ކ. މާލެ
|
13 ޖެނުއަރީ 2018 | ހޮނިހިރު 22:10
ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމް، އާސަންދައި ރަމްޒުކޮށްދޭ ފޮޓޯއެއް
ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމް، އާސަންދައި ރަމްޒުކޮށްދޭ ފޮޓޯއެއް
ޓްވިޓަރ
އާސަންދަ ހިދުމަތް
ރާއްޖެއިން ބޭރުން ކެންސަރަށް ފަރުވާ ކުރުމަށް އާސަންދައިގެ ހިދުމަތް ދިނުން ހުއްޓާލައިފި
ރާއްޖެ އިން ބޭރުން ކެންސަރަށް ބޭސްކުރުމަށް އާސަންދަ ދިނުން ހުއްޓާލީ އޮކްޓޯބަރު މަހު
މިދިޔަ އަހަރު އެންމެ ގިނަ ބަޔަކު އާސަންދައިން ބޭސްކުރީ ކެންސަރަށް

ރާއްޖެއިން ބޭރުން ކެންސަރަށް ފަރުވާ ހޯދުމަށް އާސަންދައިގެ ހިދުމަތް މިހާރު ނުލިބޭނެ ކަމަށް އާސަންދަ އޮފީހުން ބުނެފިއެވެ.

"ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އާސަންދަ އޮފީހުގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ރާއްޖެއިން ބޭރުން ކެންސަރަށް ފަރުވާ ހޯދުމަށް އާސަންދައިގެ ހިދުމަތް ނުދޭ ގޮތައް ހަމަޖެއްސީ ހުޅުމާލެ ހޮސްޕިޓަލުން ކެންސަރަށް ފަރުވާދޭން ފެށުމާ ގުޅިގެންނެވެ.

ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް އާސަންދައިގެ ހިދުމަތް ހިދުމަތް ދެނީ ރާއްޖެއިން ފަރުވާ ކުރެވެން ނުހުންނަ ބަލިތަކަށް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ކެންސަރަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރުން އާސަންދަ ހަމަ ހައްސާދިނުން ހުއްޓާލީ ކެންސަރަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ގާއިމުކުރި އޮންކޮލޮޖީ ސެންޓަރުގެ ހިދުމަތް ދޭން ފެށި ދުވަހުން ފެށިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި އެ ސެންޓަރު ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެތަން ހުޅުވުމުގެ ކުރިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1100 މީހުން ރާއްޖެއިން ބޭރުން ކެންސަރަށް ފަރުވާ ހޯދާފައިވާ ކަމަށް ވެސް އާސަންދަ އޮފީހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
14 ޖެނުއަރީ 2018 | އާދީއްތަ 18:17
أبو سي لى
ރާއްޖެއިން ޚިދުމަތް ލިބެންހުންނަ ކިތައް ކިތައް ކަންކަމުގައިތޯ ފެންވަރު ދަށްވެ ފަރުވާ ކުޑަވެ ނުވަތަ ނޭނގުމުގެ ސަބަބުނއ ފުރާނައަށް ނުރައްކާވެފައި ހުރީ. ރާއްޖޭގެ ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް ގިނަ މީހުން އިތުބާރެއް ނުކުރޭ. ހޮސްޕިޓަލް ތަކަށްވުރެ ކްލިނިކްތައްވެސް މާ ރަނގަޅު.