ކ. މާލެ
|
13 ޖެނުއަރީ 2018 | ހޮނިހިރު 10:10
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު
ޓްވިޓަރ
ރައީސް ނަޝީދު ޓްވީޓް
އެއް ކެންޑިޑޭޓް ނެރުމާ ގުޅޭ ވާހަކަތައް ރައީސް ނަޝީދު ޑރ. ޖަމީލްއާ ހިއްސާކުރައްވައިފި
އެއް ކެނޑިޑޭޓެއް ނެރުމާގުޅޭ އެންމެފަހުގެ ވާހަކަތައް ހިއްސާ ކުރެއްްވި
ގުޅިފައިވާ ޕާޓީތަކުން ބުނަނީ އެއް ކެނޑިޑޭޓް ނެރެވޭނެ ކަމަށް
ސަރުކާރުން ބުނަނީ ހުކުމް ކޮށްފައިވާ އެއްވެސް ސިޔާސީ ލީޑަރަކަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް

މިއަހަރުގެ ރިޔާސީ އިންތިހާބަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއްކެނޑިޑޭޓެއް ނެރުމާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާ އެންމެ ފަހުގެ ވާހަކަތައް ހިއްސާ ކުރައްވައިފި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި އެއް ކެނޑިޑޭޓް ނެރުމާގުޅޭ އެންމެފަހުގެ ވާހަކަތައް ޑރ. ޖަމީލާ ހިއްސާ ކުރައްވާފައިވާ ކަމަށް ވިދާޅުވި ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

 

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނަމުންދަނީ އެއް ކެންޑިޑޭޓެއް ނެރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިކުރެއްވުމަށް ގުޅިފައިވާ ސިޔާސީ ފަރާތްތަކަށް އެއްބަސް ނުވެވޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ފަރާތްތަކުން ދަނީ އެއް ކެނޑިޑޭޓެއް ނެރުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރައްވަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް