ކ. މާލެ
|
13 ޖެނުއަރީ 2018 | ހޮނިހިރު 17:01
މިލަންދޫ ސްކޫލްގެ އާ އިމާރަތް
މިލަންދޫ ސްކޫލްގެ އާ އިމާރަތް
އިކޮނޮމިކް މިނިސްޓްރީ
ށ. މިލަންދޫ
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ އާ ސްކޫލްގެ ސީލިންގް ވެއްޓިއްޖެ
ސަރުކާރުން ވަނީ 57 މިލިއަން ރުފިޔާ ހަރަދުކޮށްފައި
އިމާރަތް ކުރީ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން
ވެއްޓުނީ ސްކޫލްގެ ކޮންޕިއުޓަރ ލެބްގެ ސީލިންގް

ށ. މިލަންދޫގައި އަލަށް ހެދި, ރާއްޖޭގެ އެންމެ ބޮޑު ސްކޫލްގެ ސީލިންގް ވެއްޓިއްޖެއެވެ.

ށ. މިލަންދޫގައި އެސްޖޭ ކޮންސުޓުރަކްޝަން ކުންފުނިން އިމާރާތްކުރި ހަތަރު ބުރީގެ ސްކޫލުގެ މަސައްކަތް ނިންމައި އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރިތާ ހަތަރު ދުވަސްތެރޭގެ އެ ސްކޫލްގެ ކޮންޕިއުޓަރ ލެބްގެ ސީލިންގް ވަނީ ވެއްޓިފައެވެ.

އަތޮޅު ތެރޭގައި މިހާތަނަށް އިމާރާތްކުރި، ޖާގައިގެ ގޮތުން އެންމެ ތަނަވަސް ސްކޫލްގެ ސީލިންގް ވެއްޓުމާ ގުޅިގެން ނިލަންދޫ ކައުންސިލްގެ ނާއިބު ރައީސް އަހުމަދު ސިޔާމް ވިދާޅުވީ އާދީއްތަ ދުވަހު (މާދަމާ) ސުކޫލް ހުޅުވޭއިރު، އެ ސްކޫލްގެ ކޮންޕިއުޓަރ ލެބްގެ ސީލިންގް ވެއްޓުމުން ކަންބޮޑުވާ ކަމަށެވެ. ހާއްސަކޮށް، އިމާރާތުގެ މަސައްކަތް ނިންމައި އެޑިއުކޭޝަންނާއި ސްކޫލް ހަވާލުކުރިތާ ހަތަރު ދުވަހުގެ ތެރޭގައި ސީލިންގް ވެއްޓުމުން އިމާރާތުގެ ފެންވަރު ދަށްކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

މިލަންދޫ ސްކޫލްގެ ސީލިންގު ވެއްޓިފައި

މިލަންދޫ ސްކޫލްގެ މަސައްކަތް ކޮށްފައި ވަނީ އެސްޖޭ ކޮންސްޓްރަކްޝަނުނެވެ. އެ ކުންފުނިން 2015 ވަނަ އަހަރު ހަދަން ފެށި ސްކޫލަށް ސަރުކާރުން ވަނީ 57 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ސިޔާމް ވިދާޅުވީ މާދާމާ ސްކޫލް ހުޅުވޭއިރު އެ ސްކޫލްގެ ނަން ބޯޑެއް އަދި ދިދަ ދަނޑިއެއް ވެސް ނެތް ކަމަށެވެ. އަދި ބައެއް ލައިޓްތައް ނެތް ކަން ސިޔާމް ފާހަގަކުރިއެވެ. އެހެންކަމުން ސްކޫލް ހުޅުވޭއިރު މިކަންކަން ހައްލުކޮށްދިނުމަށް އޭނާ ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް