ކ. މާލެ
|
14 ޖެނުއަރީ 2018 | އާދީއްތަ 01:04
ގްލޯނެޓްގެ އިންފޯޑޭގެ ތެރެއިން
ގްލޯނެޓްގެ އިންފޯޑޭގެ ތެރެއިން
ސިމާހާ ނަސީމް
ގްލޯނެޓް
ގްލޯނެޓްގެ އިންފޯޑޭ މާދަމާއާ ހަމައަށް ކުރިއަށްދާނެ
14 ވަނަ ދުވަހު މެންދުރު 2.00 އަކުން ރޭގަނޑު 8.00 އަކަށް އިންފޯޑޭ ކުރިއަށްދާނެ

ގްލޯނެޓްގެ އިންފޯޑޭ ޖެނުއަރީ 14 ވަނަ ދުވަހާ ހަމައަށް ނެޝެނަލް އާރޓް ގެލަރީގައި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ގްލޯނެޓް އިން ބުނީ މި އިންފޯޑޭ ފަށާފައިވަނީ ޖެނުއަރީ 13 ވަނަ ދުވަހު ކަމަށެވެ. އަދި މި އިވެންޓް ޖެނުއަރީ 14 ވަނަ ދުވަހުގެ މެންދުރު 2.00 އަކުން ރޭގަނޑު 8.00 އަކަށް ކުރިއަށްދާނެ ކަމަށެވެ.

"ގްލޯނެޓް އިން ފަށާފައިވާ އިންފޯޑޭގައި މެލޭޝިޔާގެ މަޝްހޫރު ފަސް ޔުނިވަރސިޓީއަކުން ބައިވެރިވޭ. އެގޮތުން ސަންވޭ ޔުނިވަރސިޓީ، ކޭޑީޔޫ ޔުނިވަރސިޓީ، އިންޓަރނޭޝަނަލް  މެޑިކަލް ޔުނިވަރސިޓީ، ޓެއިލާސް ޔުނވަރސިޓީ އަދި ސެޖީ ޔުނިވަރސިޓީ ކެމްޕަސް ހިމެނޭ" ގްލޯނެޓްގެ މެނޭޖިންގް ޑައިރެކްޓަރ މުހައްމަދު ނަސީމް މުހައްމަދު ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ މި އިންފޯޑޭ މެދުވެރިކޮށް ޑިސްކައުންޓް ސްކީމްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތާއި ސްކޮލަރޝިޕްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ގްލޯނެޓްގެ ބޮޑު އެގްޒިބިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅުއެވެ.

 

   

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް