ކ. މާލެ
|
13 ޖެނުއަރީ 2018 | ހޮނިހިރު 18:55
ރާއްޖެޕްލަސްގެ ލޯގޯ: ލައިސަންސް ބާތިލުކުރުމުގެ ސަބަބުން ކުންފުންޏަށް މާލީ ގެއްލުންތަކެއް ވަނީ ލިބިފައި --
ރާއްޖެޕްލަސްގެ ލޯގޯ: ލައިސަންސް ބާތިލުކުރުމުގެ ސަބަބުން ކުންފުންޏަށް މާލީ ގެއްލުންތަކެއް ވަނީ ލިބިފައި --
ރިޒްނާ ޒަރީރު
ރާއްޖެޕްލަސް
ރާއްޖެޕްލަސްގެ ލައިސަންސް ބާތިލުކުރި މައްސަލައިގެ އަޑުއެހުންތައް އަންގާރަ ދުވަހު ފަށަނީ
މައްސަލަ އެންމެ ފުރަތަމަ ހިނގާނީ ޑިސްޕިއުޓް މަރުހަލާގައި
ފުރަތަމަ ބައްދަލުވުން އޮތީ އަންގާރަ ދުވަހުގެ 11.00ގައި
ލައިސަންސް ބާތިލުކުރީ އޮކްޓޯބަރު 25 ވަނަ ދުވަހު

ރާއްޖެޕްލަސްގެ ލައިސަންސް ބާތިލުކުރި މައްސަލައިގެ އަޑުއެހުންތައް އަންގާރަ ދުވަހު ފަށަނީ   ރާއްޖެޕްލަސްގެ ނަމުގައި ހިންގަމުން އައި ޗެނެލްގެ ލައިސަންސް ބާތިލް ކޮށްފައި ވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އަންނަ އަންގާރަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ.

ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިޝަން ޑިވިޝަނުގައި އެ މައްސަލަ ބާއްވަން ތާވަލު ކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 11.00 އަށެވެ.

ރާއްޖެޕްލަސް ހިންގާ، އާރް ޕްރޮޑަކްޝަން އިން ސިވިލް ކޯޓުގައި ދައުވާ ކޮށްފައި ވަނީ، ބްރޯޑްކާސްޓިންގ ކޮމިޝަނުން އެ ޗެނަލުގެ ލައިސަންސް ބާތިލުކުރީ ޝަރުއީ އަދި ގާނޫނީ ހަމަތަކާއި އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެއެވެ. އެ މައްސަލަ ވެސް އެންމެ ފުރަތަމަ ފޮނުވާފައި ވަނީ އެ ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށެވެ. ޝަރީއަތުން ބޭރުން މައްސަަލަ ހައްލުކުރުމުގެ މަރުހަލާގައި ދެ ފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ނުވެއްޖެ ނަމަ ދެން އެ މައްސަލަ ފޮނުވާނީ ޝަރީއަތަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 8 ވަނަ ދުވަހު ޚިދުމަތް ދޭން ފެށި، ރާއްޖެޕްލަސްގެ ލައިސަންސް ބާތިލުކުރީ އޮކްޓޯބަރު 25 ވަނަ ދުވަހުއެވެ. މުނިފޫހިފިލުވުމުގެ ޚަބަރާއި މައުލޫމާތާއި ޕްރޮގްރާމްތަކާއި، ފިލްމާއި ޑްރާމާ، އަދި ލަވަތައް ގެނެސްދޭ ގޮތަށް ފެށި ރާއްޖެޕްލަސްގެ ލައިސަންސް ބާތިލުކުރީ، އައިޕީ ޓީވީ މެދުވެރިކޮށް ހިދުމަތް ދިނުމަކީ، ބްރޯޑްކާސްޓް ކުރުމަށް އާރް ޕްރޮޑަކްޝަން އަށް ދޫކޮށްފައިވާ ލައިސަންސްގައި ބަޔާން ކޮށްފައިވާ "ސެޓެލައިޓް" މެދުވެރިކޮށް ހިދުމަތް ފެށުނު ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެއެވެ.

ލައިސަންސް ބާތިލުކުރުމާ ގުޅިގެން އާރް ޕްރޮޑަކްޝަނުން އޭރު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ލައިސަންސް ބާތިލްކުރީ ކަނޑައެޅިފައިވާ މުއްދަތު ތެރޭގައި ޚިދުމަތް ފަށާފައިނުވާތީކަމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ހާމަކުރިނަމަވެސް އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އެ ބަޔާނުގައިވާ ގޮތުގައި، އެ ލައިސަންސަކީ، ކުރިން ޖޯޓެކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސަކަށްވާއިރު، އެ ލައިސަންސްގެ ދަށުން ޖޯޓެކުން "ވައި ޓީވީ" ނަމުގައި ޗެނަލެއް ހިންގާފައިވެއެވެ. އެގޮތުން، އާރް ޕްރޮޑަކްޝަން އަށް ވައި ޓީވީގެ ލައިސަންސްގެ ހައްގުތައް ބަދަލުކުރުމުގެ މާކުރިން، ވައި ޓީވީގެ ނަމުގައި އެ ލައިސަންސްގެ ދަށުން ދިޔައީ ބްރޯޑްކާސްޓް ކުރަމުންކަން ސާބިތު ކުރެވޭ ކަމަށަށް އެކުންފުނިން ބުނެއެވެ.

އަދި އެ ކުންފުނިން ބުނާ ގޮތުގައި، ވައި ޓީވީގެ ނަމުގައި ދިގު މުއްދަތަކަށް ހިދުމަތް ދީފައިވާ ލައިސަންސެއް، މުއްދަތުގައި ހިދުމަތް ފަށާފައި ނުވާކަމަށް ކޮމިޝަނުން ބުނުމަކީ އެއްވެސް ހަމަޔަކުން ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ލައިސަންސްގެ ޝަރުތަކާ ހިލާފްވުމަކީ ލައިސަންސް ބާތިލް ކުރެވޭނެ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނެއްގައި އަދި ގަވާއިދެއްގައި ވެސް ބަޔާން ކޮށްފައިނުވާ ކަމާއި، ބްރޯޑްކާސްޓިންގް ގާނޫނުގައި ލައިސަންސްގެ ޝަރުތަކާ ޚިލާފް ވެއްޖެ ނަމަ އަޅަން ޖެހޭ ފިޔަވަޅުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ. ލައިސަންސް ބާތިލުކުރުމަށް ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް އެކުންފުނިން ބްރޯޑްކާސްޓިންގ ކޮމިޝަނުގައި އެދުނެވެ. އެހެން ނަމަވެސް، އެ ނިންމުން މުރާޖައާ ކޮށްދިނުމަށް ކޮމިޝަނުން ވަނީ ދެކޮޅު ހަދާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
21 ޖެނުއަރީ 2018 | އާދީއްތަ 08:57
ގާދިރު
ބަލަ ޔާމީނައް އިނގޭ ރާއްޖެ ޕުލަސއް އަކީ ރައްޖެޓީވީގެ ބެކަޕެއްކަން އެހެންވީމަ ކުރެވެންހުރިކަމެއްކޮއްގެންވެސް އެ ޗެނަލް ހިންގުމައް ހުރަސްއަޅަން މަސައްކަތްކުރާނެ