ކ. މާލެ
|
13 ޖެނުއަރީ 2018 | ހޮނިހިރު 08:30
ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް
ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ފައިރޫޝް
ޕޮލިސް
ފުލުހުންގެ ހިދުމަތް
ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަން ސީޕީ އަރީފުއަށް ދޮގެއް ނުކުރެއްވޭނެ: ކުރީގެ އޭސީޕީ
ފުލުހުންގެ ވަޒީފާއިން ފައިރޫޝް ވަކިކުރީ ހަލާލާއި ހަރާމްއާ ގުޅޭގޮތުން ޓުވީޓެއް ކުރެއްވުމުން
ސަރުކާރު ބަދުނާމުވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމުގެ ތުހުމަތުގައި
ފުލުހުންގެ ވެރިންނާއި މުއައްސަސާއަށް ފައިރޫޝްގެ ފާޑުކިޔުން

ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަން، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފުއަށް ދޮގު ނުކުރެއްވޭނެ ކަމަށް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.

ފަައިރޫޝް މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައެވެ.

ފައިރޫޝްގެ އެ ޓުވީޓްގައި ވަނީ، ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމުގެ ހަގީގަތް އަރީފުއަށް ދޮގު ކުރެއްވެވިދާނެތޯ ސުވާލު ކުރައްވާފަ އެވެ.

ފައިރޫޝް ވިދާޅުވީ އެ ހަގީގަތް އަރީފުއަށް ދޮގު ނުކުރެއްވެވޭނެ ކަމަށެވެ.

ފަހަކަށް އައިސް ފައިރޫޝް ގެންދަވަނީ ސޯޝަލް މީޑިއާގައި ފުލުހުންގެ ވެރިންނާއި މުއައްސަސާއިން ކަންތައްތައް ކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ފުލުހުންގެ ވަޒީފާއިން ފައިރޫޝް ވަކިކުރުމަށް އެ މުއައްސަސާގެ ޑިސިޕްލިނަރީ ބޯޑުން ނިންމީ މިދިޔަ އަހަރުގެ އޮކްޓޯބަރު ގައެވެ. 

ފައިރޫޝް ވަޒީފާއިން ވަކިކުރަން ޑިސިޕްލިނަރީ ބޯޑުން ނިންމީ "ހަލާލު ނޫން އާއި ހަރާމް މިއީ އަނެއްކާ އެކައްޗެއްތަ!" އޭ ވިދާޅުވެ މިދިޔަ އަހަރުގެ އޯގަސްޓް 15 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގެ މައްސަލަ ބެލުމަށް ފަހުގަ އެވެ. ފައިރޫޝްގެ މައްޗަށް ކޮށްފައިވަނީ ސަރުކާރު ބަދުނާމު ވާގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމުގެ ތުހުމަތެވެ.

ފައިރޫޝް ވަޒީފާއިން ވަކިކުރުމަށް ނިންމި އިރު، 2014 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ފައިރޫޝް ދިރިއުޅުއްވަމުން ގެންދަވަނީ އޮސްޓްރޭލިއާގަ އެވެ. ނޯ ޕޭ ލީވް ނަންގަވައިގެން އޮސްޓްރޭލިއާއަށް ފައިރޫޝް ވަޑައިގެންނެވީ މަތީ ތައުލީމް ހާސިލް ކުރެއްވުމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވުމަށް ފަހު އާ ކޮމިޝަނަރަކު އައްޔަން ކުރެވެންދެން އެކްޓިން ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމު ފައިރޫޝް އަދާކުރެއްވި އެވެ. އޭރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފައިރޫޝް އެސިސްޓެންޓް ކޮމިޝަނަރގެ މަގާމަށް ޕްރޮމޯޓް ކުރީ އޭގެ ފަހުންނެވެ.

ފައިރޫޝް ވަޒީފާއިން ވަކިކޮށްފައި ވަނީ، ފުލުހުންގެ އިސްވެރިންތަކެއްގެ މައްސަލަ ބަލައި ބޮޑެތި ފިޔަވަޅުތައް އަޅަމުން ގެންދާ ދަނޑިވަޅެއްގަވެ. އެގޮތުން، އިދިކޮޅު ސިޔާސީ ޕާޓީތަކާ ގުޅުން އޮންނަ ކަމަށް ބުނެ ޗީޕް ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒު ފުލުހުންގެ ވަޒީފާއިން ވަކިކުރިއިރު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމްގެ މަގާމު ދަށްކުރި އެވެ. މީގެ އިތުރުން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދުގެ މަގާމުގެ ދެ ދަރަޖަ ދަށް ކުރި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް