕާޓީގެ އޮފީހުގައި އިންނަވައި ހަވާލުވެވަޑައިގެންފައެވެ.

ސިފައިން މަޖިލިސް ބަންދުކޮށްފައިވަނިކޮށް މަޖިލީހަށް ވަންކަމަށް ބުނާ މައްސަލައިގައި 12 މެމްބަރެއްގެ މައްޗަށް ދައުވާ ކުރެއެވެ. އެއީ އަލީގެ އިތުރުން ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި، ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި، މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު އާއި، ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި، ހެންވޭޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދާއި، ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި، ނޮޅިވަރަމު ދާއިރާގެ ހުސައިން އަރީފާއި، ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި، ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ އާއ ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމްގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހްގެ މައްޗަށެވެ.

އެ މެމްބަރުންގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ހުކުމާއިއެކު މެމްބަރުކަމުގެ ގޮނޑި ނުގެއްލުނު ނަމަވެސް ހުކުމުގެ މުއްދަތުގައި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރެއް ނުވެވޭނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް